އެންމެ ފާހަގަކޮށްލެވޭ 100 ވިޔަފާރި މަރުކަޒު (އިކޯސިސްޓަމް) ލިސްޓުގެ 16 ވަނައިގައި އިސްތަންބޫލް ހިމެނިއްޖެ

Loading

Facebook
Twitter
WhatsApp
Maldives News

ތުރުކީގެ ޓެކްނޮލޮޖީ އެންޑް އިންޑަސްޓްރީ މިނިސްޓަރ ބުރާސްފަތި ދުވަހު އިޢުލާން ކުރެއްވިގޮތުގައި، އަލަށްފަށާ ވިޔަފާރިތައް ކުރިއަރައިގެންދާ ތަންތަނުގެތެރެއިން އެންމެ ފާހަގަކޮށްލެވޭ 100 ތަނުގެ (އިކޯސިސްޓަމްގެ) ލިސްޓުގެ އެންމެމަތީ 20 ތަނުގެ ތެރޭގައި އިސްތަންބޫލްގެ މެޓްރޯޕޮލިސް ހިމެނިއްޖެއެވެ.

ޔޫއެސްގައި ހުންނަ ގްލޯބަލް އޮންޓޮޕްރިނިއަރޝިޕް ރިސަރޗް އިންސްޓިޓިއުޝަން ސްޓާޓްއަޕް ޖެނޯމް އިން ނެރުނު އާ ރިޕޯޓަކާއި ހަވާލާދީ މުސްތަފާ ވަރަންކު ޓްވީޓު ކުރައްވާފައިވަނީ ތުރުކީ އިގްތިސާދީ މައިރަށް އިސްތަންބޫލް އޮތީ އެ ލިސްޓުގެ 16 ވަނައިގައި ކަމަށެވެ. މިއީ ދުބާއީ، މޮސްކޯ، ބުރޫސަލްސް ފަދަ ބޮޑެތި ސިޓީތަކަށް ލިބިފައިވާ ވަނައަށްވުރެ މަތީ ވަނައެކެވެ. 

”ޓެކްނޮލޮޖީއަށް ބިނާވާ ވިޔަފާރިތަކަށް ކުރެވޭ އުއްމީދުތައް ވަރަށް މަތި، އަޅުގަނޑުމެންގެ އަމާޒުތައް ވަރަށް ބޮޑު“ އޭނާ ވިދާޅުވިއެވެ. 

އެލިސްޓުގެ އެއްވަނައިގައި އޮތީ އިންޑިއާގެ އިގްތިސާދީ މައިރަށް ކަމަށްވާ މުމްބާއީއެވެ. ދެވަނައަށް އޮތީ އިންޑޮނޭޝިއާގެ ޖަކާޓާއެވެ. ތިންވަނައަށް އޮތީ ސްވިޒަލޭންޑުގެ ޒިއުރިކެވެ.

އަލަށް ފަށާ ވިޔަފާރިތައް ވެގެންގޮސްފައިވަނީ އިގްތިސާދު ކުރިއަރުވާ އިންޖީނަށެވެ. އެހެންކަމުން އާ ވިޔަފާރިތައް ކުރިއަރަމުންއަންނަ ތަންތަން  (އިކޯސިސްޓަމް) ތަރައްގީކުރުމަށް ޕޮލިސީހަދާ މީހުން އިތުރަށް ސަމާލުކަންދީ، ގިނަހަކަތަ އެކަމަށް ހޭދަކުރެއެވެ.  

އެ ރިޕޯޓުގައި އިތުރަށް ބުނެފައި ވެއެވެ.  ”ލިސްޓުގައިވާ ތަންތަނުގެ ތެރެއިން  38 ސިޓީއާޢެކު، ޔޫރަޕަކީ އާ ވިޔަފާރިތައް ކުރިއަރަމުން އަންނަ ތަންތަނުގެ (އިކޯސިސްޓަމް) އެންމެކުރީގައިވާ ކޮންޓިނެންޓެވެ. އާ ވިޔަފާރިތައް ފުޅާވަމުންއަންނަ 32 ތަނާއެކު، ދެވަނައަށް އޮތް ކޮންޓިނެންޓަކީ އުތުރު އެމެރިކާއެވެ. ތިންވަނައަށް އޮތީ އާ ވިޔަފާރިތައް ފުޅާވަމުންއަންނަ 22 ތަނާއެކު،އޭޝިއާ-ޕެސިފިކެވެ“. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް