ޖެފެރީ އެޕްސްޓެއިންގެ ސިއްރުވެރިޔާގެ ގޮތުގައި ގިނަދުވަހު މަސައްކަތްކުރި، ގިސްލެއިން މެކްސްވެލް ޖިންސީގޯނާގެ ތަހުގީގަކާއި ގުޅިގެން ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp
news

ޗާޕްކުރުމުގެ ދާއިރާއިން މަޝްހޫރުކަން ލިބިފައިވާ، މިހާރު ނިޔާވެފައިވާ މަހުޖަނު ރޮބަރޓް މެކްސްވެލްގެ އަންހެން ދަރިކަނބަލުންނަށްވަނީ ހަށިވިއްކުމުގެ ވަގުފާރީގެ އޮޕަރޭޝަނެއް ހިންގުމުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވިފައެވެ. 

ސީނިއަރ ލޯ އެންފޯސްމަންޓް އޮފިސަރުން ވިދާޅުވެފައިވާ ގޮތުގައި، ހަށިވިއްކުމުގެ ވިޔަފާރިއާއި ގުޅުންހުރި ކަމެއްގައި، ޖެފެރީ އެޕްސްޓެއިންގެ ސިއްރުވެރިޔެއްގެ ގޮތުގައި ވަރަށްގިނަ ދުވަހު ހުންނެވި، ގިސްލެއިން މެކްސްވެލް ވަނީ ކަމާއިބެހޭ ފަރާތުން  ބުރާސްފަތިދުވަހު ހެމްޝަޔަރއިން ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހެނދުނު 8.30ގައި ބެޑްފޯޑް އިންނެވެ. އެޕްސްޓެއިންއާ ބައިވެރިވެގެން، ގާނޫނާއި ޚިލާފަށް ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރަން އުޅުމުގެ ދަޢުވާ އޭނާއަށް ކުރާނެކަމަށް ބެލެވެއެވެ.

އެޕްސްޓެއިންއާ ބައިވެރިވެގެން، ގާނޫނާއި ޚިލާފަށް އެތައް ޒުވާން އަންހެންކުދިންނެއް ހަށިވިއްކުމުގެ ވިޔަފާރިއަށް ހުށަހެޅުމުގެ ތުހުމަތު، ޗާޕްކުރުމުގެ ދާއިރާއިން މަޝްހޫރުކަން ލިބިފައިވާ، މިހާރު ނިޔާވެފައިވާ މަހުޖަނު ރޮބަރޓް މެކްސްވެލްގެ އެންމެ ހަނގު އަންހެން ދަރިކަނބަލުން ކަމަށްވާ 58 އަހަރުގެ މެކްސްވެލްއަށްވަނީ އަމާޒުވެފައެވެ. 

Maldives News

އެ މީހުން ބުނާގޮތުގައި، ހަށިވިއްކުމަށް މީހުން ގެނައީ ސީދާ މެކްސްވެލްއެވެ. ނޫންނަމަ އެޕްސްޓެއިންގެ ގެއަށް ވަކި ޝެޑިއުލަކަށް މީހުން ޒިޔާރަތްކުރުމުގެ ކަންތައް ރޭވުންފަދަ ލޮޖިސްޓިކުސް ހަމަޖައްސައިދިނުމުގައި އެހީތެރިވިއެވެ. މެކްސްވެލްއަށް ކުރެވިފައިވާ ތުހުމަތުތައް މީހުންގެ ސަމާލުކަމަށް އައީ އޮގަސްޓް މަސްތެރޭގައި އެޕްސްޓެއިންގެ ކުރީގެ އަންހެން ސެކެއްޓަރީއާއި، އެކުގައި މަސައްކަތްކުރި މީހުންނާއި މުވައްޒަފުންނާްއިބެހޭ ހެކިތައްހުރި، ނުނިންމާއޮތް ކޯޓު ކޭސްއެއް ފެންމަތިވުމާއި ގުޅިގެންނެވެ. 

އެޕްސްޓެއިންގެ ފަރާތުން އަނިޔާ ލިބުނު މީހުންނަށް އެހީވެދިނުމަށް ވަރަށްފަހުން ގާއިމްކުރި ފަންޑް ހިންގާ ބޭފުޅާ ވިދާޅުވި ގޮތުގައި، މި ފަންޑުގެ އުސޫލުތަކުގެ ދަށުން މެކްސްވެލްއަކީ އެޕްސްޓެއިންގެ ކުރީގެ މުވައްޒަފެއްގެ ގޮތުގައި ގިންތިކޮށް، ލިބުނު ގެއްލުމުގެ ބަދަލު ދައްކައިގެން މެކްސްވެލް ސަލާމަތްކުރަން އެޕްސްޓެއިންގެ ގާނޫނީ ވަކީލުން މަސައްކަތްކުރިއެވެ. މި ފަންޑުން ފައިސާ ހޯދުމަށް، އަނިޔާ ލިބުނު މީހުން ޖެހެނީ އެޕްސްޓެއިންގެ މުވައްޒަފުންގެ ތެރެއިން މުވައްޒަކާ ދެކޮޅަށް ހުށަހަޅަންބޭނުންވާ ދައުވާ ދޫކޮށްލާށެވެ. ކޯޓަށް ހުށަހެޅި މައްސަލައިގަވެސް އަދި ބަޔާނުގައިވެސް އެއްވެސް ގޯސްކަމެއް ކުރިކަމަށް މެކްސްވެލް ވަނީ ދެކޮޅުހައްދަވާފައެވެ. 

Maldives News Maldives News

އެޕްސްޓެއިން ހައްޔަރު ކުރީ މިދިޔަ އަހަރު ޖުލައި 6ގައި އަމިއްލަ ޖެޓެއްގައި ޕެރިހުން އައިސް ނިއު ޖާޒީގެ ޓެޓަރބޮރޯގެ އެއަރޕޯޓެއްގައި ހުއްޓައެވެ.  އޭނާއަށް ތުހުމަތު ކުރަނީ ހަށިވިއްކުމުގެ ވިޔަފާރިއަށް މީހުން ގަވާއިދާއި ޚިލާފަށް އެތެރެކުރުމާއި، އެމީހުން ބޭނުންކޮށްގެން ހަށިވިއްކުމުގެ ވިޔަފާރި ކުރުމެވެ. މި ތުހުމަތުތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ، 45 އަހަރަށްވުރެ ދިގު މުއްދަތުގެ ހުކުމެއް އަންނާނެއެވެ. އޭނާގެ ކުށެއް އެކަމުގައި ނެތްކަށް ބުނެ އޭނާ ދޫކޮށްލުމަށް އެދުމުން، އެ ހުށަހެޅުންވަނީ ބަލައިނުގަނެފައެވެ. 

ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި، އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި 2002 ނަ ފެށިގެން 2005 ވަނަ އަހަރާއި ދެމެދު، މަންހަޓަންގައި ހުންނަ އޭނާގެ ގޭގައި ނުވަތަ ފްލޮރިޑާގެ ޕާމް ބީޗުގައި ހުންނަ އޭނާގެ އިމާރާތްތަކުގައި، އުމުރުން 14 އަހަރަށްވުރެ ކުޑަ އަންހެންކުދިން ލައްވާ ސަތޭކައިގެ އަދަދުތަކުން  ޑޮލަރުދީގެން ހަށިވިއްކުން ހިމެނެއެވެ. 

އެޕްސްޓެއިންގެ ޝަރީޢަތް ފެށުމުގެ ކުރިން، މިދިޔަ އަހަރު އޮގަސްޓަމަހު 10 ވަނަ ދުވަހުގެ ހެނދުނު 6.30ގައި، އޭނާ ހައްޔަރުކޮށްފައިވާ މެންހަޓަންގެ ޖަލުގައި އޭނާވަނީ މަރުވެފައެވެ. އޭނާގެ މަރަކީ އަމިއްލައަށް މަރުވި މަރުވުމެއްކަމަށްވަނީ ކަނޑައަޅާފައެވެ. އެޕްސްޓެއިން ބަލަހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އެތައް ފާރަވެރިންނަކަށް ވަނީ ދޮގުމައުލޫމާތު ރިކޯޑު ކުރުމާއި، އޭނާގެ ހަރަކާތްތައް އެއްގޮތަކަށްވެސް ނުބަލާކަމުގެ  ދައުވާ އުފުލާފައެވެ. 

Maldives News

މުޅި އެއަހަރުގައްޔާއި އެޕްސްޓެއިން މަރުވިއިރުވެސް، ދައުލަތުގެ ވަކީލުން ވަޢުދުވަމުން ގެންދެވީ އެޕްސްޓެއިންގެ ޢަމަލުތަކާއި، ހަށިވިއްކެވުމަށް ކުޑަކުދިން ގެނައި ފަރާތްތަކާއި ގުޅުން އޮވެދާނެ އެންމަހާ ފަރާތްތައް ނުވަތަ އެކަމަށް މަގުފަހިކުރި ފަރާތްތަކުގެ ތަހުގީގުގެ ކަންކަން ކުރިއަށްގެންދާނެ ކަމުގައެވެ. 

އެޕްސްޓެއިން ވަނީ ފްލޮރިޑާގެ ހަށިވިއްކުމުގެ ދެ ކޭސް އެއް ސާބިތުވެ، 18 މަހުގެ ހުކުމެއް ކޮށް، 13 މަސްވަންދެން ހުކުމް ތަންފީޒުކޮށްފައެވެ.  2008 ވަނަ އަހަރު އެޕްސްޓެއިން ވަނީ އޭނާގެ މައްސަލައަށް ލުޔެއދިނުމަށް އެދި ހުށަހަޅާފައެވެ. އެގޮތުން އޭނާއަށް ދެވުނު ލުޔަކީ މާބޮޑަށް ދޫދީފައިވާ އެއްބަސްވުމެއްކަމަށް ގިނަބަޔަކު ފާހަގަކުރިއެވެ. އަދި އެއްބަސްވުމުގެ ތަފްސީލް އަނިޔާލިބުނު މީހުންނަށް ފޮރުވާފައިވާތީ ފާޑުކިޔުން އަމާޒުވިއެވެ. އެ ޑީލްއަށް އެއްބަސްވީ މިއާމީގައި އެއިރު ހުންނެވި ޔޫއެސްގެ ބަންޑާރަނައިބު ކަމަށްވާ، ކުރީގެ ލޭބަރ ސެކެއްޓަރީ އެލެކްސް އެކޯސްޓާއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް