ހއ.ހޯރަފުށީގައި އައިސްޕްލާންޓެއް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

Loading

Facebook
Twitter
WhatsApp

ހއ.ހޯރަފުށީގައި ޤާއިމުކުރަން ނިންމާފައިވާ އައިސްޕްލާންޓް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އިއްޔެ ހަވީރު މިފްކޯ ހެޑް އޮފީހުގައި ބޭއްވި މިރަސްމިއްޔާތުގައި، ހޯރަފުށީ ކައުންސިލްގެ މެންބަރުންނާއި އެރަށުގެ ބައެއް ރަށްވެހިން އޮންލައިންކޮށް ބައިވެރިވެފައި ވެއެވެ.

މިމަޝްރޫޢަކީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް މޮޑަލްއަށް ކުރިޔަށް ގެންދަން ނިންމާފައިވާ މަޝްރޫޢަކަށް ވާއިރު، މި މަޝްރޫއަށް ޚަރަދުކުރަނީ ޗަމްޕާ ބްރަދަރސްގެ ފަރާތުންނެވެ.

އިއްޔެ ބޭއްވި މިރަސްމިއްޔާތުގައި، މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އިސްމާއިލް ފައުޒީއެވެ. އަދި ޗަމްޕާ ބްރަދަރސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ސާރާ މުޙައްމަދެވެ.

ހޯރަފުށީގައި ޤާއިމުކުރާ އައިސްޕްލާންޓުގެ މަސައްކަތް ފަށާތާ 8 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލުމަލީ އަމާޒެއް ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މިއަހަރު ތެރޭގައި 13 ރަށެއްގައި އައިސް ޕްލާންޓް ޤާއިމުކުރަން ފިޝަރީޒް މިނިސްޓަރީއިން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހއ.ދިއްދޫ، ހއ.ހޯރަފުށި، ށ.ކޮމަންޑޫ، ރ.މަޑުއްވަރީ، ކ.ގާފަރު، ފ.ފީއަލި، މ.މުލައް، ދ.ކުޑަހުވަދޫ، ގއ.ގެމަނަފުށި، ލ.މާމެންދޫ، އދ.މަހިބަދޫ، އއ.ރަސްދޫ އަދި ގދ.ފިޔޮރީ ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް