އެމްޑީޕީ ކޯލިޝަންގެ ވެރިކަން: މިޔަންމާގެ ޚުދުމުޚުތާރު ވެރިކަމާ އެއްގޮތް ….؟

ފެންނަމުން މިދަނީ އެމްޑީޕީ ކޯލިޝަންގެ ވެރިކަމުގައި، ރާއްޖޭގައި ބާއްވާ މުޒާހަރާ މަނާކުރަމުން ހުއްޓުވަމުން ދާތަނެވެ. ފެންނަމުން ދަނީ މިޔަންމާގެ ޚުދުމުޚުތާރު ވެރިކަމުގައި ވެސް މުޒާހަރާކުރުން މަނާކުރަމުން ހުއްޓުވަމުންދާ މަންޒަރެވެ. ފެންނަމުން ދަނީ އެމްޑީޕީ ކޯލިޝަންގެ ވެރިކަމާއި މިޔަންމާގެ ޚުދުމުޚުތާރު ވެރިކަމާ އެއްގޮތް ވަމުންދާތަނެވެ. މިޔަންމާގައި އޮތީ ސިފައިންގެ ޚުދުމުޚުތާރު ވެރިކަމެކެވެ. އެގައުމުގެ ސިފައިން އަނިޔާވެރިވިޔަސް ބުނާނެ އެއްޗެއް ނެތެވެ. އެއީ ރައްޔިތުންނަށް އިންސާފާއި ހަމަހަމަކާއި ބޯހިޔާވަހިކަމާއި ތަރައްގީ ގެނެސްދޭނޭކަމަށް ވައުދުވެގެން ވެރިކަމަށް އައިބައެއް ނޫނެވެ. އެއީ ޑިމޮކްރެޓިކް […]

މީސްމީޑިއާ ކޮންޓްރޯލުކުރުމަށް އިންޑިއާއިން އައު ގަވައިދުތަކެއް އެކުލަވާލަން ނިންމައިފި

ފޭސްބުކް، ވަޓްސްއެޕް އަދި ޓްވިޓާ ފަދަ މީސްމީޑިއާތަކުގައި މީހުން ކޮށްފައި ހުންނަ ޕޯސްޓްތައް ކޮންޓްރޯލްކުރުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އައު ފިޔަވަޅުތަކެއް އެޅުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސްނެންގެވުމުގެ މަތިން ހިންގާ ކަމެކެވެ. އިންޑިޔާއިން މި ގަވައިދު ތަންފީޒުކުރަން ގަސްތުކުރާކަމަށް އިއުލާނުކޮށްފައި ވަނީ ދާދިފަހުން އެ ގައުމުގެ ދަނޑުވެރިން ހިންގި މުޒާހަރާތަކުގެ ސަބަބުން ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. މުޅި ދުނިޔޭންވެސް އެންމެގިނައިން ފޭސްބުކާއި ވަޓްސްއެޕް ބޭނުންކުރާ އެއް ގައުމަކީ […]

ޚަޝޯޣީ މަރާލަން ރުހުން ދިނީ ވަލީއަހްދު މުހައްމަދު ބިން ސަލްމާން  – އެމެރިކާ

ނޫސްވެރިޔާ ޖަމާލް ޚަޞޯޣީ ހައްޔަރު ކުރަން ނުވަތަ އޭނާ މަރާލުމަށް ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ރުހުން ދިން ކަމަށް ކަމަށް އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓުގައި ބުނެފި އެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގެ ޑިރެކްޓަ އޮފް ނޭޝަނަލް އިންޓަލިޖެންސްގެ އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ވަލީއަހުދު ރުހުން ދީފައި ވަނީ ތުރުކީން ޚަޝޯޣީ ހައްޔަރު ކުރަން ނުވަތަ މަރާލުމަށް ކަމަށެވެ. އެމެރިކާ ފިޔަވައި އެހެން ގިނަ ގައުމުތަކުންނާއި އިންޓެލިޖެންސް އެޖެންސީތަކުން މީގެ […]

ކޮރޯނާ ވައިރަސް ޖެހިގެން މަރުވާ ލަންކާގެ މުސްލިމުން ވަޅުލުމުގެ ހުއްދަ ސަރުކާރުން ދީފި

ސްރީލަންކާގައި ކޮރޯނާ ވައިރަސް ޖެހިގެން މަރުވާ މީހުން ވަޅުނުލައި އަންދަން ސަރުކާރުން މިދިޔަ އަހަރު ނިންމާފައިވާ ނިންމުން ބަދަލުކޮށް އެމީހުން ވަޅުލެވޭގޮތަށް ސަރުކާރުން ބުރާސްފަތި ދުވަހު ހަމަޖައްސައިފިއެވެ. މިއީ އެގައުމުގެ މުސްލިމުންނަށް ލިބުނު ވަރަށް އުފާވެރި ޚަބަރެކެވެ. ކޮރޯނާ ވައިރަސް ޖެހިގެން މަރުވާ މީހުން ވަޅުނުލައި އަންދަން ސަރުކާރުން ކަނޑައަޅާފައިވާ ނިންމުން ބަދަލުކުރިކަން މީޑިއާއަށް އެންގީ ހެލްތު މިނިސްޓްރީގެ ތަރުޖަމާނެވެ. ލަންކާ ސަރުކާރުން ކުރިން ނިންމާފައި ވަނީ ކޮރޯނާ ވައިރަސް ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި […]

ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައި ވީނަމަވެސް އެ ފާފަތައް ފުއްސަވާނެ: ޚުތުބާ

  ކިތަންމެ ގިނަ ފާފައެއް ކުރެވިފައި ވީނަމަވެސް އެ ފާފައެއް ފުއްސަވާނެ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. ﷲގެ ތަނަވަސް ރަހުމަތް ފުޅުގެ މަށްޗަށް ޚާއްސަ ކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ކިތަންމެ ގިނަ ފާފަތަކެއް ކޮށްފައިވީ ނަމަވެސް ފާފަތައް ފުއްސަވާނެ ކަމަށާ ނަމަވެސް އެ ފާފަތައް ފުއްސަވާނީ އިޚްލާސްތެރިކަމާ އެކު ތައުބާވެ ހެޔޮއަމަލު ކުރުމުން ކަމަށެވެ. “ ލޮބުވެތި އަޚުންނޭ! އަޅުގަނޑުމެންނަށް ކުރެވިފައިވާ ފާފަތަކު ގިނަކަމުން އެއްގޮތަކަށްވެސް މާޔޫސް ވާކަށް ނުޖެހޭ. ކިތަންމެ ގިނަ […]

ކާނިވާ ސަރަހައްދުގެ ބިންތަކުގެ މުއްދަތު އިތުރު ނުކުރުމަށް ނިންމައިފި

    ކާނިވާ ސަރަހައްދުން ދޫކޮށްފައިވާ ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމެއްނެތި މުއްދަތުހަމަވާ އެއްބަސްވުންތައް ބާތިކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މާލޭ ސިޓީކައުންސިލުން ބުނީ  މާލޭ ރީޑިވްލޮޕް ޕްލޭނިން ދަށުން އެ ޕްލޭނިން ތަންފީޒު ކުރުމަށް ކާނިވާ ސަރަހައްދުގައި ހުރި ބިންތައް ބެލެހެއްޓުމަށް ސިޓީކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ. ކައުންސިލުން ބުނީ ބިންތައް ހަވާލުކުރެއްވުމުގައި އެ ތަނުގައި ހުރި ވިޔަފާރިތަކުގެ އެއްބަސްވުންތައް ބެލެހެއްޓުމަށް ހަވާލުކޮށްފައިވަނީ ވެސް އެ ކައުންސިލަށް ކަމަށެވެ. އެގޮތުން  އެ ސަރަޙައްދުގައި މިހާރު […]

ޕާކިސްތާނާއި އީރާނާ ގުޅިގެން ޢަސްކަރީ ތަމްރީނުތަކެއް ހިންގަނީ

ޕާކިސްތާންގެ އިންޓަރ ސާވިސަސް ޕަބްލިކް ރިލޭޝަންސްގެ ޑިރެކްޓަރ ޖެނެ ރަލް މޭޖަރ ބާބަރު އިފްތިޚާރް، ޕާކިސްތާނުގެ އާރމީ ހެޑްކުއާޓާރސްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، އިރާނާ ގުޅިގެން ޢަސްކަރީ ތަމްރީނުތަކެއް ހިންގުމަށް ދެ ގައުމުންވެސް މިހާރު ތައްޔާރުވަމުން ދާކަމަށެވެ. ޗައިނާއާއި ޕާކިސްތާނަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް އޮންނަ ދެ ގައުމެވެ. މިހާތަނަށް މިފަދަ ހަރަކާތެއް ހިންގިފައި ނުވިނަމަވެސް ކައިރި މުސްތަގުބަލެއްގައި މިކަން ކުރާނެކަމުގެ ޔަގީންކަން މޭޖަރ ބާބަރު ވަނީ އަރުވާފައެވެ. އަދި ދާދިފަހުން ޕާކިސްތާނުގެ އާރމީ ޗީފް، ޖެނެރަލް […]

ރާއްޖެ އައިސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާގެ މައުލޫމާތެއް ދިން ފަރާތަކަށް އެއްލައްކަ ޑޮލަރު

ރާއްޖެއަށް އައިސް އުޅުނު ދުބާއި ދެމަފިރިންގެ ތެރޭން އަންހެންމީހާއަށް ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ. މިހާދިސާ ހިނގާފައި ވަނީ މިމަހު 13 ވަނަ ދުވަހުގައެވެ. އަދި ގެއްލިފައިވާ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ދިންފަރާތަކަށް 100000 ޑޮލަރު ދޭނެކަމަށްވެސް އޭނާގެ އާއިލާއިން މިހާރު ވަނީ އިއުލާނުކޮށްފައެވެ. އުމުރުން 33 އަހަރުގެ ޕާމާ ގުރްޝަރާންޖިޓް ސިންހްއާއި އޭނާގެ އަންހެނުން ގެއިޑަރް ވަސްކައިޓް ރާއްޖެ އައިސް ތިބީ މާމުނަގައު އިންޓަރ ކޮންޓިނެންޓަލް ރިސޯޓުގައެވެ. ވަސްކައިޓް އަކީ ކެނަޑާގެ ރައްޔިތެކެވެ. އޭނާ […]

ސައިހޮޓާ،ކެފޭ،ރެސްޓޯރެންޓުތައް ރޭގަނޑު 08:00 ގެ ފަހުން ހުޅުވުން މަނާކޮށްފި!

މާލެ ސިޓީގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ކުރިއަށް އޮތް ހަތް ދުވަހު ރޭގަނޑު އަށަކުން ފެށިގެން ކެފޭ ރެސްޓޯރަންޓުތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން މަނާކޮށްފިއެވެ. މީގެ ތެރޭގައި މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، އަދި ގުޅީފަޅުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ އެންމެހާ ތަންތަން ހިމެނޭނެ އެވެ. އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މި މަހުގެ 27 ވަނަ ދުވަހުން […]

ކޯވިޑް19: މިއަދު ފެނުނީ އިތުރު 184 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 184 މީހަކު ފައްސިވެއްޖެއެވެ.  މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 10 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން 24މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 145 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 19,346 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,441 އެކްޓިވް ކޭސް ހިމެނޭއިރު، 162 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ […]