ކޯވިޑް19: މިއަދު ފެނުނީ އިތުރު 196 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 196 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 4 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން 12 މީހަކާއި ސަފާރީ އަކުން 2 މީހުން ވަނީ ފައްސިވެފައެވެ. އަނެއް 178 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 19,793އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,475 އެކްޓިވް ކޭސް ހިމެނޭއިރު، 179 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ […]

 ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތެއްޗާއެކު ފަސްމީހަކު ހައްޔަރުކޮށްފި

    މާލެސިޓީން ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެ މީހުންނާ ގުޅުން ހުރި ކަމަށް ބެލެވޭ މަސްތުވާތަކެތި ފެނުމާގުޅިގެން ކަމަށެވެ. މި އޮޕަރޭޝަނުގައި ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތިވަނީ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލައިގައި […]

ކޮރޯނާއާ ދެކޮޅަށް ކުރާ ހަނގުރާމަ ނިމުމާ ވަރަށް ދުރުގައި: ރައީސް ބައިޑެން

ކޮރޯނާ ވައިރަހާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އައުން އޮތީ ވަރަށް ދުރުގައިކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ. ރައީސް ބައިޑެން ވިދާޅުވިގޮތުގައި ކޮރޯނާ ވައިރަހުން ސަލާމަތްވެވޭނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަން ދީގެންނެވެ. ކޮރޯނާ ވައިރެސް ޖެހިގެން ފަސް ލައްކަ މީހުން މަރުވެގެން ދިއުމުގެ ހިތާމަވެރި ތާރީޚީ ވަގުތުކޮޅު އެމެރިކާއިން ވަރަށް އަސަރާއެކު ރިޔާސީ ގަނޑުވަރުގައި ފާހަގަ ކުރީ މީގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. ކޮރޯނާ ވައިރަސް ވަނީ އެމެރިކާ އިނދަޖައްސާލާފައެވެ. ސިއްހީ ރޮނގުންނާއި އިގުތިސާދީ ރޮނގުންނެވެ. […]

މިސްކިތްތަށް ބަންދުކުރުމާއިމެދު އަދި ވަކިގޮތެއް ނުނިންމަން- އިސްލާމިކް މިނިސްޓަރީ

ކޯވިޑް19ގެ ކޭސްތައް އިތުރުވަމުން ދިޔުމާއި ގުޅިގެން މިސްކިތްތައް ބަންދުކުރުމާއި މެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ބުނެފައިވާ ކަމަށް މީޑިޔާތަކުން ރިޕޯޓް ކޮށްފިއެވެ. މިނިސްޓްރީ އިން މިހެން ބުނެފައިވަނީ މިސްކިތްތައް ބަންދުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެެޖެންސީއިން މިނިސްޓަރީގައި އެދިފައިވާ ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ. މިނިސްޓްރީއިން ވިދާޅުވި ގޮތުގައި މިސްކިތްތައް ބަންދުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ. އެކަމަށް ވަކި ގޮތެއް ނުނިންމާ ކަމަށާއި، މިހާރު އެކަމާއި ބެހޭ […]

ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ 

ކޮވިޑް-19 އަށް ފައްސިވެގެން ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. އެޗްއީއޯސީ އިން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ 62 އަހަރުގެ ފިރިހެނަކު ނިޔާވީ ރޭ ފަތިހު 05:06 ގައި ކަމަށެވެ. ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 62 އަށް އަރާފައެވެ. ކޮވިޑް ޖެހިގެން ހަމައެކަނި ފެބްރުއަރީ މަހު ރާއްޖެ އިން މިވަނީ ދިހަ މީހުން ނިޔާވެފައެވެ. އެހެންކަމުން ފެބްރުއަރީ މަހަކީ މިހާތަނަށް ރާއްޖެ އިން […]

ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 118 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 118 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 5 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން 16 މީހަކާއި ސަފާރީ އަކުން 5 މީހުން ވަނީ ފައްސިވެފައެވެ. އަނެއް 92 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 19,597އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,397 އެކްޓިވް ކޭސް ހިމެނޭއިރު، 170 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ […]

އުކުޅަހު ބަނދަރު މަސައްކަތް ފަށައިފި

    އއ. އުކުޅަހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ފަށައިފި އެވެ. މި މަޝްރޫއުގެ ދަށުން 19،630 އަކަމީޓަރު ސަރަހައްދު ބަނދަރު ފުންކުރުމާއި 136 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 31 މީޓަރު ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެ އެވެ. އަދި 138.73 މީޓަރުގެ ޖެޓީއެއް ހެނދުމުގެ އިތުރުން 580 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދުން ވެސް މި މަޝްރޫއުގައި ހިމެނެ އެވެ. ޕްލޭނިންގް މިނިސްޓްރީން […]

ޕީޕީއެމް އޮފީސް ބަންދުކޮށް އިދިކޮޅު ލީޑަރުން ހައްޔަރުކޮށްގެން މައްސަލަތައް ޙައްލެއް ނުވާނެ: ރައީސް ވަޙީދު

އިދިކޮޅު ސިޔާސީ ޕާޓީގެ އޮފީސް އާއި އެލީޑަޝިޕް ބަންދު ކޮށްގެން މިސަރުކާރުތެރޭ ހުރި މައްސަލަތައް ޙައްލު ނުވާނެކަމަށް އިދިކޮޅު ކޯލިޝަންގެ މުސްތަޝާރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަޙީދު ވިދާޅުވެއްޖެ އެވެ. ރައީސް ވަޙީދު ކުރެއްވި ޓުވިޓްގައި ވިދާޅުވެފައިވަނީ، އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ މުޒާހަރާގައި އެކޯލިޝަންގެ އިސް ލީޑަރުން ހައްޔަރު ކުރުމުންގެންދާ ގެންދިއުމާއި ގުޅިގެނެވެ. މުޒާހަރާ ނުފެށެނީސް އެސްއޯ ފުލުހުން ވަނީ ޕީޕީއެމް އޮފީސް ބަންދުކޮށް އޮފީސްކުރިމަތީ ފާރެއްހެން އެތުރި އެތަނުން އެއްވެސް މީހަކަށް ވަދެނިކުމެ ނޫޅެވޭގޮތަށް […]

ފަލަސްތީނުގެ ބިންތައް ފޭރިގަތުން ހުއްޓާލުމަށް ޔޫއެންއިން އިޒުރޭލަށް ގޮވާލައިފި

ހުކުރުދުވަހު ބޭއްވި ބައްދަލުވުމެއްގައި ޔޫރަޕިއަން ޔުނިއަން އާއި ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ މެމްބަރުން ވަނީ ފަލަސްތީނުގެ ޖޯޑަން ވެލީގައި އިޒުރޭލުގެ ސިފައިން ކަންތައްކުރަމުންދާގޮތް ކުށްވެރިކޮށް ފަލަސްތީނުގެ ރައްޔިތުންގެ ބިންތައް ފޭރިގަތުން ހުއްޓާލުމަށް ގޮވާލައިފައެވެ. މިކަން ކުށްވެރިކޮށް ވާހަކަ ދައްކާފައި ވަނީ މެދުއިރުމަތީގެ ގައުމުތަކުގައި ސުލުހަވެރިކަން ގާއިމުކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއްގައެވެ. ޖޯޑަން ވެލީގެ ހަމްސާ އަލް ބާޤިއާގައި އިސްރާއިލު ސިފައިން ދަނީ ފަލަސްތީނުގެ ރައްޔިތުންގެ މުދަލާއި ގެދޮރު ހަލާކުކުރަމުންނެވެ. ހަމްސާ އަލް ބާޤިއާއަކީ ފަލަސްތީނުގެ 60000 […]

​ގްރޭޑް އަށަކާއި ހަމައަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފި!

ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ ​މާލެ ސަރަހައްދުގައި ޕްރީސްކޫލުން ފެށިގެން ގްރޭޑް އަށަކަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ކުރިއަށް އޮތް ދެ ހަފްތާއަށް މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް 8 ގެ ކުދިން ސްކޫލަށް އައިސް ކިޔެވުން ހުއްޓާލައި އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެމިނިސްޓްރީން ނިންމައިފައިވާ ކަމަށެވެ. މިމަހު 15 ވަނަ ދުވަހުން މިދިޔަ ބުރާސްފަތި ދުވަހާ ހަމަށް ފެށިގެން ގްރޭޑް 1 އިން 6 […]