މާމެންދޫގައި މިރޭ ހިންގި މާރާމާރީގައި އަނިޔާވި 17 އަަހަރުގެ ކުއްޖާ ނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

ގއ. މާމެންދޫގައި މިރޭ ހިންގި ގްރޫޕް މާރާމާރީއެއްގައި އަނިޔާވީ އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބޭގޮތުގައި މިރޭ އެރަށުގައި ހިންގި މާރާމާރީގައި ގްރޫޕަކުން ހަމަލާދީ ޒަޚަމް ކޮށްލާފައިވަނީ އެއްބަނޑު ދެބެންނެވެ.

މިމައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ 22:10 ހާއިރުއެވެ. މާރާމާރީގައި ޒަޚަމްވީ ދެމީހުން ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަކަމަށާއި، އަދި އޭގެ ފަހުން 17 އަހަރުގެ ކުއްޖާ ނިޔާވިކަން ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ހާމަކޮށްފައެވެ.

މައުލޫމާތު ލިބޭގޮތުގައި ކުއްޖާ ނިޔާވެފައިވަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ. އެކުއްޖާގެ ކަރަށާއި ގައިގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މިމައްސަލަ ދަނީ ފުލުހުން އިތުރަށް ތަހުޤީގު ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް