އެމްޑީޕީ ކޯލިޝަންގެ ވެރިކަން: މިޔަންމާގެ ޚުދުމުޚުތާރު ވެރިކަމާ އެއްގޮތް ….؟

405

ފެންނަމުން މިދަނީ އެމްޑީޕީ ކޯލިޝަންގެ ވެރިކަމުގައި، ރާއްޖޭގައި ބާއްވާ މުޒާހަރާ މަނާކުރަމުން ހުއްޓުވަމުން ދާތަނެވެ.

ފެންނަމުން ދަނީ މިޔަންމާގެ ޚުދުމުޚުތާރު ވެރިކަމުގައި ވެސް މުޒާހަރާކުރުން މަނާކުރަމުން ހުއްޓުވަމުންދާ މަންޒަރެވެ.

ފެންނަމުން ދަނީ އެމްޑީޕީ ކޯލިޝަންގެ ވެރިކަމާއި މިޔަންމާގެ ޚުދުމުޚުތާރު ވެރިކަމާ އެއްގޮތް ވަމުންދާތަނެވެ.

މިޔަންމާގައި އޮތީ ސިފައިންގެ ޚުދުމުޚުތާރު ވެރިކަމެކެވެ. އެގައުމުގެ ސިފައިން އަނިޔާވެރިވިޔަސް ބުނާނެ އެއްޗެއް ނެތެވެ. އެއީ ރައްޔިތުންނަށް އިންސާފާއި ހަމަހަމަކާއި ބޯހިޔާވަހިކަމާއި ތަރައްގީ ގެނެސްދޭނޭކަމަށް ވައުދުވެގެން ވެރިކަމަށް އައިބައެއް ނޫނެވެ. އެއީ ޑިމޮކްރެޓިކް ވެރިކަމެއް ހަތިޔާރުގެ ބޭނުންކޮށްގެން ގަދަކަމަށް ފޭރިގެންފައިވާ އަނިޔާވެރިންނެވެ.

މިޔަންމާގެ ވެރިން ދަނީ މުޅި ދުނިޔެއާ ކުރިމަތިލަމުންނެވެ. އެމީހުން ދަނީ މުޒާހަރާ ކުރަން ނިކުންނަ މީހުން ފުނޑާލަމުންނެވެ. ކަރުނަގޭސް ޖަހަމުންނެވެ. ބަޑިޖަހައި މަރަމުންނެވެ. އެ މީހުން އެއްފަހަރުވެސް ހަމައެންމެ ފަހަރަކުވެސް ޑިމޮކްރަސީގެ ވާހަކައެއް ނުދައްކައެވެ. އެއީ ޑިމޮކްރެޓިކް ވެރިކަމެއް ހަތިޔާރުގެ ބޭނުންކޮށްގެން ފޭރިގެންފައިވާ އަނިޔާވެރި ބަޔަކަށްވީތީއެވެ.

އެކަމަކު …… ރާއްޖޭގައި …..

ރާއްޖޭގައި ވެރިކަން ކުރަމުންދަނީ ޑިމޮކްރަސީގެ ޗެމްޕިއަނުންނޭ ބުނާއަޑު އިވެއެވެ. އެއީ އެމްޑީޕީއާއި އެޕާޓީއާއި ގުޅިފައިވާ ޖޭޕީއާއި އަދާލަތާއި އެމްއާރުއެމްއެވެ. އެއީ ވެރިކަން ފޭރިގަތް ބައެއް ނޫނެވެ. އެއީ ރައްޔިތުންނަށް ވައުދާއި، ފޮނި ހުވަފެންދައްކައި ގެން ވެރިކަމަށް އައިބައެކެވެ. ވައުދުތައް ނުފުދި ދޮގާއި އޮޅުވާލުމަށް ބަދަލުވަމުން ދަނީއެވެ. ފޮނިހުވަފެންތައް ބިލާހަކަށް ވަމުންދަނީއެވެ.

ދިވެހިރާއްޖޭގައި އޮތީ ގިނަ ޕާޓީތައް ބައިވެރިވެގެން ބޭއްވި އިންތިޚާބަކުން ވެރިކަމަށް އައި އޯގާވެރި ބައެއްކަމަށް ބުނާ ބައެކެވެ. އެކަމަކު ހައިރާންވަނީ ރާއްޖޭގައި ވެސް ބަޔަކު މުޒާހަރާއެއް ކުރަން ހަމަ ނިކުންނަ އިރަށް މިޔަންމާގެ ޢަސްކަރީ ވެރިން ހަދާހެން ރައްޔިތުން ބަންދުކުރާތީއެވެ. ރައްޔިތުންގެ ގަޔަށް ކަރުނަ ގޭސް ޖަހާތީއެވެ. އަނިޔާވެރިކަމާއެކު މުޒާހިރީން ހައްޔަރުކުރާތީއެވެ.

ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ޚަބަރުތަކުގެ ބައެއް ސުރުޚީތަކުގައި ލިޔެފައިވެއެވެ.

” “މަގޭ ފްލެޓު ކޮބާ؟”ގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ މުޒާހަރާ

މިއަދުގެ މުޒާހަރާއަށް ފުރުސަތު ނުދޭނޭކަމަށް ބުނެ ފުލުހުންގެ ވަރުގަދަ އިންޒާރެއް

މުޒާހަރާ ފެށުމުގެ ކުރިން ހޯމް މިނިސްޓްރީއާއި ފުލުހުން މުޒާހަރާ ހުއްޓުވާނެކަމަށް ބުނެ އިންޒާރުދީ ބަޔާނެއް ނެރުނު

މުޒާހަރާ ފަށަން ނިންމާފައި އޮތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އޮފީސް ކުރިމަތިން

ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމް ދާއިރާ މެންބަރު މޮސްޓާ ހައްޔަރުކޮށްފި. އޭނާ ހައްޔަރުކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުން މާލޭގައި “މަގޭ ފުލެޓު ކޮބާ؟” ނަމުގައި ބާއްވާ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ކުރާ މަސައްކަތުގެ ތެރެއިންމުޒާހަރާ ފެށުމުގެ ކުރިން

ފުލުހުން ޕީޕީއެމްގެ އޮފީސް ކުރިމަތީ ސަފު އަތުރައި އޮފީސް ބަންދުކޮށްފި

މުޒާހަރާއިން ހައްޔަރުކުރި 30 މީހުން ދޫކޮށްލި އިރު 27 މީހަކު ޖޫރިމަނާ!”

މިޔަންމާގެ ރައްޔިތުން ފައުޖީ ބަޣާވާތާ ދެކޮޅަށް މުޒާހަރާކުރަން ނިކުތުމުން ފުލުހުންނާއި ސިފައިން މުޒާ އެބަ ހުއްޓުވައެވެ.

ދެންނިކަން މާލޭގައި ހުކުރު ދުވަހުގެ ބޭއްވި މުޒާހަރާއަށް ބައްލަވާ ލައްވާށެވެ!

މުޒާހަރާފެށުމުގެ ކުރިން މީހުން ހައްޔަރުކުރަން ފަށައިފިއެވެ. އިދިކޮޅު ސިޔާސީ ލީޑަރުންނެވެ. އިދިކޮޅު ޕާޓީގެ އޮފީހަށް ވަދެ ނުނިކެމެވޭ ގޮތަށް ޕާޓީ އޮފީސް ބަންދުކުރިއެވެ.

ފެންނަމުން ދަނީ އެމްޑީޕީ ކޯލިޝަން ވެރިކަމުން އެ ކޯލިޝަންގެ ވެރިކަން ހަލާކުކޮށް، ރައްޔިތުން ރުޅިއަރުވައި، ގާނޫނު އަސާސީ ފުނޑާލައި، ޑިމޮކްރަސީ ވެރިކަމެއްގައި ޚުދުމުޚުތާރުގެ ސިފަތައް އަށަގަންނަވައި، މިޔަންމާގެ ސިފައިންގެ އަނިޔާވެރިވެރިކަމާ އެއްގޮތް ކުރަމުންދާ މަންޒަރެވެ. އެކަމުން އެމްޑީޕީ ކޯލިޝަންގެ ވެރިކަން ވަރުގަދައެއް ނުކުރެވޭނެއެވެ. އަދި މުޒާހިރީންގެ ހިތްވަރު ފުނޑާލެވޭތަނެއްވެސް ނުފެނެއެވެ.

ހުކުރު ދުވަހުގެ މުޒާހަރާއާ ގުޅިގެން އެންމެ މޮޅު ވާހަކައެއް ވިދާޅުވީ ރައީސް ނަޝީދު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުން ގާނޫނީ ހަމަތަކުގެމަތީން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކެވެ.

ކުރީގެ ރައީސް އަދި މިހާރު ޕީޕީއެމްގެ އެޑްވައިޒަރ ޑރ. މުޙައްމަދު ވަޙީދު ޙަސަންމަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ލީޑަރުން ހައްޔަރުކޮށް، އިދިކޮޅު ކޯލިޝަންގެ އޮފީސް ބަންދުކުރިޔަސް ސަރުކާރުގައި ހުރި މައްސަލަތައް ހައްލު ނުވާނެ ކަމަށެވެ.

އަނިޔާވެރިކަމުން ސުލުހައާއި އިންސާފު ގާއިމެއް ނުކުރެވޭނެއެވެ.

މުޒާހަރާ ކުރުމަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގެކެވެ.

 

4 ހިޔާލުތައް

  1. ސައީދަށް އެގެންވީ ތިލިޔުން އޯކޭއެވެ. ނަމަވެސް މިހާރު ހޯމް މިނިސްޓަރަކަށް ހުންނެވީ މޭޑޭގެ ބައްޕައެވެ. ފުލުހުންގެ އިދާރާއަށް އެ މުޒާހަރާގައި ހަމަ ނުޖެހުމެއް ނުހިގާނެކަމަށް ބުނެ ފުލުހުންނާއި އޭރު އޮތް ގަވަރމެންޓަށް ގޮން ޖަހައި އެވެރިކަން ހަމަ ރޭވުމާއި ޙީލަތްތެރިކަމާއިއެކު ދޮގާ މަކަރުން ވައްޓާލުމަށް ހިންގި ބަޣާވާތުގެ ވެރިޔާއެވެ ވީމާ އޭނެއަށް ހީވާނީ އެހެންމީހުންވެސް ހަމަ އެސަކާރާތް ޖަހައިގެން ސަރުކާރު ދުއްވާލާނީއޭ އަދި އެހެންވެއްޖެނަމަ އޭނާ އަނެއްކާ ބަންދުގައި ހުންނަވަން ޖެހިދާނޭ. އަބަދުވެސް އެ އޮންނަ ސަރުކާރެއް ބޭނުންވީމާ ނުކުންނާނެ ފޯރސް އެއް އޮވޭނު. ދެން ކުޅިބަލަން ތިބެލާނީދޯ؟

  2. ހަމަހައްގުތެދެއް ތިޔަވިދާޅުވީ ރަށްޔިތުންނަށް ފޮނިވައުދާ ލޮނުވައުދު ބުނެގެން ވެރިކަމަށް އައި އެގަންޖާ 19 ގެ ބައިގަނޑުވެރިކަމާއި މިޔަންމާގެ ޚުދުމުޚުތާރުކަމާއި ހަމައެއްގޮތް ވަރަށް ވަރަށް ސާފް އިނގޭތޯ

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ