ޔުނައިޓެޑާއި ލިވަޕޫލްގެ ވާދަވެރި މެޗަކަށް ފަހު ލިވަޕޫލް އެފްއޭކަޕާ އަލްވަދާޢު ކިޔައިފި

Loading

Facebook
Twitter
WhatsApp

އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ރޭ ލިވަޕޫލާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗް 3-2 ގެ ނަތީޖާއިން ޔުނައިޓެޑް ކާމިޔާބު ކޮށްފިއެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުން މިމެޗުން ލިވަޕޫލް ބަލިވުމާއިއެކު އެޓީމްވަނީ މުބާރާތާއި އަލްވަދާޢު ކިޔައިފައެވެ.

މެޗްގައި ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީ ލިވަޕޫލްއިންނެވެ. މެޗްގެ 18 ވަނަ މިނިޓުގައި ޞަލާހް ކާމިޔާބު ކޮށްދިން މިގޯލަށް ފަހު 26 ވަނަ މިނިޓުގައި ގްރީންވޫޑްގެ ގޯލަކުން ޔުނައިޓެޑް ނަތީޖާ ހަމަހަމަ ކުރިއެވެ. ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރު ވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ފުރަތަމަ ލީޑް ނެގީ 48 ވަނަ މިނިޓުގައި މާކަސް ރަޝްފޯޑްގެ ގޯލާއިއެކު ޔުނައިޓެޑުންނެވެ. ނަމަވެސް އަނެއްކާވެސް ލިވަޕޫލުން ގިނަ ހަމަލާތަކެއް އުފައްދާ، ސަލާހްގެ ގޯލަކާއިއެކު ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗްގެ ނަތީޖާ އަނބުރާލީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ނިކުތް ބްރޫނޯ ފާނަންޑޭޒް، 78 ވަނަ މިނިޓުގައި އޭރިޔާއާއި ކައިރިން ލިބުން ހިލޭޖެހުން ގޯލުގެ ތެރެއަށް ވަރަށް ރީތިކޮށް ފޮނުވާލައިގެންނެވެ.

މިނަތީޖާއާއިއެކު ޔުނައިޓެޑުގެ ފޭނުންނަށް އިތުރު ހިތް ހަމަހުމެއް ލިބިފައި ވާއިރު، ޔުނައިޓެޑް މިވަގުތު އޮތީ އިނގިރޭސި ޕްރިމިއަރ ލީގުގެވެސް ތާވަލްގެ އެއްވަނައިގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް