ޕްރިމިއަރލީގް: ވާދަވެރި މެޗަކަށް ފަހު ޔުނައިޓެޑާއި އެވަރޓަން އެއްވަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި އެވަރޓަން ބައްދަލުކުރި މެޗް 3-3 ގެ ނަތީޖާއަކުން އެއްވަރު ވެއްޖެއެވެ.

މެޗްގެ ފުރަތަމަ ހާފްގައި ޔުނައިޓެޑުންވަނީ ރަނގަޅު ހަމަލާތަކެއް އުފައްދައިފައެވެ. ފުރަތަމަ ހާފް ފެށިގެން 24 ވަނަ މިނިޓުގައި ޔުނައިޓެޑަށް ފުރަތަމަ ލީޑް ނަގައިދިނީ އެޑިސަން ކަވާނީ ބޮލުން ކާމިޔާބު ކޮށްދިން ގޯލާއި އެކުގައެވެ. މިގޯލް ކާމިޔާބުކުރީ ރަޝްފޯޑްގެ ރީތި ހުރަހަކުންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑްގެ ފޯވަރޑް ބްރޫނޯ ފަރނާންޑޭޒް ވަނީ އިތުރު ގޯލެއް ކާމިޔާބު ކޮށްދީ 2-0 އަކަށް ނަތީޖާ ބަދަލު ކޮށްފައެވެ. އޭރިޔާ ބޭރުން ފޮނުވާލި މިބޯޅަ އަމާޒުވީ ސީދާ ގޯލުގެ މަތީ ކަނަށެވެ.

ދެވަނަ ހާފް ފެށިގެން ދިޔައިރު އެވަރޓަންގެ އެޓޭކް ވަރުގަދަކޮށް، އެޓީމުން ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. އެގޮތުން 49 ވަނަ މިނިޓުގައި ގޯލެއް ކާމިޔާބުކޮށް އެޓީމުންވަނީ ލީޑް ހަނިކޮށްފައެވެ. އެއަށް ފަހު 52 ވަނަ މިނިޓުގައި ޖޭމްސް ރޮޑްރިގާޒް ޖެހި ރީތި ގޯލާއިއެކު އެވަރޓަންއިން ނަތީޖާ ހަމަހަމަ ކުރިއެވެ. ޔުނައިޓެޑުން ދެވަނަ ފަހަރަށް ލީޑް ނެގީ މެކްޓޮމިނޭ 70 ވަނަ މިނިޓުގައި ޔުނައިޓެޑަށް ކާމިޔާބު ކޮށްދިން ގޯލާއި އެކުގައެވެ. މެޗްގެ ފުރިހަމަ ވަގުތު ނިމި އިތުރުވަގުތުގެ 4 މިނިޓް ނިމުން އިރުވެސް މިނަތީޖާ ދެމިއޮތެވެ. ނަމަވެސް ކަށިގަނޑުގެ ކުރިން ފަހު ސިކުންތުކޮޅުގައި އެވަރޓަންއިން މުހިންމު ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކުރިއެވެ. މި ގޯލް ކާމިޔާބު ކުރީ އެޓީމުގެ ހިލޭ ޖެހުމަކުން އުފެއްދި އެޓޭކެއްގައެވެ.

މިނަތީޖާއާއިއެކު މެންޗެސްޓަރ ސިޓީއަށްވަނީ 47 ޕޮއިންޓާއިއެކު ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލެވިއެވެ. އަދި ޔުނައިޓެޑް އޮތީ 45 ޕޮއިންޓާއިއެކު ޓޭބަލްގެ 2 ވަނައިގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް