ޗެމްޕިއަންސް ލީގުގެ ތަށި ޗެލްސީއިން ދެވަނަ ފަހަރަށް އުފުލާލައިފި

Loading

Facebook
Twitter
WhatsApp

ޔޫއެފާ ޗެމްޕިއަންސް ލީގް 2020/2021 ސީޒަންގެ ތަށި ޗެލްސީއިން އުފުލާލައިފިއެވެ. ޗެލްސީއިން ތަށި އުފުލާލައިފައި ވަނީ މެންޗެސްޓަރ ސިޓީއާއި ވާދަކޮށް 1-0ގެ ނަތީޖާއަކުން މެޗް ކާމިޔާބު ކޮށްގެންނެވެ.

މިމެޗު ފެށިގެން އައިއިރު ޗެލްސީއިންވަނީ ގިނަ އެޓޭކް ތަކެއް ކޮށްފައެވެ. ސިޓީއަސް ޕްރެޝަރުކޮށް ކުރި އެޓޭކްތަކުގެ ނަތީޖާއެއް ނެރެވޭ ގޮތް ނުވެ ލިބުނު ފުރުސަތުތަށް އަތުން ދޫވިއެވެ. އެއަށްފަހު ސިޓީއިން ވެސް އެޓޭކްތަކެއް ކުރުމަށްފަހު ޗެލްސީއަށް ލިބުނު ފުރުސަތެއްގައި މެޗުގެ ހަމައެކެނި ގޯލް ކާމިޔާބު ކޮށްދިނީ 42 ވަނަ މިނިޓުގައި ހަވާޓްޒް އެވެ. އެ ގޯލް އޭނާ ކާމިޔާބުކުރީ ތްރޫ ޕާހެއްގެ ބޭނުންހިފާ، ކީޕަރ ބޯޅަޔަށް ނިކުތުމުން ކީޕަރ ކައިރިން ނައްޓާލުމަށްފަހު މުޅިން ހުސްކޮށް ހުރެ ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ.

ދެވަނަ ހާފްގައި ޗެލްސީގެ ފަރާތުން ފެނުނީ ޑިފެންސިވް ކުޅުމެކެވެ. އަދި ސިޓީއިން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް އެ އެޓޭކްތައް ވަނީ ނާކާމިޔާބު ވެފައެވެ. މި މެޗުގައި މޮޅު ކުޅުމެއް ދައްކާ މޭން އޮފް ދަ މެޗްގެ މަގާމް ހާސިލް ކުރީ، އެންގޯލޯ ކާންޓޭއެވެ. ކާންޓޭ ވަނީ މި ސީޒަނުގައި ތަފާތު ކުޅުމެއް ދައްކައިފައެވެ.

ޗެލްސީ މީގެ ކުރިން 2012 ވަނަ އަހަރުވެސް ވަނީ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފައެވެ. އެ ފައިނަލް މެޗަކީ ވެސް ތާރީޚުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު މެޗެކެވެ. ބަޔާންގެ ތޯމަސް މުލަރ އަދި ޗެލްސީގެ ޑިޑިޔާ ޑްރޮގްބާގެ ގޯލުތަކުން 1-1 އިން އެއްވަރުވެ، ޗެލްސީ އެމެޗުން މޮޅުވީ، ޕެނަލްޓީގައި 4-3 އަކުންނެވެ. މިއަދު އަލުން ތާރީޚު އިޔާދަވީ ޗެލްސީގެ ފޭނުންނަށް އުފާވެރި ހަނދާންތަށް އާކޮށްދެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް