އދ ގެ އޮފިޝަލަކު ޔަމަނުގެ ހާލަތު ސިފަކުރީ "މިއީ އަޅުގަނޑުގެ ހަޔާތުގައި ދުށް އެންމެ އަނދިރި ވަގުތުކޮޅު" ގެގޮތުގައި

Loading

Facebook
Twitter
WhatsApp
yemen news

އދ ގެ އަންޑަރ ސެކެއްޓަރީ ޖެނެރަލް ފޯ ހިއުމެނިޓޭރިއަން އެފެއާޒް ސަރ މާކް ލޯކޮކް ވިދާޅުވި ގޮތުގައި، ހަނގުރާމައާއި ސައޫދީން އިސްވެއޮވެ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަސަބަބުން, ޔަމަނުގައި ވަމުންދާގޮތްތަކަށް ދުނިޔެއިން ސަމާލުކަން ނުދީފިނަމަ އެތައް މިލިޔަން ކުދިން މަރުވެގެންދާނެއެވެ. 

ބޮޑު ކާރިސާއަކުން ރައްކާތެރިވުމަށް، ޔަމަނަށް އެހީވުމަށް މުއްސަދި ގިނަ ގައުމުތަކުން ވެފައިވާ ވައުދާއި އެއްގޮތަށް ޚައިރާތު ކުރަން ކަނޑައެޅި ފައިސާ ޔަމަނާއި ހަވާލު ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. މި ހުރިހާ ވާހަކައެއް ސަލްވާގެ ތަސްވީރުތަކުން (މާކު ސްޓޯން ލިޔެފައިވާ ޔަމަންގެ ރިޕޯޓު)  ބުނެދެއެވެ. ސަލްވާއަކީ 5 އަހަރުގެ ކުއްޖެކެވެ. އޭނަގެ ބަރުދަނަކީ ތިން ކިލޯ ބައެެވެ. މިއީ އިގިރޭސިވިލާތުގައި އަލަށް އުފަންވާ ކުއްޖެއްގެ އެވްރެޖު ބަރުދަނެވެ. 

”އަޅުގަނޑަށް ފާހަގަ ކުރެވުނީ ގިނަ މީހުންނަށް މިފޮޓޯތަކުން ފެންނަނީ ރަނގަޅު ކާނާއިން މަހުރޫމުވެފައިވާ ކުޑަކުދިންތަކެއް. ބެލުމުން ހިތަށް އުދަގޫ ވާފަދަ ކުދިން ތަކެއްގެ ޕޮޓޯގޮތަކަެއް. އެކަމަކު އަޅުގަނޑުމެން މިހިތި ހަގީގަތާއި ކުރިމަތިލާން އެބަޖެހޭ. އަޅުގަނޑުމެން މިކަމާ އަޅާނުލައިފިނަމަ ސަލްވާ ކަހަލަ ޔަމްނަގެ އެތައް ކުދިންނެއް ހިތްދަތި މަރަކުން މަރުވެގެންދާނެ“ . 

ޔަމަނަށް އެހީތެރިވުމުގެ ގޮތުން އެތައް ބިލިއަން ޑޮލަރު ދިނުމަށް އެތައް ކޮންފަރެންސެއްގައިވަނީ ނިންމާފައެވެ. އެހެންނަމަވެސް ކޮންފަރެންސް ނިމުމުން، ހަގީގަތުގައި އެއްވެސް ފައިސާއެއް ދީފައެއް ނުވެއެވެ. އިންސާނީ އެހީތެރިކަމަށް ޚައިރާތު ކުރާވަރަށްވުރެ ގިނައިން، ޔުނައިޓެޑް ޢަރަބް އެމިރޭޓްސް އާއި ސަޢޫދީ އަރަބިއްޔާއިން، ޔަމަނާއި ހަނގުރާމަކުރުމަށް ފައިސާ ޚަރަދު ކުރެއެވެ. 

ގިނަފަހަަރަށް މޫނުމަތި ރީތިކުރުމަށް ކޮންފެރެންސް ބޭއްވުމުގެ ބަދަލުގައި، މި މައްސަލައަށް ފުންކޮށް ވިސްނައި، ޔަމަން ސަލާމަތްކުރުމަށް މިހާރުން މިހާރަށްވެސް ފައިސާ ފޯރުކޮށްދޭން ޖެހެއެވެ. ޔަމަނުގެ ފަސްއަހަރުން ދަށުގެ ދެ މިލިއަން ކުދިންނަކީ ރަނގަޅުކާނާ ނުލިބުމުގެ ސަބަބުން އެކިބަލިތަކަށް ހުށަހެޅިފައިވާ ކުދިންނެވެ. މީގެ ތެރެއިން 325،000 ކުދިންގެ ހާލަތު ވަރަށް ދަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް