ޔޫރޯ 2020ގެ ރާއްޖޭގެ އެކްސްކްލޫސިވް ބްރޯޑްކާސްޓަރަކަށް ރާއްޖެ ޓީވީ ހަމަޖެހިއްޖެ

Loading

Facebook
Twitter
WhatsApp

އަންނަ މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފާ ޔޫރޯ 2020 ގެ ރާއްޖޭގެ އެކްސްކްލޫސިވް ބްރޯޑްކާސްޓަރަކަށް ރާއްޖެ ޓީވީ ހަމަޖެހިއްޖެއެވެ. މިކަންވަނީ ރާއްޖެ އެމްވީގެ ވެބްސައިޓުގައި ހާމަކޮށްފައެވެ.

އެފަރާތުން ބުނެފައިވާ ގޮތުގައި މިކަމާއި ގުޅުންހުރި ހުރިހާ އެއްބަސްވުންތަކެއްގައި ހުސްވި ހަފްތާގެ ތެރޭގައި ވަނީ ސޮއިކޮށް ނިމިފައެވެ. ”ޔޫރަޕުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ޔޫރޯގެ އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ގަނެ، މުބާރާތުގެ ހުރިހާ މެޗެއް ރާއްޖެޓީވީން ދެއްކުމަށް ނިންމީ އިގުތިސޯދީ ގޮތުން މުޅި ރާއްޖެއަށްވެސް ނުހަނު ދަތި ދަނޑިވަޅެއްގައެވެ. މި ނިންމުން ނިންމީ ރާއްޖެޓީވީން ކުޅިވަރު ކުރިއެރުވުމަށް ދޭ ސަމާލު ކަމުގެ ސަބަބުންނާއި މި ހާލަތަކީ ގިނަ ބަޔަކު ގެއިން ބޭރަށް ނުނިކުމެވި ގޭގައި ތިބެން ޖެހިފައިވާ ހާލަތަކަށް ވުމުން މުބާރާތުގެ މެޗުތަކާއި އަދި މެޗުތަކާއި ގުޅޭ ގޮތުން ދިވެހި އެނަލިސްޓުން ގެނެސްދެއްވާ މައުލޫމާތުތަކާއި އަދިވެސް މުބާރާތާއި ގުޅޭ އެހެނިހެން ކަންކަން ގޭގައި ތިއްބަވައިގެން ފަސޭހަކަމާއި އެކު ބެލޭނެ އިންތިޒާމު ދިވެހި ރައްޔިތުންނަށް ހަމަޖައްސައިދިނުމުގެ ގޮތުންނެވެ.“ ރާއްޖެ އެމްވީގެ ވެބްސައިޓުގައި ޝާއިއު ކޮށްފައިވާ ޚަބަރެއްގައި ވެއެވެ.

ޔޫރޯ 2020 ގައި ވާދަކުރަނީ 24 ގައުމަކުންނެވެ. މިމުބާރާތުގައި ޖުމްލަ 51 މެޗް ކުޅޭނެއެވެ. މުބާރާތް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ޖޫން މަހުގެ 11 ވަނަ ދުވަހުން ޖުލައި 11 ވަަނަ ދުވަހުގެ ނިޔަލަށެވެ.

ޔޫރޯ އަކީ ޔޫރަޕްގައި ކުޅެވޭ އެންމެ ބޮޑު އެއް މުބާރާތެވެ. މިމުބާރާތަކީ ގިނަ ދިވެހިންތަކެއް ވެސް އިންތިޒާރު ކުރާ މުބާރާތެއް މެއެވެ. 2020 ވަނަ އަހަރު ބާއްވަން ކުރިން ހަމަޖެހިފައި އޮތް މި މުބާރާތް ލަސްކުރީ ކޯވިޑްގެ ބަލިމަޑުކަން މުޅި ދުނިޔޭގައި ފެތުރެމުން ދިޔުމުގެ ސަބަބުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް