މާލޭގައި މިރޭ 3 ވަނަ މާރާމާރީއެއް ހިންގައިފި

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގުމުގެ ތިން ވަނަ ހާދިސާއެއް މިރޭ ހިނގައިފިއެވެ. ބެލެވޭ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މެންދަމު 00:30 ހާއިރުއެވެ. މިހާދިސާ ހިނގާފައިވަނީ ވިލިމާލޭ ފެރީ ޓާމިނަލް ކައިރީގައެވެ. ސޯޝަލް މީޑިޔާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން މީހަކަށް ހަމަލާދީ، ލޭހޭކިފައި އޮތް ވަޅިއެެއް އެސަރަހައްދުން ފެނެއެވެ. އަދި މަގުމަތީގައިވެސް ލޭހުރި މަންޒަރުގެ އިތުރުން ސައިކަލެއް ވެއްޓިފައި އޮތް ތަން ފެނެއެވެ. މީގެ އިތުރުން އަސަރީ ގޯޅީގައިވެސް ތޫނު އެއްޗަކުން މީހެއްގެ ކަރަށް ހަމަލާދީ […]

ދުޢާއަކީ މި ވެކްސިނާއިއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިޔުން- ރައީސް ޞާލިޙް

ދުޢާއަކީ ހޯމަ ދުވަހު ޖަހަންފަށާ ވެކްސިނާއިއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިޔުމުގެ ތައުފީޤް މިންވަރު ކުރެއްވުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާލުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެެވެ. ރައީސް ސޯލިހްގެ ޓްވީޓުގައި، މިހަފްތާގެ ހޯމަ ދުވަހަކީ ރާއްޖޭގައި ވެކްސިން ޖަހަން ފަށާ ދުވަސްކަމުގައި ވަނީ ހާމަ ކުރައްވައިފައެވެ. އަދި މިކަމަށްޓަކާ ﷲމާތް އަށް ހަމްދާއި ޝުކުރުކުރާ ކަން ޓްވީޓުގައި ފާހަގަ ކުރައްވާފައި ވެއެވެ. މާދަމާ ރާއްޖޭގެ ހަ ތަނެއްގައި ވެކްސިން […]

ޕްރިމިއަރ ލީގް: ޔުނައިޓެޑާއި އާސެނަލްގެ ފޯރިގަދަ މެޗް އެއްވަރުވެގެން ނިމިއްޖެ

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި، އާސެނަލް ބައްދަލުކުރި މެޗް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ނިމިއްޖެއެވެ. މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، ޔުނައިޓެޑުގެ ފަރާތުން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފި ހާފް ނިމުނީ ގޯލެއް ކާމިޔާބު ނުކުރެވިއެވެ. ދެވަނަ ހާފް ފެށިގެން އައިއިރު އާސެނަލްއިން ވަނީ ކުޅުން ރަނގަޅުކޮށް، ގޯލަށް ނުރައްކާތެރި ހަމަލާތަކެއް […]

ހއ.ހޯރަފުށީގައި އައިސްޕްލާންޓެއް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ.ހޯރަފުށީގައި ޤާއިމުކުރަން ނިންމާފައިވާ އައިސްޕްލާންޓް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އިއްޔެ ހަވީރު މިފްކޯ ހެޑް އޮފީހުގައި ބޭއްވި މިރަސްމިއްޔާތުގައި، ހޯރަފުށީ ކައުންސިލްގެ މެންބަރުންނާއި އެރަށުގެ ބައެއް ރަށްވެހިން އޮންލައިންކޮށް ބައިވެރިވެފައި ވެއެވެ. މިމަޝްރޫޢަކީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް މޮޑަލްއަށް ކުރިޔަށް ގެންދަން ނިންމާފައިވާ މަޝްރޫޢަކަށް ވާއިރު، މި މަޝްރޫއަށް ޚަރަދުކުރަނީ ޗަމްޕާ ބްރަދަރސްގެ ފަރާތުންނެވެ. އިއްޔެ ބޭއްވި މިރަސްމިއްޔާތުގައި، މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އިސްމާއިލް ފައުޒީއެވެ. އަދި ޗަމްޕާ ބްރަދަރސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ […]

ކޯވިޑް19: ޕާޓީތަކާއި ހަފްލާތައް ބޭއްވުން މަނާކޮށް، މެންދަމު 12އިން ފެށިގެން މާލޭގައި ކާފިއު އިއުލާންކޮށްފި

ކޯވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެކަން ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރއިން އާއްމުކޮށް އިއުލާން ކޮށްފިއެވެ. މިގޮތުން މިފަހަރު ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައިވާއިރު ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ، އަނެއްކާވެސް ދަންވަރު 12އިން ފަތިހު 4 އަކަށް މާލޭގައި ކާފިއު އިއުލާނު ކުރުމެވެ. މިވަގުތުގައި ޚާއްސަ ހުއްދައަކާއި ނުލައި ބޭރުގައި އުޅުމަކީ މަނާ ކަމެކެވެ. މިއާއިއެކު ޕާޓީތަކާއި ޙަފްލާތައް ބާއްވަން ދިން ހުއްދަ އަނބުރާގެނެސް، މިފަދަ އެއްވުންތައް ބޭއްވުން އަނެއްކާވެސް […]

ޔުނައިޓެޑާއި ލިވަޕޫލްގެ ވާދަވެރި މެޗަކަށް ފަހު ލިވަޕޫލް އެފްއޭކަޕާ އަލްވަދާޢު ކިޔައިފި

އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ރޭ ލިވަޕޫލާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗް 3-2 ގެ ނަތީޖާއިން ޔުނައިޓެޑް ކާމިޔާބު ކޮށްފިއެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުން މިމެޗުން ލިވަޕޫލް ބަލިވުމާއިއެކު އެޓީމްވަނީ މުބާރާތާއި އަލްވަދާޢު ކިޔައިފައެވެ. މެޗްގައި ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީ ލިވަޕޫލްއިންނެވެ. މެޗްގެ 18 ވަނަ މިނިޓުގައި ޞަލާހް ކާމިޔާބު ކޮށްދިން މިގޯލަށް ފަހު 26 ވަނަ މިނިޓުގައި ގްރީންވޫޑްގެ ގޯލަކުން ޔުނައިޓެޑް ނަތީޖާ ހަމަހަމަ ކުރިއެވެ. ފުރަތަމަ ހާފް ނިމުނީ 1-1 […]

ދިވެހި ފައިސާގައި މުޅިން އަލަށް ޖަހާ ނިޝާން ފަރުމާ ކުރުމަށް ހުޅުވާލައިފި

ދިވެހި ފައިސާގައި ޖަހަން ޚާއްސަކޮށް ފަރުމާކުރެވޭ ނިޝާން، ނުވަތަ ”ކަރަންސީ ސިމްބޮލް“ ފަރުމާ ކުރުމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކޮށް ހުޅުވާލައިފިއެވެ. މިނިޝާން ފަރުމާ ކުރުމަށް އާއްމުންނަށް ހުޅުވާލާފައިވަނީ މުބާރާތެއްގެ ގޮތުގައެވެ. މީގެ ތެރެއިން އެންމެ މޮޅު ހުށަހެޅުމަކަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް އެމްއެމްއޭއިން ވަނީ ނިންމާފައެވެ. ނިޝާން ހުށަހެޅުމުގެ ސުންގަޑިއަކީ 21 ފެބްރުއަރީގެ 14:00 އެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް މެއިލް ކުރައްވާނީ [email protected] އަށެވެ. އަދި މި ލިންކުު […]

ސަރުކާރަށް، ”އޭއީޖީ“ގެ ތިން ސުވާލު.

އާންމުންގެ އެކުވެރި ގުޅުން ”އޭއީޖީ“ ނުވަތަ ކޮތަރު ކޮށި ޓީމްގެ ފަރާތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން މުހިންމު ތިން ސުވާލެއް ކުރިމަތި ކުރުވައިފިއެވެ. އޭއީޖީގެ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވާ، މިތިން ސުވާލު އަމާޒު ކޮށްފައިވަނީ ފްލެޓް ކޮމިޓީއާއި ބެހޭ ގޮތުންނެވެ. ”‏ފްލެޓް ކޮމެޓީގައި ތިބީ ކިތައް މެންބަރުންތޯ؟“ ”އެ ފަރާތްތަކުގެ ނަންތަކަކީ ކޮބައިތޯ؟ “ ”އެ މައުލޫމާތު ފެންނަން ހުރީ ކޮންތާކުތޯ؟“ ފްލެޓް ކޮމިޓީއަށް އޭއިޖީއިން ކޮށްފައި މިވާ ސުވާލުތަކަކީ ގިނަ ބައެއްގެ […]

ކޮޕާޑެލްރޭ: ބާސާ ދެވަނަ ބުރަށް ދަތުރު ކޮށްފި

ކޮޕާ ޑެލްރޭ ގައި ރޭ ބާސާއާއި ކޯނެއްލާ ބައްދަލު ކުރި މެޗް 2-0 ގެ ނަތީޖާއިން ބާސާ ކާމިޔާބުކޮށް، ’ރައުންޑް އޮފް 16‘ އަށް ބާސާ ދަތުރުކޮށްފިއެވެ. ރޭގެ މެޗްގައި ދެޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެެވެ. އެޓޭކް ކުރުމަށް ދެޓީމުންވެސް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މެޗްގެ ފުރިހަމަ ވަގުތު ހަމަވީ ދެޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. ފުރިހަމަ ވަގުތު ހަމަވުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ކުޅުން […]

2017 ވަނަ އަހަރަށް ފަހު ލިވަޕޫލް އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލިވަޕޫލާއި ބާންލީ ބައްދަލު ކުރި މެޗް 1-0ގެ ނަތީޖާއަކުން ބާންލީ ކާމިޔާބު ކޮށްފިއެވެ. ލިވަޕޫލްގެ މި ބައްޔާއިއެކު ހަތަރު އަހަރާއި ގާތަށް އަމިއްލަ ދަނޑު، އެންފީލްޑްގައި ބަލިނުވެ ދަމަހައްޓަމުން އައި ސިލްސިލާ މިވަނީ ނިމުމަމަކަށް އައިއްސައެވެ. ރޭގެ މެޗްގައި މުޅި މެޗްގެ ބޮޑުބައެއް ޑޮމިނޭޓް ކޮށްފައިވަނީ ލިވަޕޫލްއިންނެވެ. ލިވަޕޫލުން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފައެވެ. މިއާއި ޚިލާފަށް ބާންލޭ އިން މުޅި މެޗްގައި […]