ވައިރަސް އާއިބެހޭގޮތުން ފަރަންސޭސިވިލާތުގެ ސިޔާސީ އިސްބޭފުޅުންތަކަކާއި ސުވާލުކޮށްފި

Loading

Facebook
Twitter
WhatsApp
Maldives News

ކޮރޯނާވައިރަސްގެ ބަލިމަޑުކަންމެނޭޖުކުރުމަށް އެޅުއްވި ފިޔަވަޅުތަކާއި ގުޅިގެން، ފަރަންސޭސި ވިލާތުގެ ސިޔާސީގޮތުން އެންމެ އިސް ތިން ބޭފުޅެއްގެ ތަހުގީގު ހިންގުމަށް ފަރަންސޭސި ވިލާތުގެ މަތީ ކޯޓަކުން ރަސްމީކޮށް އަންގައިފިއެވެ.

މިތަހުގީގުގައި ބައިވެރިކޮށްފައިވަނީ ކުރީގެ ބޮޑުވަޒީރު އެޑުއާޑް ފިލިޕޭއާއި، ކުރީގެ ހެލްތު މިނިސްޓަރ އެގްނެސް ބަޒީންއާއި، އަދި  އެބޭފުޅާގެ ބަދަލުގައި އައްޔަން ކުރެއްވި އޮލީވިއާ ވެރަން އެވެ. މިތަހުގީގަކީ ކޯރޯނާ ވައިރަސް ކާރިސާ، މިނިސްޓްރީތަކުން މެނޭޖްކުރި ގޮތް ބެލުމަށް ނުވަތަ މެނޭޖް ނުކުރި ސަބަބު ހޯދުމަށް ހިންގާ ތަހުގީގެކެވެ. 

ކޯޓް އޮފް ޖަސްޓިސް އޮފް ދަ ރިޕަބްލިކް (ސީ.ޖޭ.އާރު) އިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ މިތަހުގީގު ކުރިއަށް ގެންދަނީ ވޭތުވެދިޔަ ހުކުރު ދުވަހު، ޝަކުވާ ބަލައިގަންނަ ކޮމިޝަނުން ނިންމި ނިންމުމެއްގެ މައްޗަށް ބިނާކޮށްވެ. ސަރުކާރާއި ދެކޮޅަށް ކޯޓް އޮފް ޖަސްޓިސް އޮފް ދަ ރިޕަބްލިކް (ސީ.ޖޭ.އާރު) އަށްވަނީ 90 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅާފައެވެ. އޭގެ ތެރެއިން 9 ޝަކުވާ ކޯޓަށް ހުށަހެޅޭވަރުވެއެވެ. 

ކޯޓް އޮފް ޖަސްޓިސް އޮފް ދަ ރިޕަބްލިކް (ސީ.ޖޭ.އާރު) އަކީ ސަރުކާރުގެ މެންބަރުންނާއިބެހޭ މައްސަލަތައްހުށަހެޅޭނެ ހަމައެކަނި  ކޯޓެވެ. ފިލިޕޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި އޭނާއާއި އޭނާގެ ސަރުކާރު އެކަމުގައި އެޅި ފިޔަވަޅުތައް އަޅަންޖެހުނުގޮތް އޮޅުންފިލުވައިދެއްވުމަށް ކޮމިޝަނަށް ދޭންޖެހޭ ޖަވާބާއި މަޢުލޫމާތު ދެއްވާނެއެވެ. ”.

ފަރަންސޭސިވިލާތުގައި ކޮވިޑު އެންމެބޮޑަށް ފެތުރެމުންދިޔައިރު ބަލިމަޑުކަމުގެ ކަންކަން މެނޭޖުކުރުމުގެ އެންމެ އިސްވެރިއެއްގެ ގޮތުން ހުންނެވި ފިލިޕޭ ވަނީ  ކުރީސަފުގައި މަސައްކަތްކުރާ ސިއްހީ ދާއިރާގެ މީހުންނަށް ބޭނުންވާ ޕާސަނަލް ޕްރޮޓެކްޓިވް އެކުއިޕްމެންޓާއި ސަރޖިކަލް މާސްކު އެކަށީގެންވާވަރަށް ނުހޯދުމުގެ އިލްޒާމުންފެށިގެން، ގަސްތުގައި މީހުން މެރުމުގެ ތުހުމަތުފަދަ ތުހުމަތުތައް ކުރެވި، ހޫނުފެނަށް ވެއްޓިފައެވެ. 

ހެލްތު މިނިސްޓްރީން ހާމަކުރި ހިސާބުތަކުން ދައްކާގޮތުނަް ފަރަންސޭސިވިލާތުގައިވަނީ 168،000 މީހުންނަށްވުރެ ގިނަމީހުންނަށް ކޮރޯނާ ވައިރަސް ޖެހި، މި ބަލިމަޑުކަމުގައި 29،920 މީހުން ވަނީ މަރުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް