ޕްރިމިއަރ ލީގް: ސަލާހްގެ ދެގޯލާއިއެކު ލިވަޕޫލަށް ފަސޭހަ މޮޅެއް

Loading

Facebook
Twitter
WhatsApp
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލިވަޕޫލާއި ވެސްޓްހަމް ބައްދަލުކުރި މެޗް 3-1 ގެ ނަތީޖާއިން ލިވަޕޫލް ކާމިޔާބު ކޮށްފިއެވެ.
މެޗްގެ ގޯލްތައް ފެނިގެން ގޮސްފައިވަނީ ފަހު ހާފްގެ ކުޅުމުގެ ތެރެއިންނެވެ. މެޗްގެ 57 އަދި 68 ވަނަ މިނިޓުގައި ލިވަޕޫލްގެ ފޯވަރޑް މުހައްމަދު ސަލާހް ވަނީ ދެގޯލް ކާމިޔާބު ކޮށްދީ ލީޑް ނަގައިދީފައެވެ. އެއަށް ފަހު ލިވަޕޫލްގެ ފަހު ގޯލް ކާމިޔާބު ކޮށްފައިވަނީ މެޗްގެ 84 ވަނަ މިނިޓުގައި ވިޖްނާލްޑަމްއެވެ. މެޗުގައި ވެސްޓްހަމްއިން ކާމިޔާބުކުރި ހަމައެކެނި ގޯލް މެޗްގެ 87 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ ޑައުސަންއެވެ.
މިނަތީޖާއާއިއެކު ލިވަޕޫލް އޮތީ 40 ޕޮއިންޓާއި އެކު ޕޮއިންޓް ޓޭބަލްގެ 3 ވަނައިގައެވެ. އަދި 35 ޕޮއިންޓާއިއެކު ވެސްޓްހަމް އޮތީ ޓޭބަލްގެ 5 ވަނައިގައެވެ. އިއްޔެ ކުޅެވުނު އިތުރު މެޗްތަކުގައި ޗެލްސީ، އެސްޓަން ވިލާ އަދި ލީޑްސް ޔުނައިޓެޑުންވެސް ވަނީ 3 ޕޮއިންޓް ކަށަވަރު ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް