ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް!

Loading

Facebook
Twitter
WhatsApp

1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އޭޕްރީލް މަހުގެ 13 ވާ އަންގާރަ ދުވަސްކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒާހިރު ޢަލީ އިޢުލާން ކުރައްވައިފިއެވެ. މިނިސްޓަރ އެކަން އިޢުލާން ކުރައްވާފައިވަނީ ހަނދު ސާބިތުކުރުމަށްޓަކާ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ޖަލްސާގައެވެ.

ހަނދު ސާބިތުކުރުމުގެ ބަޔާން އިއްވެވުމުގެ ކުރިން މިނިސްޓަރ ވަނީ ހަނދު ސާބިތުކުމަށްޓަކާ ކަނޑައަޅާފައިވާ ކޮމިޓީއާއި މަޝްވަރާ ކުރައްވާފައެވެ. މި ކޮމިޓީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް އަލީ ރަޝީދު ހުސައިންގެ އިތުރުން އިތުރު ބައެއް ފަލަކީ ޢިލްމުވެރިންނާއި ދީނީ ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ.

ކޮމިޓީ ބައްދަލުވުމުގައި ދެކެވުނު ބައެއް ވާހަކަތަކުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ރަށަކަށްވެސް އިރުއޮއްސުމުގެ 20-26 މިނިޓް ކުރިން ހަނދު އޮއްސުނުކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކަށްވެސް އިރު އޮށްސުމުގެ 5މިނިޓާއި 40 މިނިޓާއި ދޭތެރޭގެ ވަގުތެއް ކުރިން ހަނދު އޮއްސިފައިވާކަން ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ބައެއް ފަލަކީ ޢިލްމުވެރިން ފާހަގަ ކުރެއްވިއެވެ. ފަލަކީ ގޮތުން ބަލާއިރު ހަނދު ދުނިޔެ ވަށާ ޖަހަމުންދާ ބުރު ފުރިހަމަކޮށް އައު ބުރަކަށް ފަށާނީ 19:31 ގައި ކަމަށް ޢިލްމުވެރިން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ފަލަކީ ގޮތުން ރަމަޟާން މަސް ފެށޭނީ މާދަމާ ރޭ 19:31 ގައެވެ.

މިނިސްޓަރގެ ބަޔާން ނިންމަވާލައްވަމުން ރޯދައިގެ އަޅުކަމަށް ފަރުވާތެރިވުމަށާއި ހެޔޮ ޢަމަލުތައް ގިނަ ކުރެއްވުމަށް އިލްތިމާސް ކުރައްވާފައިވެއެވެ.

Loading

2 Responses

    1. ދޮގެންނޫން. މިޒަމާނަކީ ފިތަކަށް އޮބާލުމުން ހަނދާ އިރާ ދުނިޔެ އެވަގުތަކު ހުންނަތަން އެނގޭ ދުވަސްވަރު. ﷲގެ ރަޙުމަތުން ޢިލްމުފެތުރެމުންގޮސް އިންސާނުން ވަނީ ކުރިހޯދާފަ. ދެން ހަމަ ސަންގުފުމެގެން އެއްރަށުގެ އަތިރިމަތީގައި ހުޅުޖަހައިގެން ހަނދުފެނިއްޖެކަން އަންގާކަށް ނުޖެހޭނެ. ސީދާ ހަނދުވެސް ކޮންމެ ގައުމަކަށް އެދުވަހެއްގެ އިރުއޮއްސޭއިރު ހުންނާނެ ތަން ފެނޭ ނުފެނޭ 100% ގައިމުކޮށް އެނގެއެވެ. ވީމާ ދެން މާގޮތްދައްކަން ބޮޑު ޖަލްސާބާވައި ހަނދު ފެނުނުތޯ ނުފެނޭތޯ ބައިބޯ ސައްލާކުރާކަށް ނުޖެހޭނެ ނޫންތޯއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް