2017 ވަނަ އަހަރަށް ފަހު ލިވަޕޫލް އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ބަލިވެއްޖެ

Loading

Facebook
Twitter
WhatsApp

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލިވަޕޫލާއި ބާންލީ ބައްދަލު ކުރި މެޗް 1-0ގެ ނަތީޖާއަކުން ބާންލީ ކާމިޔާބު ކޮށްފިއެވެ. ލިވަޕޫލްގެ މި ބައްޔާއިއެކު ހަތަރު އަހަރާއި ގާތަށް އަމިއްލަ ދަނޑު، އެންފީލްޑްގައި ބަލިނުވެ ދަމަހައްޓަމުން އައި ސިލްސިލާ މިވަނީ ނިމުމަމަކަށް އައިއްސައެވެ.

ރޭގެ މެޗްގައި މުޅި މެޗްގެ ބޮޑުބައެއް ޑޮމިނޭޓް ކޮށްފައިވަނީ ލިވަޕޫލްއިންނެވެ. ލިވަޕޫލުން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފައެވެ. މިއާއި ޚިލާފަށް ބާންލޭ އިން މުޅި މެޗްގައި ކުޅެފައިވަނީ ޑިފެންސިވް ކުޅުމެކެވެ.

މެޗްގައި ފެނިގެން ދިޔަ ހަމައެކެނި ގޯލް މެޗް ނިމެން ކުޑަ ވަޤުތު ކޮޅަކަށް ވެފައި ވަނިކޮށް، 83 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ބާނެސްއެވެ. މި ގޯލް ކާމިޔާބު ކޮށްފައިވަނީ އެޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ ލިބިފައިވަނީ ބާންލޭގެ ކައުންޓާ އެޓޭކެއްގެ ތެރެއިން ލިވަޕޫލްގެ ކީޕަރަށް ކުރެވުނު ފައުލަކާއި ގުޅިގެންނެވެ.

މިމެޗަށް ފަހު ލިވަޕޫލް މިހާރު އޮތީ 34 ޕޮއިންޓާއި އެކު ލީގް ޓޭބަލްގެ 4 ވަނައިގައެވެ. 3 ވަނައިގައި ލެއިސްޓަރ ސިޓީ އަދި 2 ވަނައިގައި މެންޗެސްޓަރ ސިޓީ 38 ޕޮއިންޓާއިއެކު އޮތްއިރު، އެއްވަނައިގައި 40 ޕޮއިންޓާއި އެކު މިވަގުތު އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް