ބެންގަލޫރު ޓީމު ރާއްޖެ ދޫކޮށް ދިޔުމަށް މަހުލޫފް ގޮވާލައްވައިފި

Loading

Facebook
Twitter
WhatsApp

އޭއެފްސީ ކަޕުގެ މެޗެއް ކުޅުމަށް ރާއްޖެ އައި، އިންޑިޔާގެ ބެންގަލޫރު އެފްސީ ޓީމް ރާއްޖެ ދޫކޮށް ދިޔުމަށް ޔޫތް މިނިސްޓަރ އަހްމަދު މަހުލޫފް ގޮވާލައްވައިފިއެވެ. މަހުލޫފް މިހެން ވިދާޅުވެފައިވަނީ އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.

މަހުލޫފް މިހެން ވިދާޅުވެފައިވަނީ ބެންގަލޫރު ޓީމުން ހެލްތް ޕްރޮޓެކްޝަން އެެޖެންސީ އަދި އޭއެފްސީގެ ގައިޑްލައިންތަކާއި ޚިލާފުވެފައި ވާތީއެވެ. އެޓީމުގެ ކުޅުންތެރިން ތިބޭ ހޮޓަލުން ނިކުތުން މަނާ ކުރެވިފައި ވީ ނަމަވެސް މާލޭގެ މަގުމަތީގައި އެ ޓީމުގެ ބައެއް ކުޅުންތެރިން އުޅުނު ކަމަށް ރާއްޖޭގެ ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މަހުލޫފް އިތުރަށް ކުރެއްވި ޓްވީޓެއްގައި، މިމެޗް ރާއްޖޭގައި ނުބޭއްވޭނެ ކަމަށް އެފްއޭއެމް އަށް އަންގާފައިވާ ކަން ވަނީ ހާމަ ކުރައްވާފައެވެ. އަދި ގްރޫޕް ސްޓޭޖްގެ މިމެޗްތައް ފަސްކުރުމަށް އޭއެފްސީއާއި މަޝްވަރާ ކުރައްވާނެކަމަށް މަހުލޫފް ފާހަގަ ކުރެއްވިއެވެ.

ބެންގަލޫރު ޓީމް އަނބުރާ ފޮނުވާލުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ކަންކަން ކުރިޔަށްދާ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

https://twitter.com/AhmedMahloof/status/1391115943669944321?s=19

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް