ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގައި ހައްޔަރު ކުރި ދެމީހުންގެ ވަނަވަރު ހާމަކޮށްފި

Loading

Facebook
Twitter
WhatsApp

ރައީސް ނަޝީދަށް ހަމަލާދިން މައްސަލާގައި މިއަދު ހައްޔަރު ކުރި ދެމީހުންގެ ވަނަވަރު ފުލުހުން ހާމަ ކޮށްފިއެވެ.

މި ދެމީހުންގެ އިތުރުން މިވަގުތު ޕާސަން އޮފް އިންޓެރެސްޓްގެ ގޮތުގައި ދެމީހަކު ހޯދަމުންދާކަމަށް ފުލުހުން ވަނީ މިއަދުގެ ޕްރެސް ކޮންފަރެންސްގައި ހާމަކޮށްފައެވެ. މީގެތެރެއިން އެކަކުގެ ފޮޓޯއެއް ވަނީ ފުލުހުން ހާމަކޮށް، އެމިހާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

މިއަދު މިހާތަނަށް މިމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މއ.ފޭރުގެ، މުޖާޒް އަހްމަދު(21) އާއި ގއ.ކޮނޑޭ ފޮޅޭމާ ތަހްމީން އަހްމަދު (32)އެވެ.

މިދެމީހުންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ބެލެވޭ ކަމަށް ފުލުހުންވަނީ ބުނެފައެވެ. އަދި މިދެމީހުން ހައްޔަރު ކުރީ ކޮންތަނަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް