މާލޭގައި މިރޭ 3 ވަނަ މާރާމާރީއެއް ހިންގައިފި

25

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގުމުގެ ތިން ވަނަ ހާދިސާއެއް މިރޭ ހިނގައިފިއެވެ. ބެލެވޭ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މެންދަމު 00:30 ހާއިރުއެވެ.

މިހާދިސާ ހިނގާފައިވަނީ ވިލިމާލޭ ފެރީ ޓާމިނަލް ކައިރީގައެވެ. ސޯޝަލް މީޑިޔާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން މީހަކަށް ހަމަލާދީ، ލޭހޭކިފައި އޮތް ވަޅިއެެއް އެސަރަހައްދުން ފެނެއެވެ. އަދި މަގުމަތީގައިވެސް ލޭހުރި މަންޒަރުގެ އިތުރުން ސައިކަލެއް ވެއްޓިފައި އޮތް ތަން ފެނެއެވެ.

މީގެ އިތުރުން އަސަރީ ގޯޅީގައިވެސް ތޫނު އެއްޗަކުން މީހެއްގެ ކަރަށް ހަމަލާދީ މާރާމާރީ ހިންގައިފާވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ