ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތެއްޗާއެކު ފަސްމީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

މާލެސިޓީން ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެ މީހުންނާ ގުޅުން ހުރި ކަމަށް ބެލެވޭ މަސްތުވާތަކެތި ފެނުމާގުޅިގެން ކަމަށެވެ.

މި އޮޕަރޭޝަނުގައި ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތިވަނީ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި މަޝްހޫރު ރެޕް އާޓިސްޓް އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) ވެސް ހިމެނެ އެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދިނގުވާނޑު، ނައި، އިސްމާއީލް އިފްހާމް މުހައްމަދު 26، އާއި ލ. ގަން/ތުނޑި، ހަނދުވަރީހިޔާ، އަހްމަދު ޝަމްއޫން 30، އާއި ލ. ގަން، ތުނޑި، ރޯޝަންހިޔާ، އަހްމަދު ހުސާމް 26، އާއި ، ލ. ގަން، ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުއައިދު 23، އަދި  ކ. މާލެ، މއ. މަލިކުރުވާގެ، އަބްދުﷲ ސާޖިއު ހަސަން  23، އެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައި ދީފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް