Skip to content
ދުނިޔެ

ނޭޕާލްގެ ބޮޑުވަޒީރު އިންޑިޔާ އަށް ކުރައްވާ ފުރަތަމަ ދަތުރު ފުޅު މާދަމާ ފައްޓަވަނީ

ފާފު ޒަވިޔަނިފާފު ޒަވިޔަނި

ނޭޕާލްގެ ބޮޑުވަޒީރު ބަލެންދުރަ ޝާހް އިންޑިޔާއަށް ކުރައްވާ ފުރަތަމަ ދަތުރު ފުޅުގައި އާދީއްތަ ދުވަހު އެގައުމަށް ވަޑައިގަންނަވާނެ ކަމަށް ޚަބަރު ލިބެއެވެ.


އުމުރުފުޅުން36އަހަރުގެ ލީޑަރު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީ ޒުވާނުންގެ ވަރުގަދަ އިހުތިޖާދު ތަކަކުން ކޭޕީ ޝަރުމާ އޮލީގެ ވެރިކަން ބަދަލު ކުރިތާ ހަމަސް ދުވަސްފަހުން،މިދިޔަ މާޗް މަހުއެވެ. ކުރިން މިޔުޒިކްގެ ދުނިޔޭގައި މަޝްހޫރުކަން ހޯއްދަވަމުން ގެންދެވި ރެޕް ކުރުންތެރިޔާ، ބަލެންދުރަ ޝާހްގެ ދެދުވަހުގެ ދަތުރު ފުޅުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސަރުކާރު ގެ އިސް ބައެއް އޮފިޝަލުންބޭފުޅުންނާއި ބައްދަލް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މޯދީ އާއި ބަލެންދުރަ ޝާހުގެ ބައްދަލް ވުމުގައި އަލިއަޅުވާ ލައްވާނެ މައިގަނޑު ކަންކަމުގެ ތެރޭގައި އިކޮނޮމިކް އަދި އެނާޖީ ކޯޕޮރޭޝަން، ވައިގެމަގުން އައު ގުޅުންތައް ގާއިމް ކުރުން އަދި އޮގަސްޓްމަހު ނޭޕާލްއަށް ކުރިމަތިވި ފެންބޮޑުވުމަށްފަހު ގެއްލުންވި ހިސާބުތައް އަލުން އާރާސްތުރުމަށް އިންޑިޔާއިން ވެދޭ އެހީގެ ޕެކޭޖް ހިމެނެއެވެ.
އެފަހަރުގެ ފެންބޮޑުވުމުގައި ނޭޕާލުން 1،450މީހުން މަރުވެފައި ވެއެވެ.އަދި އެތައްހާސްބަޔަކުވަނީ ވީނުވީ ގޮތެއް ނޭގި ގެއްލިފައެވެ.
އިންޑިޔާ އާއި ނޭޕާލުން 1،750 ކިލޯމީޓަރަށް ވުރެދިގު ބޯޑަރެއް ހިއްސާކުރާއިރު ދެގައުމުދެމެދު ޒަމާނުންސުރެ އެތުނިކް،ކަލްޗަރަލް، ދީނީ އަދި އިގްތިސާދީ ރޮގުން ގާތް ގުޅުން ތަކެއް އޮވެއެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply