ކޮޕާޑެލްރޭ: ސެމީގެ ފުރަތަމަ ލެގްގައި ބާސާ ބަލިވެއްޖެ

Loading

Facebook
Twitter
WhatsApp

ކޮޕާޑެލްރޭގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގްގައި ރޭ ބާސިލޯނާއާއި ސެވިޔާ ބައްދަލުކުރި މެޗް 2-0 ގެ ނަތީޖާއިން ސެވިޔާ ކާމިޔާބު ކޮށްފިއެވެ.

މެޗްގައި ފުރަތަމަ ގޯލްޖަހައި ސެވިޔާއިން ލީޑްނެގީ ފުރަތަމަ ހާފްގެ 25 ވަނަ މިނިޓުގައެވެ. މި ގޯލް ސެވިޔާއަށް ކާމިޔާބު ކޮށްދިނީ ކައުންޑެ އެވެ. އެއަށް ފަހު ދެޓީމުގެ ފަރާތުން ހަމަ ހަމަ ކުޅުމެއް ފެނުނު ނަމަވެސް ފުރަތަމަ ހާފްގައި އިތުރު ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

ދެވަނަ ހާފް ފެށިގެން ވެސް ދެޓީމުންވަނީ ގިނަ އެޓޭކްތަކެއް ކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ބާސާއަށް ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތެއް ނުދީ މެޗްގެ 85 ވަނަ މިނިޓުގައި އިވާން ރަކިޓިޗް ކާމިޔާބު ކޮށްދިން ގޯލާއިއެކު ސެވިޔާއަށް މެޗް ކަށަވަރު ވިއެވެ.

ކޮޕާޑެލްރޭގެ ސެމީފައިނަލްގައި ދެން ވާދަ ކުރަނީ އެތްލެޓިކް ކްލަބާއި ލެވަންޓެވެ. މި ދެޓީމުގެ ފުރަތަމަ ލެގް އޮތީ މިރޭ ރާއްޖެ ގަޑިން މެންދަމު 1:00 ގައެވެ. ބާސާ އާއި ސެވިޔާގެ ދެވަނަ ލެގް އޮތީ މާރޗް 4 ވަނަ ދުވަހުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް