ކޮޕާޑެލްރޭ: ބާސާ ދެވަނަ ބުރަށް ދަތުރު ކޮށްފި

Loading

Facebook
Twitter
WhatsApp

ކޮޕާ ޑެލްރޭ ގައި ރޭ ބާސާއާއި ކޯނެއްލާ ބައްދަލު ކުރި މެޗް 2-0 ގެ ނަތީޖާއިން ބާސާ ކާމިޔާބުކޮށް، ’ރައުންޑް އޮފް 16‘ އަށް ބާސާ ދަތުރުކޮށްފިއެވެ.

ރޭގެ މެޗްގައި ދެޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެެވެ. އެޓޭކް ކުރުމަށް ދެޓީމުންވެސް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މެޗްގެ ފުރިހަމަ ވަގުތު ހަމަވީ ދެޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.

ފުރިހަމަ ވަގުތު ހަމަވުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ކުޅުން ފެށުމާއިއެކު ބާސާއިންވަނީ ގޯލް ހުޅުވާލައިފައެވެ. މި ގޯލް 92 ވަނަ މިނިޓުގައި ބާސާއަށް ކާމިޔާބު ކޮށްދިނީ އޯސްމާން ޑެމްބެލޭއެވެ. އެއަށް ފަހު ބާސާއަށް މޮޅު ޔަޤީން ކޮށްދިނީ 120 މިނިޓުގެ ކުޅުން ހަމަވެ، އިތުރު ވަގުތުގެ 1 ވަނަ މިނިޓުގައި ބާސާގެ ބްރެއިތްވެއިޓް ކާމިޔާބު ކޮށްދިން ގޯލާއި އެކުއެވެ.

ކޮޕާ ޑެލްރޭގެ ދެވަނަ ބުރަށް ބާސާ ދަތުރު ކޮށްފާ ވާއިރު، ވަރުގަދަ ރިއާލް މެޑްރިޑް މި މުބާރާތާއި ވަނީ އަލްވަދާއު ކިޔަން ޖެހިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް