ސަރުދާރު ޕަޓޭލް ސްޓޭޑިއަމްގެ ނަން ބޮޑުވަޒީރު މޯދީގެ ނަމަށް ބަދަލުކުރުމުން ފާޑުކިއައި މަލާމާތްކުރަނީ

އިންޑިއާގެ އަޙުމަދު އާބާދުގައި ހުރި ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމް، ސަރުދާރު ޕަޓޭލް ކްރިކެޓް ސްޓޭޑިއަމްގެ ނަން، ނަރެންދުރަ މޯދީ ސްޓޭޑިއަމްގެ ނަމަށް ބަދަލު ކުރުމުން އިންޑިއާގައި ވަރަށް ބޮޑަށް ޚިޔާލުތަފާތުވެ ބަހުގެ ހަމަލާތަކެއް ބަދަލުކުރެވެން ފަށައިފިއެވެ. އަދި ޚިޔާލު ތަފާތުވުން އުފެދިފައިވާ އެމައްސަލަ ހައްލު ކުރަން ސަރުކާރަށް ވަނީޖެހިފައެވެ. މިމައްސަލަ އުފެދުނީ އަޙުމަދު އާބާދުގައި މާކުރިއްސުރެ ބިނާކޮށްފައިހުރި، ސަރުދާރު ޕަޓޭލް ކްރިކެޓް ސްޓޭޑިއަމް ބޮޑުކޮށް މަރާމާތުކޮށް ހުޅުވުމަށްފަހު، އެތައް ދުވަހެއް ފަހުން އެތަނުގެ ނަން، […]

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވެ މަސްވެރިކަން ކުރަމުންދިޔަ މަސްބޯޓެއް އަތުލައިގެންފި

    ގަވާއިދާއި ހިލާފަށް ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ވަދެ ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ މަސް ބޯޓެއް އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ބުނީ އިއްޔެ އަތުލައިގަތް މި މަސް ބޯޓުގައި އަށް ފަޅުވެރީން ތިބި ކަމަށާއި އެމީހުންނާ އެކު ބޯޓު ކުޅުދުއްފުށީ ބަނދަރަށް ވައްދާފައިވާ ކަމަށެވެ. އެމްއެންޑީއެފުން ބުނީ ލ. އަތޮޅު ބޮއެގެ އުތުރުން 30 މޭލު ބޭރުން ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މި މަސްބޯޓުގެ މައުލޫމާތު ލިބުނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ […]

ވޭމަންޑޫއަށް ކަރަންޓް ދިނުމަށް އިންޖީނެއް ގެންގޮސްފި  

    އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން ކަރަންޓްގެ ހިދުމަތް މެދުކެނޑިފައިވާ ތ. ވޭމަންޑޫއަށް ކަރަންޓްގެ ޚިދުމަތް ދިނުމަށް އިންޖީނެއް ގެންގޮސްފި އެވެ. ފެނަކައިން ބުނީ ވޭމަންޑޫ އަށް ވީހާވެސް އަވަހަކަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުން ދާކަމަށާ އެ ގޮތުން މިއަދު ހެނދުނުގެ ވަގުތުގައި އެ އަތޮޅު ގުރައިދޫން އިންޖީނެއް ވޭމަންޑުއަށް ގެންގޮސް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ވޭމަންޑޫއަށް އަލުން ކަރަންޓުގެ ހިދުމަތް ދިނުމުގެ ގޮތުން އެ އަތޮޅު ގުރައިދޫން […]

މެލޭޝިއާކިނީ ނޫހުގެ ސައިޓް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

މެލޭޝިއާކިނީ ނޫހުގެ ސައިޓްގައި ކިޔުންތެރިން ލިޔެފައިވާ ކޮމެންޓުތަކެއްގެ ސަބަބުން އެ ނޫސް 500000 ރިންގިޓު ނުވަތަ 124000 ޑޮލަރުން ޖޫރިމަނާކޮށްފިއެވެ. މެލޭޝިއާގެ ހިއުމަން ރައިޓްސް އެޑްވެކެޓުން ބުނާގޮތުގައި މިއީ އިންސާފުވެރި ނިންމުމެއް ނޫނެވެ. އަދި މިއީ ސަރުކާރުގައި ހުރި ކޮރަޕްޝަނުގެ މައްސަލަތަކާމެދު އަޑު އުފުލުން ހުއްޓުވުމަށް ކުރި ކަމެއްކަމަށް އެމީހުން ދަނީ ތުހުމަތު ކުރަމުންނެވެ. މެލޭޝިއާކިނީ ޖޫރިމަނާކޮށްފައި ވަނީ އެގައުމުގެ ސަރުކާރަށް ފުރައްސާރަކޮށް މާލާމާތް ކުރުމުގެ ކުށުގައެވެ. މި ކަމުގެ ދިފާއުގައި މި ނޫހުން ބުނެފައިވަނީ ކިޔުންތެރިން […]

އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ވެސްޓް ބޭންކަށް ދިން ހަމަލާއެއްގައި 13 މީހުން ހައްޔަރުކޮށްފި

އިޒްރޭލުގެ ސިފައިން މިދިޔަ އަންގާރަ ދުވަހު ވެސްޓް ބޭންކަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ 13 މީހުން ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ހަމާސްގެ މަޝްހޫރު ލީޑަރެއްވެސް ހިމެނޭ ކަމަށް ފަލަސްތީނުގެ އެންޖީއޯ އަކުން ވަނީ މައުލޫމާތު ދީފައެވެ. މިކަމާގުޅިގެން ފަލަސްތީނުގެ ޕްރިސަނާރ ސޮސައިޓީން ނެރުނު ބަޔާނުގައި ވާގޮތުން ހައްޔަރު ކޮށްފައިވާ މީހުންނަކީ ޓޫބާސް، ޖެނިން، ޖެރޫސަލަމް އަދި ހީބްރޮންގެ އަހުލުވެރިންތަކެކެވެ. އަދި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހަމާސް ގްރޫޕްގެ އިސް ވެރިއެއް ކަމުގައިވާ ފާއިޒް […]

އެމެރިކާގެ ރައީސް ސައުދީ ރަސްގެފާނު ސަލްމާނަށް ރަސްމީ ފޯނުކޯލެއް ކުރައްވަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒަށް މިހަފުތާގައި ފޯނުކޯލެއް ކުރައްވަން ނިންމަވައިފިއެވެ. މި ފޯނުކޯލު ތާވަލުކުރެވިފައި ވަނީ ޔޫއެސް އިންޓެލިޖެންސްއިން ޖަމާލް ޚަޝޯގްޖީގެ މަރުގެ މައްސަލާއާ ގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގާ ބެހޭ ރިޕޯޓު ނެރުމުގެ ކުރިންނެވެ. ޖަމާލް ޚަޝޯގްޖީއަކީ އެމެރިކާގެ މަޝްހޫރު ނޫސް ވެރިއެކެވެ. އޭނާ ގަތުލުކުރެވުނު މައްސަލާގައި ރަސްގެފާނު ސަލްމާންގެ ދަރިކަލަކު ބައިވެރިވެވަޑައިގަންނަވާކަމަށް ތަހުގީގުތަކުން ވަނީ ހާމަވެފައެވެ. އެމެރިކާގެ ޑިރެކްޓަރ އޮފް ނެޝަނަލް އިންޓެލިޖެންސް (ޑީ.އެން.އައި)އިން ނެރުނު ރިޕޯޓެއްގައިވާ […]

ހަސަދަ ބާލަންވެސް ހާމިދު ނުވާނެ ޕޮލިސް ބޯޑަށް ލާކަށް- ޝުއެއިބު

އެމްޑީޕީ އުފަންކުރުމުގައި ވަރަށް އިސްކޮށް މަސައްކަތް ކުރެއްވި ފުރަހަނި ޝުއެއިބު ވިދާޅުވީ ހަސަދައެއް ބާލަންނަމަވެސް އޭނާގެ އަޚު ޙާމިދު ޢަބުދުލް ޣަފޫރު ޕޮލިހުންގެ ބޮޑަށް ލާން ހެޔޮނުވާނެކަމަށެވެ. އޭނާއަށްވުރެ މާ މޮޅަށް ކިޔަވައިގެންތިބި އަޚުލާގީ ފެންވަރާއި ޙިކުމަތްތެރީން ތިބިއިރު އަދި ޕާޓީލައިނުން ބެލިކަމުގައިވިޔަސް އެފަދަ ގާބިލު މީހުން އެމްޑީޕީގައި އެބަތިއްބެވިކަމަށެވެ. ޝުއެއިބު ވިދާޅުވީ ޕާޓީގެ ރައީސް ނަޝީދަށް ވަރަށް އިޚުލާސްތެރިކަމާއިއެކު، ހަސަދަ ބާލަންނަމަވެސް އެގޮތަށް ޕޮލިސްމުއައްސަސާއަށް ޙާމިދު ނުލެއްވުމަށެވެ. ސަބަބަކީ ޙާމިދުގެ މައްޗަސް ތުޙުމަތުކުރެވޭ ވަރަށްބޮޑު މައްސަލައެއް […]

ވޭމަންޑޫ އިންޖީނުގޭގައި އަލިފާން ރޯވެ އިންޖީނުތައް އަދައިފި

  ތ. ވޭމަންޑޫ އިންޖީނުގޭގައި އަލިފާން ރޯވެ އިންޖީނުތައް އަނދައިފި އެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ ވޭމަންޑޫ އިންޖީނުގޭގައި ކުއްލިގޮތަކަށް އަލިފާނުގެ ހާދިސާއެއް ހިނގައި ބޭނުނުން ނުކުރެވޭވަރަށް އިންޖީނުތައް އެނދުމާ ގުޅިގެން ރަށުގެ ކަރަންޓްގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ. ވޭމަންޑޫން ވާހަކަ ދެއްކި މީހަކު ބުނީ އަލިފާން ރޯވުމުގެ ސަބަބުން އިންޖީނާއި އިންޖީނު އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އޭނާ ބުނިގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގީ މިއަދުގެ މެންދުރު އެއްގަޑިބައި އެހާއްކަށްހާރު […]

ތިމާވެއްޓާބެހޭ ބައިނަލް އަގްވާމީ ޖަމިއްޔާއެއްގެ މެންބަރަކަށް ވުމަށް މަޖިލީހުގެ ލަފާހޯދުމަށް ނިންމައިފި

    ތިމާވެއްޓާބެހޭ ބައިނަލް އަގްވާމީ ޖަމިއްޔާ އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައިޔޫސީއެން)ގެ މެންބަރަކަށް ދިވެހިރާއްޖެ ވުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް އެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފި އެވެ. ރައީސް އޮފީހުން ބުނީ އައިޔޫސީއެންގެ މެންބަރަކަށް ރާއްޖެ ވުމަށް މަޖިލީހުގެ ލަފައަކަށް ހުޅަހެޅުމަށް ރައީސް ސާލިހު ނިންމެވވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެންވަޔަރަންމަންޓް މިނިސްޓްރީން އިން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ. […]

ޗެމްޕިއަންސް ލީގް: ޗެލްސީއަށް މުހިންމު މޮޅެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ’ރައުންޑް އޮފް 16‘ ގެ ފުރަތަމަ ލެގްގައި ރޭ ޗެލްސީއާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗް 1-0 ގެ ނަތީޖާއިން ޗެލްސީ ކާމިޔާބު ކޮށްފިއެވެ. މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައެވެ. ގިނަ އެޓޭކްތަކެއް ފެނިގެން ދިޔަ ނަމަވެސް މިހާފްގައި ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ. މެޗުގައި ފެނިގެން ދިޔަ ހަމައެކެނި ގޯލް މެޗްގެ 68 ވަނަ މިނިޓުގައި ޗެލްސީއަށް ކާމިޔާބު ކޮށްދިނީ އޮލީވިޔާ ޖިރޫޑްގެ […]