އެމެރިކާގެ ރައީސް ސައުދީ ރަސްގެފާނު ސަލްމާނަށް ރަސްމީ ފޯނުކޯލެއް ކުރައްވަނީ

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ރައީސް ޖޯ ބައިޑެން ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒަށް މިހަފުތާގައި ފޯނުކޯލެއް ކުރައްވަން ނިންމަވައިފިއެވެ. މި ފޯނުކޯލު ތާވަލުކުރެވިފައި ވަނީ ޔޫއެސް އިންޓެލިޖެންސްއިން ޖަމާލް ޚަޝޯގްޖީގެ މަރުގެ މައްސަލާއާ ގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގާ ބެހޭ ރިޕޯޓު ނެރުމުގެ ކުރިންނެވެ.

ޖަމާލް ޚަޝޯގްޖީއަކީ އެމެރިކާގެ މަޝްހޫރު ނޫސް ވެރިއެކެވެ. އޭނާ ގަތުލުކުރެވުނު މައްސަލާގައި ރަސްގެފާނު ސަލްމާންގެ ދަރިކަލަކު ބައިވެރިވެވަޑައިގަންނަވާކަމަށް ތަހުގީގުތަކުން ވަނީ ހާމަވެފައެވެ.

އެމެރިކާގެ ޑިރެކްޓަރ އޮފް ނެޝަނަލް އިންޓެލިޖެންސް (ޑީ.އެން.އައި)އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުގައި ސައުދީ އަމީރު މުޙަންމަދު ބުން ސަލްމާނަށް ނޫސްވެރިޔާގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވެއެވެ. ޖަމާލް ކަޝޯގްޖީއަކީ އެމެރިކާގެ މަޝްހޫރު ނޫހެއް ކަމުގައިވާ ވޮޝިންގްޓަން ޕޯސްޓުގެ އިސް މަގާމެއް އަދާކުރާ މީހެކެވެ. އަދި އޭނާ ވަނީ އެކިފަހަރު މަތިން ޝާހީ އާއިލާއާ ބެހޭ ޚަބަރުތައްވެސް ޝާއިޢުކޮށްފައެވެ.

ޚަޝޯގުޖީ މަރާލާފައި ވަނީ 2018 ވަނަ އަހަރު އިސްތަމްބޫލުގައެވެ. އަދި މިކަން ކޮށްފައިވަނީ ސައުދީ އޭޖެންޓުންގެ ޓީމަކުންކަން ކަމާބެހޭ ތަހުގީގު ތަކުން ވަނީ ހާމަވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް