ސަރުކާރަށް، "އޭއީޖީ"ގެ ތިން ސުވާލު.

Loading

Facebook
Twitter
WhatsApp

އާންމުންގެ އެކުވެރި ގުޅުން ”އޭއީޖީ“ ނުވަތަ ކޮތަރު ކޮށި ޓީމްގެ ފަރާތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން މުހިންމު ތިން ސުވާލެއް ކުރިމަތި ކުރުވައިފިއެވެ.

އޭއީޖީގެ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވާ، މިތިން ސުވާލު އަމާޒު ކޮށްފައިވަނީ ފްލެޓް ކޮމިޓީއާއި ބެހޭ ގޮތުންނެވެ.

”‏ފްލެޓް ކޮމެޓީގައި ތިބީ ކިތައް މެންބަރުންތޯ؟“

”އެ ފަރާތްތަކުގެ ނަންތަކަކީ ކޮބައިތޯ؟ “

”އެ މައުލޫމާތު ފެންނަން ހުރީ ކޮންތާކުތޯ؟“

ފްލެޓް ކޮމިޓީއަށް އޭއިޖީއިން ކޮށްފައި މިވާ ސުވާލުތަކަކީ ގިނަ ބައެއްގެ ހިތުގައި އުފެދޭނެ ސުވާލުތަކެއް ކަން ޔަޤީނެވެ. ފްލެޓް ކޮމީޓީއެއް ވުޖޫދުގައި އޮތްކަމުގެ ވާހަކަތަކެއް އިވުނު ކަމުގައި ވިޔަސް ކޮމިޓީއާއި ބެހޭ މާބޮޑު މައުލޫމާތެއް ފެންނާކަށް ނެތެވެ.

’ކޮތަރުކޮށި‘ ޓީމުގެ ނަމުން އުފެދުނު މިޖައްޔާ ވަނީ، އާއްމުންގެ އެކުވެރި ގުޅުމުގެ ނަމުގައި ފަހުގެ ތާރީޚެއްގައި ރަޖިސްޓަރީ ކުރެވިފައެވެ. ޖަމިއްޔާއިން ކުރާ މައިގަނޑު މަސައްކަތަކީ ކުރިން ފްލެޓް ދިނުމަށް ފަހު، ސަރުކާރު ބަދަލުވެ ފްލެޓް ނުލިބި ބާކީވި ފަރާތްތަކުގެ ޙައްޤުގައި ވަކާލާތު ކުރުމެވެ. އޭއީޖީ ޓީމުން ދަނީ މިފަދަ ފަރާތްތަކުގެ ހާލަތު ވަރަށް ގާތުން ސޯޝަލް މީޑިޔާ މެދުވެރިކޮށް އަދި މީޑިޔާތަކާއި ގުޅިގެން ރައްޔިތުންނަށް ކިޔައިދެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް