ވޭމަންޑޫއަށް ކަރަންޓް ދިނުމަށް އިންޖީނެއް ގެންގޮސްފި  

Loading

Facebook
Twitter
WhatsApp

 

 

އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން ކަރަންޓްގެ ހިދުމަތް މެދުކެނޑިފައިވާ ތ. ވޭމަންޑޫއަށް ކަރަންޓްގެ ޚިދުމަތް ދިނުމަށް އިންޖީނެއް ގެންގޮސްފި އެވެ.

ފެނަކައިން ބުނީ ވޭމަންޑޫ އަށް ވީހާވެސް އަވަހަކަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުން ދާކަމަށާ އެ ގޮތުން މިއަދު ހެނދުނުގެ ވަގުތުގައި އެ އަތޮޅު ގުރައިދޫން އިންޖީނެއް ވޭމަންޑުއަށް ގެންގޮސް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވޭމަންޑޫއަށް އަލުން ކަރަންޓުގެ ހިދުމަތް ދިނުމުގެ ގޮތުން އެ އަތޮޅު ގުރައިދޫން 360 ކިލޯ ވޯޓުގެ ޖެންސެޓެއް މިއަދު ހެނދުނުގެ ގެންގޮސްފައިވާއިރު، މިރޭ ވޭމަންޑޫއަށް ކަރަންޓު ފޯރުކޮށްދެވޭނެކަމަށް ވެސް ފެނަކައިން ބުނެއެވެ.

އިއްޔެ މެންދުރު ވޭމަންޑޫގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އިންޖީނުތައް ހަލާކުވުމުގެ ސަބަބުން އެރަށު ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތެއް އަދި ލިބިފައި ނުވއެވެ. 1000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އެރަށު ރައްޔިތުން ރޭ ހޭދަކުރީ ކަނު އަނދިރީގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް