އިރުމަތީ މެޑިޓެރޭނިއަންގައި ތުރުކީ ކަނޑުގެ ސިފައިންގެ ބާރު އިތުރަށް ގަދަވެ، ބާރުވެރިކަމުގެ ހަމަހަމަކަން ގެއްލިއްޖެ

Loading

Facebook
Twitter
WhatsApp

އަންކާރާއިން އެކުލަވާލާފައިވާ، އިރުމަތީ މެޑިޓެރޭނިއަންގައި ތުރުކީ ކަނޑުގެ ސިފައިންގެ ބާރުގަދަކުރުމުގެ ދުރު މުސްތަގުބަލުގެ ޕްލޭން ކާމިޔާބު ވެއްޖެއެވެ.   

ހަ ދަހަރަށްވުރެ (ޑިކޭޑް) ގިނަދުވަހު ތުރުކީ ނޭޓޯގެ ބައިވެރިއެއްގެ ގޮތުގައި އޮތްއިރު، ރައީސް ރަޖަބް ޠައްޔިބު އުރުދުގާން ގެ ލީޑަރޝިޕްގެ ދަށުން، އަންކަރާއިންވަނީ  އެ ސަރަހައްދުގެ އެހެން ގައުމުތަކަށްވުރެ ބޮޑަށް، ތުރުކީގެ މިލިޓަރީ ގާބިލުކަން އިތުރުކޮށްފައެވެ. 

އިރުމަތީ މެޑިޓެރޭނިއަންގައި ފަހުގެ ތާރީޚުގައި ހިނގި ކަންކަމަށްބަލާއިރު ފެނިގެންދަނީ، ތުރުކީގެ ކަނޑުގެ ސިފައިންގެ ފައުޖުތަކުގެ ގާބިލްކަން އިތުރުކޮށް، ސަރަހައްދުގެ ބާރުގަދަ ގައުމުތައް ކަމަށްވާ ގްރީކުން ފެށިގެން ގްރީކް ސައިޕްރިއޮޓް އެޑްމިނސްޓްރޭޝަންއާއި، މިޞްރާއި އެހެނިހެން ބާރުތަކުގެ މައްޗަށް ގަދަވެގެންފައިވާތަނެވެ. 

ފާހަގަކޮށްލެވޭ ތަޖުރިބާކާރުންނާއި ކުރީގެ ސިފައިނެގެ އިސް އޮފިސަރުން ވިދާޅުވެފައިގޮތުން، ތުރުކީގެ ކަނޑުގެ ސިފައިންނަކީ ދުނިޔޭގެ އެންމެ ބާރުގަދަ ކަނޑުގެ ދިހަ ބާރު ތެރޭގައި ހިމެނޭ ބާރެކެވެ. އަދި ހަނގުރާންމަތީ މަނަވަރުތައް ފަރުމާކޮށް އުފެއްދުމުގެ ރޮނގުން ފާހަގަކޮށްލެވޭ ގަދަ 20 ބާރުގެ ތެރޭގައި ތުރުކީ ހިމެނެއެވެ. 

”ރަޝިއާ ކަންތައް ކުރާގޮތަށް ޓަގްބޯޓާއެކު ތުރުކީގެ ކަނޑުގެ ސިފައިން ދަތުރު ނުކުރޭ“، ރިޓަޔަރ ކޮށްފައިވާ ތުރުކީގެ ރިއާ އެޑްމިރަލް، ޗެމް ގާޑެނިޒް، މިދިޔަ އަހަރު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ. 

ލީބިޔާގެ ހަނގުރާމައިގައި ތުރުކީ އަދިވެސްދަނީ ބާރުގަދަ ގައުމުތައް ކަމަށްވާ ރަޝިއާ، ފްރާންސް، މިސްރު އަދި ގްރީސް ފަދަ ގައުމުތަކާއި ވާދަކުރަމުންނެވެ. ބެންގާޒީގައި ވެރިކަމެއް ގާއިމްކޮށްގެންތިބި ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ޚަލީފާ ހަފްތާރުގެ ސަރުކާރުގެ ބަދަލުގައި، އަންކާރާއިން ތާއީދު ކުރަނީ ހަނގުރާމައިގެ ސަބަބުން ވީރާނާ ވެފައިވާ ލީބިޔާގެ ޓްރިޕޮލީގައި ގާއިމްކޮށްފައިވާ ސަރުކާރަށެވެ. އދ އާއި ބައިނަލްއަގުވާމީ ފަރާތްތަކުން ވަނީ ޓްރިޕޮލީގައި ގާއިމް ކޮށްފައިވާ މިސަރުކާރު ކަމަށްވާ، ގަވަރމެންޓް އޮފް ނޭޝަނަލް އެކޯޑް (ޖީ އެން އޭ) ބަލައިގެންފައެވެ. އިރުމަތީ މެޑިޓެރޭނިއަންގައި ކަނޑުގެ މިލިޓަރީ ބާރެއް ގާއިމްކޮށް، ތުރުކީން އުފެއްދި އާ ޑްރޯން ޓެކްނޮލޮޖީގެ އެހީގައި ޓްރިޕޮލީ ސަރުކާރަށް އެހީވާން ފެށުމުން، ލީބިޔާގެ އަހުލީ ހަނގުރާމައިގެ މިސްރާބުވަނީ ބަދަލުވެފައެވެ. 

ތުރުކީން ވަނީ ކަނޑުގެ ބާރުތައް ކަމަށްވާ ފްރާންސް، ރަޝިއާ، މިސުރު، ގްރީސްއާއި ބާރުގެ ގޮތުން އެއްވަރު ކޮށްފައެވެ. މިހުރިހާ ގައުމުތަކަކީ ހަފތާރަށް ތާއީދުކުރާ ގައުމުތަކެވެ. މި ހުރިހާ ގައުމުތަކަށްވުރެ އެސަރަހައްދުގައި ތުރުކީ ވަނީ ބާރުގަދަކޮށްފައެވެ. ތުރުކީގެ ތާއީދު ލިބިފައިވާ ގަވަރމެންޓް އޮފް ނޭޝަނަލް އެކޯޑް (ޖީ އެން އޭ) ގެ ސިފައިން ދަނީ ކަނޑާއި ކައިރީގައިވާ މުހިއްމު ސިޓީއެއްކަމަށްވާ ސިރުތޭ އާއި ދިމާއަށް ދަތުރުކުރަމުންނެވެ. މި ސިޓީއަކީ ލީބިޔާގެ ކުރީގެ ލީޑަރު މުޢައްމަރުލް ޣައްޒާފީގެ އުފަންވި ރަށެވެ. 

ކަންޑުގެ ސިފައިންގެ އެހީތެރިކަމާއެކު، އަންކާރާއިންދަނީ އެގައުމުގެ ސަރަހައްދު ކަމުގައި ކަނޑައަޅާފައިވާ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް، އިރުމަތީ މެޑިޓެރޭނިއަންގައިވާ ގޭސްވަޅުތައްހޯދުމަށް މަސައްކަތްކޮށް، އެފަދަ ތަންތަނުން ގޭސް ނެގުމަށްޓަކައި ތޮރުފަމުްންނެވެ. 

news turkey

އެ ސަރަހައްދުގެ ބާރުތަކަށް ތުރުކީގެ ކަންޑުގެ ސިފައިންގެ ބާރާއި ވާދަކުރެވޭނެތަ؟

ހުއްޓުމެއްނެތި 4 މަސްވަންދެން ތުރުކީގެ ހަނގުރާމަމަތީ މަނަވަރުތައްވަނީ ލީބިޔާގެ ވަށައިގެން ދަތުރުކޮށްފައެވެ. ”ގްރީކުގެ ހަނގުރާމަމަތީ މަނަވަރުތަކުގެ ނިޒާމްތައް ފޭލިވެ، އެމަނަވަރުތައްވަނީ އެނބުރި އެ ހަނގުރާމަމަތީ މަނަވަރުތައް ބަނދަރުކުރާ ސަރަހައްދަށް ގެންގޮސްފައެވެ. ރަޝިއާގެ ހަނގުރާމަމަތީ މަނަވަރުތަކަށް ޓަގްބޯޓާއި ނުލައި ދަތުރު ނުކުރެވޭއިރު، މިޞްރު އެއްގޮކަށްވެސް ނުފެނެއެވެ. މިޞްރުގެ އާ ކުޅޭއެއްޗެތި ރަގަޅުގޮތަށް ބޭނުން ކުރެވޭނެ ގޮތެއްނެތް“، ދިފާއީ ސިނާއަތުގެ ތަޖުރިބާކާރެއް ކަމަށްވާ ކެވިން ސްކައި ޓްވިޓަރ ގައި ލިޔުއްވިއެވެ.  ސްކައި ފާހަގަ ކުރެއްވި ގޮތުގައި އެއްވެސް ފަރާތެއްގެ އުދަގުލެއްނެތި، ތުރުކީގެ ކަނޑުގެ ސިފައިންދަނީ އެސަރަހައްދުގެ ގޭސްވަޅުތައް ހޯދުމަށް ލޯވަޅު ތޮރުފަމުންނެވެ. 

ތަޖުރިބާކާރުން ވިދާޅުވާގޮތުގައި އިގުތިޞާދީ ކާރިސާއާއިހެދި މިޞްރުގެ ކަނޑުގެ ސިފައިންގެ ބަޖެޓު ވަރަށްބޮޑަށް ކުޑަކޮށްފައިވާ ދަނޑިވަޅެއްގައި،  މިޞްރުގެ ކުރީގެ ވެރިންނަށްވުރެ ބޮޑަށް، މިޞްރުގެ މިހާރުގެ ރައީސް އަދި ކުރީގެ ސަރުކާރު ކުއްލިއަކަށް ވައްޓާލި ޖެނެރަލް، އަބްދުލް ފައްތާހް އަލް ސީސީ ދަނީ މިޞްރުގެ ކަނޑުގެ ސިފައިންގެ ބާރުގަދަކުރުމަށް މަސައްކަތް ކުރަމުންނެވެ. 

ވަރަށް ފަހުގެ ތާރީޚެއްގައި މިޞްރުގެ ކަނޑުގެ ސިފައިންގެ ބާރު ވަރުގަދަކޮށް ޒަމާނީކުރުމަށް ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރިއަށްގެންދިޔަ ނަމަވެސް، މިޞްރުގެ ފައުޖުތަކަށް ފުދޭވަރަކަށް ތަމްރީނާއި ކަސްރަތު ލިބިފައިނުވާ ކަމަށާއި، ލޮޖިސްޓިކްގެ ދާއިރާގެ މަޢުލޫމާތު މަދުކަން ތަޖުރިބާކާރުން ކަމަށްވާ ގާޑެނިޒް އާއި ސްކައި ފާހަގަ ކުރައްވައެވެ. މިކަމުގެ ސަބަބުން، އިރުމަތީ މެޑިޓެރޭނިއަންގެ އެހެންގައުމަކާއެކު މަސައްކަތްކުރަން ފުރުޞަތެއް ލިބުނުނަމަވެސް، ފެނިގެންދަނީ މިޞްރުގެ ކަނޑުގެ ސިފައިން ލަދުން ދުރަށްދާތަނެވެ. 

ސަރަހައްދުގައި ތުރުކީގެ ކަނޑުގެ ސިފައިން ހަރަކާތްތެރިވަމުންދާތީ، އެކަން ހުއްޓުވުމަށް ގްރީކާއި ގްރީކް ސައިޕްރިއޮޓް އެޑްމިނސްޓްރޭޝަން (ޖީ ސީ އޭ) އިންވަނީ  ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އެހެންނަމަވެސް އަންކާރާ ހުއްޓުވުމަށް މާބޮޑު މަސއްކަތްތަކެއް ކުރެވިފައެއްނުވެއެވެ. 

ޖަނަވަރީ މަހުގެ ތެރޭގައި ގްރީކުގެ ބޮޑުވަޒީރު ކިރިއަކޮސް މިޓްސޮޓަކިސް ވަނީ ޕެރިހަށް ވަޑައިގެން، ފްރާންސްގެ ރައީސް އެމެނުއަލް މެކަރޮން އާއި ބައްދަލުކުރައްވާ، ތުރުކީއާއި ދެކޮޅަށް މަސައްކަތް ކުރުމަށް ފްރާންސްގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. އެ ބައްދަލުވުމަށްފަހު، ގްރީކާއެކު އޮތް ބަދަހި ގުޅުން ދެއްކެވުމަށްޓަކައި މެކްރޮންވަނީ ފްރާންސްގެ ހަނގުރާމަމަތީ މަނަވަރުތައް އެސަރަހައްދަށް ފޮނުއްވާފައެވެ. “ ތުރުކީއާއި ދެކޮޅަށް ކުރެވެންހުރި ހުރިހާކަމެއް މިދަނީ ބަލަމުން، އެއީ މިލިޓަރީ ކުރިމަތިލުމެއް ކަމުގައިވިއަސްމެ“ ގްރީކުގެ ދިފާޢީ ވަޒީރުވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، ގްރީކާޢި ފްރާންސްގެ އިންޒާރަކަށް ތުރުކީ މާބޮޑަށް ބަލާފައިނުވެއެވެ. 

10 ޖޫންގައި ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި، ތުރުކީގެ ދިފާޢީ ވަޒީރު ވިދާޅުވެފައިވަނީ، “ ހިސާބު ޖަހައިގެން ޔަގީންކަން މިދެނީ، ގްރީކުން ބޭނުމެއްނުވާނެ ތުރުކީއާއެކު ހަނގުރާމައެއް ފަށަން“. ގްރީކުން ބުނެފައިވާ ބުނުމަކީ އެވާހަކަދެއްކެވި ބޭފުޅާއަށް އޮޅިގެން ވިދާޅުވެވުނު އެއްޗެއްގެ ގޮތުގައި ތުރުކީންވަނީ ސިފަކޮށްފައެވެ. ވޭތުވެދިޔަ ނުވަ ގަރުނުގައި، ތުރުކީއާއި ދެކޮޅަށް ގްރީކުންކުރި އެއްވެސް ހަނގުރާމައެއް، ގްރީކަށް ކާމިޔާބުވެފައެއް ނުވެއެވެ. 

ތުރުކީއާއި ކުރިމަތިލުމަށް މޭމަހު ފުރާންސުން  ހަނގުރާމަމަތީ އިތުރު މަނަވަރުތައް އެ ސަރަހައްދަށް ވަނީ ފޮނުވާފައެވެ. ޖޫން 10ގައި ފްރާންސުގެ ކަމާއިބެހޭ އިދާރާތަކުން ހާމަކުރެއްވިގި ގޮތުގައި، އިރުމަތީ މެޑިޓެރޭނިއަންގައި ތުރުކީއާއި ފްރާންސްުގެ ކަނޑުގެ ސިފައިންގެ މެދުގައި ހާދިސާއެއް ހިނގިއެވެ. ޕެރިހުން ބުނާގޮތުގައި އިރުމަތީ މެޑިޓެރޭނިއަންއަށް ފޮނުވާފައި ހަނގުރާމަމަތީ އެއް މަނަވަރު ކަމަށްވާ ކޯބޭއަށް، ތުރުކީގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކުގެ ރާޑަރުގެ ބޮކިތަކުން ތިންފަހަރު އަލި އެޅުވިއެވެ. 

އެހެންނަމަވެސް ފްރާންސުގެ ބުނުން އަންކާރާއިްނަވަނީ ދެކޮޅުހަދާފައެވެ. އަންކާރާއިން ބުނެފައިވާ ގޮތުގައި ފްރާންސްގެ ހަނގުރާމަމަތީ މަނަވަރުތަކުން އެސަރަހައްދުގައި އެކުރަނީ ބޭކާރު މަސައްކަތެކެވެ. އެކަމުގެ ސަބަބުން ނޭޓޯގެ އަސާސްތަކާއި ކަނޑުގެ ސިފައިންގެ ރައްކާތެރކަމާއިބެހޭ ގަވާއިދުތައް ނެތިގެން ހިނގައިދާނެއެވެ. ތުރުކީއާއި، ފްރާންސާއި ގްރީކަކީ ނޭޓޯގެ މެންބަރުންނެވެ.  

 

މަހަށްވުރެ ބޯޓުތައް ގިނަ

ސަރަހައްދީ ބާރުތަކުގެ އިތުރުން، ރަޝިއާއި، އެމެރިކާ، އިޓަލީ އަދި އިގނގިރޭސިވިލާތް ހިމެނޭގޮތަށް އިތުރު ދިހަ ގައުމެއްގެ ހަނގުރާމަމަތީ މަނަވަރުތައް އިރުމަތީ މެޑިޓެރޭނިއަންއަށްގައި ހަރަކާތްތެރިވެއެވެ. 

ރިޕޯޓްތައް ބުނާގޮތުން، މެޑިޓެޜޭނިއަން ސަރަހައްދަށް ރަޝިއާގެ ޝައުވެރިކަން އިތުރުވަމުންދާދިއުން ބެލުމަށް ޔޫ އެސްގެ ދިހަ ހަނގުރާމަމަތީ މަނަވަރަށްވުރެ ގިނަ މަނަވަރު އެކުލެވޭ ވަރަށްބޮޑު ފްލީޓެއް އެސަރަހައްދުގައި ހަރަކާތްތަެރިވެއެވެ.  

ސީރިއާގެ ހަނގުރާމަ ފެށުމާއެކު މެޑިޓެޜޭނިއަން ސަރަހައްދުގައި ކަނޑުގެ ސިފައިންގެ ބާރެއް ގާއިމުކުރުމުގެ ހުވަފެން ދެކެމުން، އެަސަރަހައްދުގައި ކަނޑުގެ ސިފައިންގެ ބާރު އިތުރު ކުރުމަށް މޮސްކޯއިން ފެށިއެވެ. މޮސްކޯއިން މަދަނީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައިވާ އަސަދުގެ ސަރުކާރަށް ދިން އެހީތެރިކަމުގެ ބަދަލުގައި ދިމިޝްގުންވަނީ  ސޫރިއާގެ ބަނދަރުތައް ރަޝިއާގެ ކަނޑުގެ ސިފައިންގެ އޮޕަރޭޝަންތަކަށް ބޭނުންކުރުމުގެ ފުރުސަތު ދީ، މެޑިޓެރޭނިއަންގައި ހަރަކާތްތެރިވުމުގެ އިތުރު ފުރުށަތުތައް މޮސްކޯއަށް ފަހިކޮށްދީފައެވެ. 

މިއީ ޔޫރަޕްގެ “ ހޫނު ކަނޑުތަކަށް“ ވާސިލުވުމަށް ވަރަށްކުރީއްސުރެ އަމާޒު ހިފައިގެންތިބި ގައުމަކަށް ސިޔާސީގޮތުން ލިބުނު ވަރަށްބޮޑު ކާމިޔާބީއެވެ. މެޑިޓެޜޭނިއަން ސަރަހައްދުގައި ވަކިހިއްޕާލެވުމަކީ 18 ވަނަ ގަރުނުގައި ރަސްކަންކުރެއްވި ވަރުގަދަ ޕީޓަރގެ ދުވަސްވަރުން ފެށިގެންވެސް ކަނޑުގެ ސަރަހައްދު ނޯންނަ ރަޝިއާއިން ދެކެމުންއައި ސިޔާސީ ހުވަފެނެކެވެ. .

ތުރުކީގެ މަދަދުލިބޭ ލީބިތާގެ ބާރުތަކުން ކާމިޔާބުކަމާއެކު ހަފްތާރުގެ ސިފައިން އެގައުމުގެ ހުޅަނގު ސަރަހައްދުން ދުރުކޮށްފައިވާތީ، ރަޝިއާގެ ކަނޑުގެ ސިފައިން އެސަރަހައްދުގައި އިތުރުކޮށްަފައިވީނަމަވެސް، ޓްރިޕޮލީ އަތުލުމަށް ލީބިޔާގެ ހަފްތާރަށް ރަޝިއާއިން އެހީތެރިވެފައިނުވެއެވެ. 

 

ތުރުކީގެ އާސްލޯގަން: މަގޭ ނޫ ވެހި

ފަހުގެ އަހަރުތަކުގެ ތެރޭގައި ތުރުކީން ވަނީ ވަރަށް ވަރުގަދަ ލިޓަރީ ސްލޯގަން އެއް ތައްޔާރުކޮށްފައެވެ. މިކަމުގެ ބޭނުމަކީ ގައުމުގެ ތިން ކަނޑުގެ ސިޔާސީ ސަރަހައްދާއި، ކަނޑުގެ ހައްގުތައް ހިމާޔަތްކުރުމެވެ. މި ސްލޯގަންއަށް ކިޔަނީ ”މަގޭ ނޫވެހި ނުވަތަ ބްލޫ ހޯމްލޭންޑް“ އެވެ. 

މާޗްމަސްތެރޭގައި އަންކާރާއިން މިވީހާތަނަށް ހިންގި އެންމެބޮޑު ކަނޑުގެ ހަރަކާތުގައި 100 އަށްވުރެ ގިނަ މިލިޓަރީ ކަނޑު އުޅަނދު ބޭނުންކޮށްގެން،  އެއްފަހަރާ އެގައުމުގެ ތިން ކަނޑު ކަމަށްވާ މެޑިޓެރޭނިއަން، އީގަން އަދި ކަޅުކަނޣުގައިވަނީ ހިްނގާފައެވެ. މި ހަރަކާތުގެ ނަމަކީވެސް ”މަގޭ ނޫވެހި ނުވަތަ ބްލޫ ހޯމްލޭންޑް“ އެވެ. 

ތަޖުރިބާކާރުން ވިދާޅުވާގޮތުގައި، ތުރުކީގެ ކަނޑުގެ ސިފައިންގެ ކާމިޔާބީތަކުގެ ވާހަކަ ބިނާވެފައިވަނީ ތުރުކީއަކީ މެޑިޓެރޭނިއަން އަދި މުޅި ދުނިޔޭގެ ވަރުގަދަ ބާރަކަށް ވެވިދާނެކަމަށް މީހުންނަށް ގަބޫލު ކުރެވިފައިވާ ގަބޫލު ކުރެވުމާއެވެ. އަދި އެގައުމުގެ ކުރީގެ ބާރުގަދަ ދައުލަތް ކަމަށްވާ އޮއްޓޮމަން އެމްޕަޔަރ އަކީ އެއް އިރެއްގައި އެސަރަހައްދުގައި ކަންކަން ކުރަންވީގޮތުގެ ގަމުރުނެރުނު ގައުމަށްވީތީއެވެ. 

ނޭވަލް ޕޯސްޓް ގްރެޖުއޭޓް ސްކޫލްގެ ޑިާތްމަންޓް ޮފް ނޭޝަނަލަް ސިކިއުރިޓީ އެފެއާޒް، އަދި ތުރުކީ، ބޯލްކަން، މެދުއިރުމަތީގެ ތާރީޚު ޢިލްމުގެ ތަޖުރިބާކާރެއްކަމަށްވާ ރަޔަން ގިންގެރަސް ވިދާލުވެފައިވާ ގޮތުގައި، ތުރުކީގެ ސިޔާސީ ގިނަ ފަރާތްތަކުން ގަބޫލު ކުރައްވާގޮތުގައި އެގައުމަކީ “ އެހެން ބޮޑެތި ބާރުތަކާއި ކޮނޑާއި ކޮނޑުޖެއްސޭވަރަށް ތެދުވެވެޭނެ ގައުމެއް. ތުރުކީގެ ކަނޑުގެ ސިފައިންގެ މައުލޫމާތުން ދައްކުވައިދެނީ ދުނިޔޭގެ މީހުން ތުރުކީ ކަނޑުގެ ސިފައިންގެ ގާބިލުކަމާއިމެދު ދެކޭގޮތް ބަދަލުވަމުންދާގޮތުގެ މިސާލެއް..“

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް