އެމް.ފީ މަގާމުން ދުރުކުރުމުން އެނގިގެންދަނީ ޔޫކޭގައި އުޅޭ އިޒުރޭލު މީހުންނަށް ފާޑުކިޔުމުގެ ނުރައްކާތެރިކަން

221
news uk

އިޒުރޭލު އޮފިސަރުން ޔޫ އެސްގެ ފުލުސް އޮފިސަރުން ތަމްރީނު ކުރުމާއިބެހޭ ތަފްސީލު އެކުލެވޭ އާޓިކަލެއް ހިއްސާކުރުމާއިގުޅިގެން ޝެޑޯ އެޑިއުކޭޝަން ސެކެއްޓަރީއެއްގެ މަގާމުގައި ހުންނެވި ރެބެކާ ލޯންގް-ބެއިލީ، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފިއެވެ. އިޒްރޭލަށް ފާޑުކިޔާފައިވާ އާޓިކަލެއް ހިއްސާކޮށްގެން އެމް.ޕީއަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރުމުން، ޔޫކޭގެ އިދިކޮޅު ލޭބާ ޕާޓީގައިހިމެނޭ ްވާތުފިޔާގެ މެންބަރުންވަނީ ނުރުހުން ފާޅުކޮށްފައެވެ. 

އެޕާޓިގައި ހިމެނޭ ވާތުފިޔާގެ އިސްމެންބަރެއް ކަމަށްވާ ރެބެކާ ލޯންގް-ބެއިލީ  ޝެޑޯ އެޑިއުކޭޝަން ސެކެއްޓަރީއެއްގެ މަގާމުން ދުރުކުރީ ފިލްމީތަރި މެކްޒިން ޕީކޭ އާއެކު ބޭއްވި ބަސްދީގަތުމެއް ޓްވީޓު ކުރެއްވުމުންންވެ. އިންޑިޕެންޑެންޓް ނޫހުގައި ޝާއިއުކުރި އެ ބަސްދީގަތުމަކީ ވަރަށް ފުޅާދާއިރެއްގައި، ގިނަ މަޢުޟޫޢޫތަކަކަށް  ބަލާލާފައިވާ ބަސްދީގަތުމެކެވެ. އޭގައި ވަރަށްފަހުން ޔޫ.އެސް ފުލުހުން މަރާލި ޖޯޖް ފްލޮއިޑްގެ ވާހަކަވެސް ހިމެނެއެވެ. 

އެ ބަސްދީގަތުމުގައި އެކުވެރި އިޒުރޭލުގެ މީހުން ޔޫ.އެސް ފުލުހުން ތަމްރީނުކުރާގޮތް ޕީކޭ ކިޔައިދިނެވެ. އަދި  ޖޯޖް ފްލޮއިޑް މަރާލި އޮފިސަރު ބޭނުންކުރި ޚާއްސަ ހުނަރު ކަމަށްވާ ކަރުގައި ކަކޫއަޅައި ފިއްތުމުގެ ހުނަރު ދަސްކުރީ އިޒްރޭލުގެ ބާރުތަކުގެ ފަރާތުންކަމަށް ބުނެފައިވެއެވެ. ޔޫ.އެސް ފުލުހުންނަށް އެހުނަރު ދަސްކޮށްދިންކަމުގެ އެއްވެސް މަޢުލޫމާތެއް ނެތްކަމަށްބުނެ، އިޒްރޭލުން އެކަމާ ދެކޮޅުހަދައެވެ.  މިއީ ޔަހޫދީންނާއިމެދު ނަފްރަތު އުފެއްދުމަށް ހަގީގާތާއި ޚިލާފު ވާހަކަ އުފައްދަން ކުރިކަމެއް ކަމަކަށްބަލާ، ލޭބަރ ލީޑަރު ކައާ ސްޓެމަރ ވަނީ  އެ އާޓިކަލް ހިއްސާކުރި ލޯންގް ބެއިލީ މަގާމުން ދުރުކޮށްފައެވެ.

އިޒްރޭލުގެ އޮފިސަރުން ޔޫ.އެސްގެ ފުލުސް އޮފިސަރުން ތަމްރީނުކުރާ ކަމީ ޢާންމުރައްޔިތުން ދަންނަ، ހަގީގަތެކެވެ. އެހެންކަމުން ޔަހޫދީންނާއިމެދު ނަފްރަތު އުފެއްދުމަށް ހަގީގާތާއި ޚިލާފު ވާހަކަ އުފައްދަނީ ކަމަށްބުނެ ދެއްކިވާހަކައަކީ ހަމަޖެހޭވާހަކައެއްނޫނެވެ. ފަލަސްތީނުގެ މީހުންގެ ކަރުގައި އޒްރޭލު ފުލުހުން ކަކޫއަޅާ ފިއްތައިގެންތިބެ ނަގާފައިވާ ފޮޓޯތައް ވަރަށްގިނައިން ދައުރުވެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ