އީ.ޔޫ ކޮރޯނާ ވައިރަސް ސޭފް ލިސްޓު: ޔޫ.އެސް މިލިސްޓަށް އަރަން އަދި ގާތްވެސް ނުވޭ

Loading

Facebook
Twitter
WhatsApp
news

އަލްޖީރިއާ، ރުވާންޑާ، އުރުގުއޭ، ޗައިނާ، ކެނެޑާ މިގައުމުތަކުގެ މީހުންނަށް މިހާރު ޗުއްޓީ ހޭދަކުރުމަށް ޔޫރަޕަށް ދިއުމުގެ ހުރަހެއް ނެތެވެ. އެކަމަކު ޔޫ.އެސް ފަތުރުވެރިންނަށް އެފުރުސަތެއް ނެތެވެ. 

ތަފާތު 15 ގައުމެއްގެ ރައްޔިތުން ވަކި ބޭނުމެއްނެތިވެސް ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރުމަށް ޔޫރަޕުންވަނީ ހުއްދަ ދީފައެވެ. މިގޮތުން ހުއްދަ ދިން ގައުމުތަކަކީ ޔޫރަޕިއަން ޔޫނިއަންއިން ވަކި ގޮތަކަށް ހޮވާފައިވާ ގައުމުތަކެއް ކަމަށް ކުރިން ބެލެވުނެވެ. މާޗްމަހުން ފެށިގެން ޔޫރަޕަށް ދަތުރު ކުރުން މަނާކޮށްފައި އޮތުން މިހާރުވަނީ ބަދަލުކޮށްފައެވެ.  ޔޫރަޕުން ބުނާގޮތުގައި، ހަގީގަތަކީ، ވަކި ގައުމުތަކަކަށް ހުއްދަ ދީފައިވަނީ އެގައުމުތަކުގެ ބަލިކޮންޓްރޯލްކުރުމާއިބެހޭ މިންގަނޑުތަކަށް ބެލުމަށްފަހުގައި ކަމެވެ. 

މުޅިދުނިޔެއަށް ބަލާއިރުވެސް އެންމެގިނަ މީހުންނަށް މިބަލި ޖެހި، އެންމެ ގިނަ މީހުން މަރުވި ގައުމު ކަމަށްވާ ޔޫ.އެސްއަށް މިއިން ދުވަހަކުވެސް ހުއްދަދެވޭވަރު ނުވާނެކަމަށް، މިކަމާއިބެހޭގޮތުން މަޝްވަރާކުރަމުންދާ އީ.ޔޫގެ ތިން ޑިޕްލޮމެޓުންގެ ތެރެއިން ނަން ހާމަކުރަން ބޭނުންފުޅުނުވާ  ބޭފުޅަކު ވިދާޅުވިއެވެ. ކާކުކަން ނޭނގޭ ގޮތަށް ވާހަކަ ދެއްކެވީ މިކަމާއިބެހޭގޮތުން އާންމުންގެ ތެރޭގައި ވާހަކަދެއްކުމުގެ ހުއްދަ އެފަރާތްތަކަށް ލިބިފައިނުވާތީއެވެ. 

ވޮޝިންޓަންއަށް ހިފެހެއްޓޭވަރަށްވުރެ މައްޗަށް ދިއުމާއި ގާތްވެފައިވޭތޯ ކުރި ސުވާލުގެ ޖަވާބުގައި، ސަމާސާ ރާގަކަށް  ސީރިއަސް ސުވާލެއް އެތަނުން އެއްބޭފުޅަކު ކުރެއްވިއެވެ. “ ތިބޭފުޅާއަށް ހީވަނީ ކިހިނެތް؟“  ”ޔޫ.އެސް އަށް ދުވަހަކުވެސް ތިކަމެއް ނުވާނެ“ އަނެއް ބޭފުޅަކު ވިދާޅުވިއެވެ. ”ކޮރޯނާވައިރަސްގެ ހާލަތަށް އެކަނި ބަލާލަބަލަ“

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް