މަރާލާފައި އޮތް ކަމަށް ބެލެވޭ މީހެއްގެ ހަަށިގަނޑު ފަޅުރަށަކުން ފެނިއްޖެ

މަރާލާފައި އޮތްކަމަށް ބެލެވޭ ބިދޭސީއެއްގެ ހަށިގަނޑު ފަޅުރަށަކުން ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމީހާގެ ހަށިގަނޑު ފެނިފައިވަނީ ވ.ފޮއްތެޔޮ ބޮޑުފުށިންނެވެ. ފުލުހުން މައުލޫމާތު ދޭގޮތުގައި މިމީހާ މަރުވެފައި އޮއްވާ ފެނުނީ އެރަށަށް ދަނޑިކަނޑަން ގޮސް އުޅުނު ބަޔަކަށެވެ. މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު 11:00ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެމީހާގެ ހަށިގަނޑު ފެނުނު އިރު ގައިގެ އެކި ތަންތަނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ދީފައެވެ. އަދި އެމީހާ އޮތް ސަރަހައްދުން […]

ދިވެހި ލީގުގެ ޓީމްތަކަށް އުފާވެރި ޚަބަރެއް

ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން އަލުން ފެށުމަށްޓަކާ މުބާރާތުގެ ހުރިހާ ކުޅުންތެރިންނާއި، އޮފިޝަލުން އަދި ޓެކްނިކަލް ސްޓާފުންނަށް ވެކްސިން ދިނުމަށް ނިންމައިފިއެވެ. މިކަން ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް، ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ހާމަ ކުރައްވައިފައެވެ. ބައްސާމް ކުރެއްވި ޓްވީޓުގައި ބުނެފައިވާގޮތުން ލީގުގެ ބައިވެރިންނަށް ވެކްސިން ދިނުމުގެ ކަންކަން އިއްޔެއިން ފެށިގެން ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމައިފައެެވެ. ބައްސާމްގެ ޓްވީޓުގައި ވަނީ ހެލްތް މިނިސްޓަރ އަހްމަދު ނަސީމަށާއި މިނިސްޓަރ އޮފް […]

ކޮޕާޑެލްރޭ: ސެމީގެ ފުރަތަމަ ލެގްގައި ބާސާ ބަލިވެއްޖެ

ކޮޕާޑެލްރޭގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގްގައި ރޭ ބާސިލޯނާއާއި ސެވިޔާ ބައްދަލުކުރި މެޗް 2-0 ގެ ނަތީޖާއިން ސެވިޔާ ކާމިޔާބު ކޮށްފިއެވެ. މެޗްގައި ފުރަތަމަ ގޯލްޖަހައި ސެވިޔާއިން ލީޑްނެގީ ފުރަތަމަ ހާފްގެ 25 ވަނަ މިނިޓުގައެވެ. މި ގޯލް ސެވިޔާއަށް ކާމިޔާބު ކޮށްދިނީ ކައުންޑެ އެވެ. އެއަށް ފަހު ދެޓީމުގެ ފަރާތުން ހަމަ ހަމަ ކުޅުމެއް ފެނުނު ނަމަވެސް ފުރަތަމަ ހާފްގައި އިތުރު ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ދެވަނަ ހާފް ފެށިގެން ވެސް ދެޓީމުންވަނީ ގިނަ […]

ޖަމިއްޔާތަކަށް ދޫކުރާ ފައިސާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މަދަނީ ޖަމިއްޔާއަށް ދޫކުރާ ފައިސާގެ އެހީއަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ޔޫތް މިނިސްޓްރީއިން ހުޅުވާލައިފިއެވެ. ފައިސާ ދޫކުރަން ނިންމައިފާ ވަނީ މަދަނީ ޖަމިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށެވެ. އެހީއަށް އެދި ހުށަހެޅޭނީ ޤާނޫނު ނަންބަރު 2003/1 ގެ ދަށުން ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމިއްޔާތަކަށް ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. މިނިސްޓްރީއިން އިތުރަށް ބުނެފައިވާ ގޮތުގައި މި ފިޔަވަހީގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޖެނެރަލް ޕްރޮޖެކްޓް ގްރާންޓް އަދި ސްމޯލް ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައެވެ. […]

މާމެންދޫގައި މިރޭ ހިންގި މާރާމާރީގައި އަނިޔާވި 17 އަަހަރުގެ ކުއްޖާ ނިޔާވެއްޖެ

ގއ. މާމެންދޫގައި މިރޭ ހިންގި ގްރޫޕް މާރާމާރީއެއްގައި އަނިޔާވީ އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބޭގޮތުގައި މިރޭ އެރަށުގައި ހިންގި މާރާމާރީގައި ގްރޫޕަކުން ހަމަލާދީ ޒަޚަމް ކޮށްލާފައިވަނީ އެއްބަނޑު ދެބެންނެވެ. މިމައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ 22:10 ހާއިރުއެވެ. މާރާމާރީގައި ޒަޚަމްވީ ދެމީހުން ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަކަމަށާއި، އަދި އޭގެ ފަހުން 17 އަހަރުގެ ކުއްޖާ ނިޔާވިކަން ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ހާމަކޮށްފައެވެ. މައުލޫމާތު ލިބޭގޮތުގައި ކުއްޖާ ނިޔާވެފައިވަނީ ވެންޓިލޭޓަރުގައި ފަރުވާ […]

ޕްރިމިއަރލީގް: ވާދަވެރި މެޗަކަށް ފަހު ޔުނައިޓެޑާއި އެވަރޓަން އެއްވަރުވެއްޖެ

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި އެވަރޓަން ބައްދަލުކުރި މެޗް 3-3 ގެ ނަތީޖާއަކުން އެއްވަރު ވެއްޖެއެވެ. މެޗްގެ ފުރަތަމަ ހާފްގައި ޔުނައިޓެޑުންވަނީ ރަނގަޅު ހަމަލާތަކެއް އުފައްދައިފައެވެ. ފުރަތަމަ ހާފް ފެށިގެން 24 ވަނަ މިނިޓުގައި ޔުނައިޓެޑަށް ފުރަތަމަ ލީޑް ނަގައިދިނީ އެޑިސަން ކަވާނީ ބޮލުން ކާމިޔާބު ކޮށްދިން ގޯލާއި އެކުގައެވެ. މިގޯލް ކާމިޔާބުކުރީ ރަޝްފޯޑްގެ ރީތި ހުރަހަކުންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑްގެ ފޯވަރޑް ބްރޫނޯ ފަރނާންޑޭޒް ވަނީ އިތުރު ގޯލެއް ކާމިޔާބު […]

ގދ.ތިނަދޫއިން ކޯވިޑް19 އަށް މީހަކު ފައްސިވެއްޖެ

ގދ.ތިނަދޫއިން ކޯވިޑް19 އަށް މީހަކު ފައްސިވެއްޖެއެވެ. މިކަންވަނީ ތިނަދޫގައި ހުންނަ ޑރ.އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަ ކޮށްފައެވެ. އެފަރާތުން މިރޭ ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވާގޮތުން، އެރަށުން ކޯވިޑް19 އަށް ފައްސިވެފައިވަނީ އައްޑޫއިން ފައްސިވީ މީހަކާއި ޑައިރެކްޓް ކޮންޓެކްޓް ވީ ފަރާތެކެވެ. މީގެ އިތުރުން ރޯގާގެ އަލާމާތެއް ހުރިނަމަ ލަސްނުކުރައްވާ ހޮސްޕިޓަލްގެ ހޮޓްލައިން 7934641 އަށް ގުޅުއްވާ ހިއްސާ ކުރެއްވުމަށްވެސް އެހޮސްޕިޓަލުން ވަނީ އެދިފައެވެ. މީގެ އިތުރުން އިއްޔެވަނީ އައްޑޫއިންވެސް ކޯވިޑްގެ ކޭސްތަކެއް ފެނި އައްޑޫ […]

9-0ގެ ނަތީޖާއާއިއެކު ޕްރިމިއަރ ލީގުގައި އެންމެ ބޮޑު ތަފާތަކުން މޮޅުވި ރެކޯޑާ ޔުނައިޓެޑް އަނެއްކާވެސް ހަމަހަމަކޮށްފި

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ސައުތެމްޕްޓޮން ބައްދަލުކުރި މެޗް، 9-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ. މިމެޗްގައި ޔުނައިޓެޑްގެ 7 ކުޅުންތެރިއެއްގެ ފަރާތުން ގޯލްތައް ފެނިގެން ގޮސްފައި ވެއެވެ. މެޗްގެ ފުރަތަމަ ހާފް ޔުނައިޓެޑުން ނިންމާލީ ވެމްބިސާކަ، ރަޝްފޯޑް އަދި ކަވާނީގެ ގޯލުގެ އިތުރުން ސައުތްއެމްޕްޓޮން އަތުން ބައިކޮޅަށް ވަތް ގޯލަކާއިއެކު 4-0 ގެ ނަތީޖާއަކުންނެވެ. މެޗް ފެށިގެން ދެވަނަ މިނިޓުގައި ސައުތްއެމްޕްޓޮންގެ ޖަންކެވިޓްޒް އަށް ވަނީ ރަތްކާޑު ދައްކައިފައެވެ. އެޓީމުން ފުރަތަމަ […]

ކާފިއު ވަގުތު އިތުރުކޮށް ކުޅިވަރު މުބާރާތްތައް ހުއްޓާލުމަށް އަންގައިފި

ކޯވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އަނެއްކާވެސް އިތުރަށް ހަރުދަނާކޮށް، ރައީސް އޮފީހުން މިބަދަލުތައް އާއްމު ކޮށްފިއެވެ. މިބަދަލުތަކަކީ ކޯވިޑް19 އާއި ގުޅިގެން އެކުލަވާލި ޕޮލިސީ ގްރޫޕްގެ ބޭފުޅުންނާއިއެކު ބޭއްވި ބައްދަލުވުމަކަށް ފަހު ގެނެސްފައިވާ ބަދަލުތަކެކެވެ. މިކަމާ ގުޅިގެން އާއްމުކޮށްފައިވާ ލިޔުމުގައި ވާގޮތުން 3 ފެބްރުއަރީ އިން ފެށިގެން އެކެނި ކުރާ ކަސްރަތު ފިޔަވާ އެހެން ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ހުއްޓާލަން ވަނީ އަންގާފައެވެ. އަދި ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކާއި ޚިދުމަތްތައް ވީހާވެސް ބޮޑަކަަށް އޮންލައިން ކުރުމަށްވެސް […]

ޕްރިމިއަރ ލީގް: ސަލާހްގެ ދެގޯލާއިއެކު ލިވަޕޫލަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލިވަޕޫލާއި ވެސްޓްހަމް ބައްދަލުކުރި މެޗް 3-1 ގެ ނަތީޖާއިން ލިވަޕޫލް ކާމިޔާބު ކޮށްފިއެވެ. މެޗްގެ ގޯލްތައް ފެނިގެން ގޮސްފައިވަނީ ފަހު ހާފްގެ ކުޅުމުގެ ތެރެއިންނެވެ. މެޗްގެ 57 އަދި 68 ވަނަ މިނިޓުގައި ލިވަޕޫލްގެ ފޯވަރޑް މުހައްމަދު ސަލާހް ވަނީ ދެގޯލް ކާމިޔާބު ކޮށްދީ ލީޑް ނަގައިދީފައެވެ. އެއަށް ފަހު ލިވަޕޫލްގެ ފަހު ގޯލް ކާމިޔާބު ކޮށްފައިވަނީ މެޗްގެ 84 ވަނަ މިނިޓުގައި ވިޖްނާލްޑަމްއެވެ. މެޗުގައި ވެސްޓްހަމްއިން ކާމިޔާބުކުރި ހަމައެކެނި ގޯލް […]