ދުޢާއަކީ މި ވެކްސިނާއިއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިޔުން- ރައީސް ޞާލިޙް

Loading

Facebook
Twitter
WhatsApp

ދުޢާއަކީ ހޯމަ ދުވަހު ޖަހަންފަށާ ވެކްސިނާއިއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިޔުމުގެ ތައުފީޤް މިންވަރު ކުރެއްވުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާލުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެެވެ.

ރައީސް ސޯލިހްގެ ޓްވީޓުގައި، މިހަފްތާގެ ހޯމަ ދުވަހަކީ ރާއްޖޭގައި ވެކްސިން ޖަހަން ފަށާ ދުވަސްކަމުގައި ވަނީ ހާމަ ކުރައްވައިފައެވެ. އަދި މިކަމަށްޓަކާ ﷲމާތް އަށް ހަމްދާއި ޝުކުރުކުރާ ކަން ޓްވީޓުގައި ފާހަގަ ކުރައްވާފައި ވެއެވެ.

މާދަމާ ރާއްޖޭގެ ހަ ތަނެއްގައި ވެކްސިން ޖަހަން ފަށަން ވަނީ ހަމަޖެހިފައެވެ. އެއީ އައިޖީއެމްއެޗް، އޭޑީކޭ، ހުޅުމާލެ ހޮސްޕިޓަލް، ސެނެހިޔާ، ކުޅުދުއްދުށީ ރީޖަނަލް ހޮސްޕިޓަލް، އަދި އައްޑޫ އިކުއޮޓޯރިއަލް ހޮސްޕިޓަލެވެ.

ވެކްސިން ޖަހަން ފަށަން ހަމަޖެހިފައި ވާއިރު، ވެކްސިންގެ ރައްކާތެރިކަމާއި މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ވެކްސިން ރާއްޖެ ގެނައިއިރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވެކްސިން ޖަހަން ހުއްދަ ނުދޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވަނީ ހާމަ ކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް