އާރްވީ ސްޕޯޓްސްގެ ޢީދު ހޯރަ ވޮލީ ލީގް ޓީމް 3ޑީ އިން ކާމިޔާބު ކޮށްފި

Loading

Facebook
Twitter
WhatsApp

އާރްވީ ސްޕޯޓްސްގެ ފަރާތުން ހއ.ހޯރަފުށީގައި ކުރިޔަށް ގެންދިޔަ ޢީދު ހޯރަ ވޮލީ ލީގު ޓީމް 3ޑީ އިން ކާމިޔާބު ކޮށްފިއެވެ. އެޓީމުން މުބާރާތް ކާމިޔާބު ކުރީ ހޯރަ އެއަރޕޯޓް ޓީމާއި ފައިނަލްގައި ވާދަކޮށްގެންނެވެ.

އިއްޔެ ކުޅެވުނު މުބާރާތުގެ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީމް 3ޑީގެ އަހްމަދު މުހައްމަދެވެ. މިމުބާރާތުގައި ބައިވެރިވި ޒުވާން ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ވަނީ ހަނދާނީ ލިޔުން ދީފައެވެ. މި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ، ޒުވާން ކުޅުންތެރިޔާ މޫސާ ޝިޔާމެވެ.

މީގެ އިތުރުން މުޅި މުބާރާތުން އެންމެ މޮޅު ހަ ކުޅުންތެރިންނަށް ވަނީ އިއްޔެ ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި އިނާމު ދީފައެވެ. އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވިފައިވަނީ:

އަހްމަދު މުހައްމަދު (3ޑީ)

އަހްމަދު އީމާން (ހޯރަ އެއަރޕޯޓް)

މުހައްމަދު ލިއުޝާދް (3ޑީ)

އިބްރާހިމް އާމިރު (ބަދަހި 6)

އަހްމަދު ފަޔާޒް (ހޯރަ އެއަރޕޯޓް)

ޢަބްދުއްލާ ރައުފާން މުޙައްމަދު (ހޯރަ އެއަރޕޯޓް)

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ހޮވިފައިވަނީ ޓީމް 3ޑީގެ ކޯޗް އަހްމަދު އަސްލަމެވެ.

މިމުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިވީ ފަރާތްތަކަށް ވަނީ އާރްވީ ސްޕޯޓްސް ގެ ފަރާތުން ވަރަށް ޚާއްސަ ޝުކުރެއް އަދާ ކޮށްފައެވެ. އޭގެ ތެރޭގައި ދަންމަރު ޔުނައިޓެޑާއި، ޖީއެސް ޔުނައިޓެޑް، ފްރިގޭޓަރ، 22އެސްސީ، ހޯރަފުށީ ކައުންސިލް އަދި ކޮމިއުނިޓީ ސެންޓަރ ގެ ނަން އެފަރާތުން ފާހަގަ ކޮށްފައިވެއެވެ.

މިމުބާރާތަކީ ވަރަށް ގިނަ ސްޕޮންސަރުންގެ އެހީއާއިއެކު ކުރިޔަށް ގެންދެވުނު މުބާރާތެކެވެ. އޭގެ ތެރޭގައި އޭޒެޑް މާޓް، ހޯމް ޕްލަސް، އާސަމް ޕްލަސް، ޒެރޮކްސް ފިކްސް އަދި ޝައިން އިންޖިނިއަރިންގގެ ފަރާތުން ލިބުނު އެހީތެެރިކަން އާރްވީ ސްޕޯޓްސް އިން ފާހަގަކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް