ޗެމްޕިއަންސް ލީގުގެ ތަށި ޗެލްސީއިން ދެވަނަ ފަހަރަށް އުފުލާލައިފި

ޔޫއެފާ ޗެމްޕިއަންސް ލީގް 2020/2021 ސީޒަންގެ ތަށި ޗެލްސީއިން އުފުލާލައިފިއެވެ. ޗެލްސީއިން ތަށި އުފުލާލައިފައި ވަނީ މެންޗެސްޓަރ ސިޓީއާއި ވާދަކޮށް 1-0ގެ ނަތީޖާއަކުން މެޗް ކާމިޔާބު ކޮށްގެންނެވެ. މިމެޗު ފެށިގެން އައިއިރު ޗެލްސީއިންވަނީ ގިނަ އެޓޭކް ތަކެއް ކޮށްފައެވެ. ސިޓީއަސް ޕްރެޝަރުކޮށް ކުރި އެޓޭކްތަކުގެ ނަތީޖާއެއް ނެރެވޭ ގޮތް ނުވެ ލިބުނު ފުރުސަތުތަށް އަތުން ދޫވިއެވެ. އެއަށްފަހު ސިޓީއިން ވެސް އެޓޭކްތަކެއް ކުރުމަށްފަހު ޗެލްސީއަށް ލިބުނު ފުރުސަތެއްގައި މެޗުގެ ހަމައެކެނި ގޯލް ކާމިޔާބު ކޮށްދިނީ 42 ވަނަ […]

އާރްވީ ސްޕޯޓްސްގެ ޢީދު ހޯރަ ވޮލީ ލީގް ޓީމް 3ޑީ އިން ކާމިޔާބު ކޮށްފި

އާރްވީ ސްޕޯޓްސްގެ ފަރާތުން ހއ.ހޯރަފުށީގައި ކުރިޔަށް ގެންދިޔަ ޢީދު ހޯރަ ވޮލީ ލީގު ޓީމް 3ޑީ އިން ކާމިޔާބު ކޮށްފިއެވެ. އެޓީމުން މުބާރާތް ކާމިޔާބު ކުރީ ހޯރަ އެއަރޕޯޓް ޓީމާއި ފައިނަލްގައި ވާދަކޮށްގެންނެވެ. އިއްޔެ ކުޅެވުނު މުބާރާތުގެ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީމް 3ޑީގެ އަހްމަދު މުހައްމަދެވެ. މިމުބާރާތުގައި ބައިވެރިވި ޒުވާން ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ވަނީ ހަނދާނީ ލިޔުން ދީފައެވެ. މި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ، ޒުވާން […]

ޔޫރޯ 2020ގެ ރާއްޖޭގެ އެކްސްކްލޫސިވް ބްރޯޑްކާސްޓަރަކަށް ރާއްޖެ ޓީވީ ހަމަޖެހިއްޖެ

އަންނަ މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފާ ޔޫރޯ 2020 ގެ ރާއްޖޭގެ އެކްސްކްލޫސިވް ބްރޯޑްކާސްޓަރަކަށް ރާއްޖެ ޓީވީ ހަމަޖެހިއްޖެއެވެ. މިކަންވަނީ ރާއްޖެ އެމްވީގެ ވެބްސައިޓުގައި ހާމަކޮށްފައެވެ. އެފަރާތުން ބުނެފައިވާ ގޮތުގައި މިކަމާއި ގުޅުންހުރި ހުރިހާ އެއްބަސްވުންތަކެއްގައި ހުސްވި ހަފްތާގެ ތެރޭގައި ވަނީ ސޮއިކޮށް ނިމިފައެވެ. ”ޔޫރަޕުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ޔޫރޯގެ އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ގަނެ، މުބާރާތުގެ ހުރިހާ މެޗެއް ރާއްޖެޓީވީން ދެއްކުމަށް ނިންމީ އިގުތިސޯދީ ގޮތުން މުޅި ރާއްޖެއަށްވެސް ނުހަނު ދަތި […]

ބެންގަލޫރު ޓީމު ރާއްޖެ ދޫކޮށް ދިޔުމަށް މަހުލޫފް ގޮވާލައްވައިފި

އޭއެފްސީ ކަޕުގެ މެޗެއް ކުޅުމަށް ރާއްޖެ އައި، އިންޑިޔާގެ ބެންގަލޫރު އެފްސީ ޓީމް ރާއްޖެ ދޫކޮށް ދިޔުމަށް ޔޫތް މިނިސްޓަރ އަހްމަދު މަހުލޫފް ގޮވާލައްވައިފިއެވެ. މަހުލޫފް މިހެން ވިދާޅުވެފައިވަނީ އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ. މަހުލޫފް މިހެން ވިދާޅުވެފައިވަނީ ބެންގަލޫރު ޓީމުން ހެލްތް ޕްރޮޓެކްޝަން އެެޖެންސީ އަދި އޭއެފްސީގެ ގައިޑްލައިންތަކާއި ޚިލާފުވެފައި ވާތީއެވެ. އެޓީމުގެ ކުޅުންތެރިން ތިބޭ ހޮޓަލުން ނިކުތުން މަނާ ކުރެވިފައި ވީ ނަމަވެސް މާލޭގެ މަގުމަތީގައި އެ ޓީމުގެ ބައެއް ކުޅުންތެރިން އުޅުނު ކަމަށް ރާއްޖޭގެ […]

ހަމަލާއާއި ގުޅިގެން ހޯދަމުން ދިޔަ މީހާ ހައްޔަރުކޮށްފި

ރައީސް ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮށްވާލައިގެން ދިން ހަމަލާއާއި ގުޅިގެން 3 ވަނަ މީހަކު ހައްޔަރު ކޮށްފިއެވެ. މިއަދު ހެނދުނު ހައްޔަރު ކުރެވުނު މިމީހާއަކީ މިމައްސަލާގައި ތުހުމަތު ކުރެވިގެން، އެމީހާ ހޯދުމަށް އާންމުންގެ އެހީއަށް އެދިފައިވާ މީހެކެވެ. ފުލުހުން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި ވަނީ މިމީހާގެ ފޮޓޯ އާންމުކޮށްފައެވެ. އަދި އެމީހާއަކީ މިމައްސަލާގައި ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ މީހެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. މިމީހާއަކީ މިމައްސަލައާއި ގުޅިގެން ހައްޔަރު ކުރެވުނު 3 ވަނަ […]

ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގައި ހައްޔަރު ކުރި ދެމީހުންގެ ވަނަވަރު ހާމަކޮށްފި

ރައީސް ނަޝީދަށް ހަމަލާދިން މައްސަލާގައި މިއަދު ހައްޔަރު ކުރި ދެމީހުންގެ ވަނަވަރު ފުލުހުން ހާމަ ކޮށްފިއެވެ. މި ދެމީހުންގެ އިތުރުން މިވަގުތު ޕާސަން އޮފް އިންޓެރެސްޓްގެ ގޮތުގައި ދެމީހަކު ހޯދަމުންދާކަމަށް ފުލުހުން ވަނީ މިއަދުގެ ޕްރެސް ކޮންފަރެންސްގައި ހާމަކޮށްފައެވެ. މީގެތެރެއިން އެކަކުގެ ފޮޓޯއެއް ވަނީ ފުލުހުން ހާމަކޮށް، އެމިހާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. މިއަދު މިހާތަނަށް މިމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މއ.ފޭރުގެ، މުޖާޒް އަހްމަދު(21) އާއި ގއ.ކޮނޑޭ ފޮޅޭމާ ތަހްމީން އަހްމަދު (32)އެވެ. މިދެމީހުންނަކީ ހަރުކަށި […]

ރޭ ދެވުނު ހަމަލާއަކީ ގަސްދުގައި ދީފައިވާ ހަމަލާއެއް: ފުލުހުން

ރައީސް ނަޝީދަށް އަމާޒުކޮށް ރޭ ދެވުނު ހަމަލާއަކީ ގަސްތުގައި ދެވުނު ހަމަލާއެއް ކަމަށް ރަސްމީކޮށް ފުލުހުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ މިއަދު މެންދުރު ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ. ފުލުހުން ވިދާޅުވި ގޮތުގައި ފުލުހުންގެ ކޮމާންޑް ސެންޓަރަށް މި ޙާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 20:36 ގައެވެ. އަދި 20:38 ގައި ފުލުހުންގެ ފަރސްޓް ރެސްޕޯންޑަރސް އެތަނަށް ގޮސްފައިވާ ކަމަށް ފުލުހުންގެ ފަރާތުން ވަނީ ހާމަކޮށްފައެވެ. ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި ރައީސް ނަޝީދުގެ އިތުރުން އިތުރު […]

ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް!

1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އޭޕްރީލް މަހުގެ 13 ވާ އަންގާރަ ދުވަސްކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒާހިރު ޢަލީ އިޢުލާން ކުރައްވައިފިއެވެ. މިނިސްޓަރ އެކަން އިޢުލާން ކުރައްވާފައިވަނީ ހަނދު ސާބިތުކުރުމަށްޓަކާ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ޖަލްސާގައެވެ. ހަނދު ސާބިތުކުރުމުގެ ބަޔާން އިއްވެވުމުގެ ކުރިން މިނިސްޓަރ ވަނީ ހަނދު ސާބިތުކުމަށްޓަކާ ކަނޑައަޅާފައިވާ ކޮމިޓީއާއި މަޝްވަރާ ކުރައްވާފައެވެ. މި ކޮމިޓީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް އަލީ […]

ދެދުވަހުގެ ތެރޭގައި ހޯރަފުށީގެ 4 މަޝްރޫޢެއްގެ ފެށުން!

ހިނގަމުންމިދާ އޭޕްެރިލް މަހުގެ 7 އަދި 8 ވަނަ ދުވަހު ހއ.ހޯރަފުށީގައި ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް އިފްތިތާހު ކުރެވިގެން ހިނގައްޖެއެވެ. އެގޮތުން އިއްޔެ ވަނީ ހއ.ހޯރަފުށީ ފެރީ ޓާމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ވެސް ބާއްވައިފައެވެ. މި ދެ މަޝްރޫއަކީވެސް އެމްޓީސީސީއިން ކުރިޔަށް ގެންދާ މަޝްރޫޢުތަކެއް ކަން ފާހަގަ ކޮށްލެވެއެވެ. މިރަސްމިއްޔާތުތަކުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި ރަށު ކައުންސިލްގެ މެންބަރުންނާއި ހޯރަފުށީ ދާއިރާގެ މެމްބަރު […]

ޔޫސީއެލް: ބަޔާން ބަލިކޮށް ޕީއެސްޖީއަށް އުނދަގޫ މޮޅެއް!

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގައި ރޭ ޕީއެސްޖީއާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗް 3-2ގެ ނަތީޖާއިން ޕީއެސްޖީ ކާމިޔާބު ކޮށްފިއެވެ. މެޗްގެ ފުރަތަމަ ހާފްގައި ޕީއެސްޖީއިން ވަނީ ދެގޯލުގެ ލީޑެއް ނަގައިފައެވެ. ޕީއެސްޖީއަށް ގޯލް ހުޅުވާލަދިނީ މެޗްގެ 3 ވަނަ މިނިޓުގައި ކައިލިއާން އެމްބާޕޭ އެވެ. އެއަށް ފަހު 28 ވަނަ މިނިޓުގައި ލީޑް ފުޅާކޮށްދިނީ މާކުއިނޯޒްގެ ގޯލަކުންނެވެ. ނަމަވެސް ބަޔާނުން ވަނީ ހާފް ނިމުމުގެ ކުރިން ގޯލެއް ކާމިޔާބުކޮށް ލީޑް ހަނިކޮށްފައެވެ. […]