ކޯވިޑް19: ޕާޓީތަކާއި ހަފްލާތައް ބޭއްވުން މަނާކޮށް، މެންދަމު 12އިން ފެށިގެން މާލޭގައި ކާފިއު އިއުލާންކޮށްފި

Loading

Facebook
Twitter
WhatsApp

ކޯވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެކަން ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރއިން އާއްމުކޮށް އިއުލާން ކޮށްފިއެވެ.

މިގޮތުން މިފަހަރު ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައިވާއިރު ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ، އަނެއްކާވެސް ދަންވަރު 12އިން ފަތިހު 4 އަކަށް މާލޭގައި ކާފިއު އިއުލާނު ކުރުމެވެ. މިވަގުތުގައި ޚާއްސަ ހުއްދައަކާއި ނުލައި ބޭރުގައި އުޅުމަކީ މަނާ ކަމެކެވެ.

މިއާއިއެކު ޕާޓީތަކާއި ޙަފްލާތައް ބާއްވަން ދިން ހުއްދަ އަނބުރާގެނެސް، މިފަދަ އެއްވުންތައް ބޭއްވުން އަނެއްކާވެސް މިވަނީ މަނާކޮށްފައެވެ. އަދި ހަމައެއާއިއެކު ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް 10 ދުވަހަށް ކަރަންޓީނު ވާންޖެހޭނެ ކަމަށް ވެސް ވަނީ އަންގާފައެވެ.

ކޯވިޑްގެ ކޭސްތައް އަނެއްކާވެސް އިތުރުވެފައިވާއިރު، މިއަދު އެކަނިވެސް 145 ފަރާތެއް ބައްޔަށް ފައްސިވެފައި ވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް