ދިވެހި ލީގުގެ ޓީމްތަކަށް އުފާވެރި ޚަބަރެއް

Loading

Facebook
Twitter
WhatsApp

ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން އަލުން ފެށުމަށްޓަކާ މުބާރާތުގެ ހުރިހާ ކުޅުންތެރިންނާއި، އޮފިޝަލުން އަދި ޓެކްނިކަލް ސްޓާފުންނަށް ވެކްސިން ދިނުމަށް ނިންމައިފިއެވެ. މިކަން ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް، ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ހާމަ ކުރައްވައިފައެވެ.

ބައްސާމް ކުރެއްވި ޓްވީޓުގައި ބުނެފައިވާގޮތުން ލީގުގެ ބައިވެރިންނަށް ވެކްސިން ދިނުމުގެ ކަންކަން އިއްޔެއިން ފެށިގެން ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމައިފައެެވެ. ބައްސާމްގެ ޓްވީޓުގައި ވަނީ ހެލްތް މިނިސްޓަރ އަހްމަދު ނަސީމަށާއި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހްމަދު މަހުލޫފަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ގިނަ ދުވަސްތަކެއް ފަރިތަކުރުންތަކާއި ދުރުގައި ކުޅުންތެރިން ހޭދަކުރުމަށް ފަހު ލީގް އަލުން ފެށީ ކުޅުންތެރިންނަށް އާ އުއްމީދުތަކެއް ގެނުވަމުންނެވެ. ނަމަވެސް ކޯވިޑުގެ ކޭސްތައް އިތުރުވެ މުބާރާތް އަލުން ހުއްޓާލުމަށް ނިންމީ ފެބްރުވަރީ މަސް ފެށުމާއި އެކުއެވެ. އެޗްޕީއޭއިން ވަނީ މިއާއިއެކު ޓީމްތަކުގެ ފަރިތަކުރުންތައް ވެސް ހުއްޓާލުމަށް އަންގާފައެވެ. މިކަމާއިމެދު ރާއްޖޭގެ ގިނަ ކްލަބްތަކަކުންނާއި ގިނަ ކުޅުނަތެރިންގެ ފަރާތުން ނުރުހުން ފާޅުކުރަމުން ދިޔަ ދަނޑިވަޅެއްގައި މިލިބިގެން ދިޔަ ޚަބަރާއިއެކު ކުޅުންތެރިންނަށް ހިތްހަމަޖެހުން ލިބިދޭނެ ކަން ޔަގީނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް