ހަމަލާއާއި ގުޅިގެން ހޯދަމުން ދިޔަ މީހާ ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ރައީސް ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮށްވާލައިގެން ދިން ހަމަލާއާއި ގުޅިގެން 3 ވަނަ މީހަކު ހައްޔަރު ކޮށްފިއެވެ.

މިއަދު ހެނދުނު ހައްޔަރު ކުރެވުނު މިމީހާއަކީ މިމައްސަލާގައި ތުހުމަތު ކުރެވިގެން، އެމީހާ ހޯދުމަށް އާންމުންގެ އެހީއަށް އެދިފައިވާ މީހެކެވެ. ފުލުހުން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި ވަނީ މިމީހާގެ ފޮޓޯ އާންމުކޮށްފައެވެ. އަދި އެމީހާއަކީ މިމައްސަލާގައި ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ މީހެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މިމީހާއަކީ މިމައްސަލައާއި ގުޅިގެން ހައްޔަރު ކުރެވުނު 3 ވަނަ މީހާއެވެ. މިމީހާގެ އިތުރުން އިއްޔެ ވަނީ ދެމީހަކު ހައްޔަރުކޮށް، އެމީހުންގެ ވަނަވަރު ހާމަކޮށްފައެވެ. އޭގެ ތެރެއިން އެކަކަކީ ގޮއްވާލި ސައިކަލުގެ ވެރި ފަރާތެވެ.

މިމައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ ހަތަރު ފަރާތެއް ވާކަމަށް ފުލުހުން ބުނި ނަމަވެސް، 4 ވަނަ މީހާގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިމައްސަލައާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތެއް ހުރި ނަމަ 9704000 މި ނަންބަރަށް ގުޅުއްވާ މައުލޫމާތު ހިއސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މީގެ އިތުރުން

https://u.police.mv/evidence މި ލިންކް މެދުވެރިކޮށް ވެސް މަޢުލޫމާތު ހިއްސާ ކުރެވޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް