ހަސަދަ ބާލަންވެސް ހާމިދު ނުވާނެ ޕޮލިސް ބޯޑަށް ލާކަށް- ޝުއެއިބު

Loading

Facebook
Twitter
WhatsApp

އެމްޑީޕީ އުފަންކުރުމުގައި ވަރަށް އިސްކޮށް މަސައްކަތް ކުރެއްވި ފުރަހަނި ޝުއެއިބު ވިދާޅުވީ ހަސަދައެއް ބާލަންނަމަވެސް އޭނާގެ އަޚު ޙާމިދު ޢަބުދުލް ޣަފޫރު ޕޮލިހުންގެ ބޮޑަށް ލާން ހެޔޮނުވާނެކަމަށެވެ. އޭނާއަށްވުރެ މާ މޮޅަށް ކިޔަވައިގެންތިބި އަޚުލާގީ ފެންވަރާއި ޙިކުމަތްތެރީން ތިބިއިރު އަދި ޕާޓީލައިނުން ބެލިކަމުގައިވިޔަސް އެފަދަ ގާބިލު މީހުން އެމްޑީޕީގައި އެބަތިއްބެވިކަމަށެވެ.

ޝުއެއިބު ވިދާޅުވީ ޕާޓީގެ ރައީސް ނަޝީދަށް ވަރަށް އިޚުލާސްތެރިކަމާއިއެކު، ހަސަދަ ބާލަންނަމަވެސް އެގޮތަށް ޕޮލިސްމުއައްސަސާއަށް ޙާމިދު ނުލެއްވުމަށެވެ. ސަބަބަކީ ޙާމިދުގެ މައްޗަސް ތުޙުމަތުކުރެވޭ ވަރަށްބޮޑު މައްސަލައެއް ފުލުހުންގެ މުއައްސަސާގައި އޮތްއިރު އެބޯޑަށް އެނާ އައްޔަންކުރައްވަން ރައީސް ނަޝީދު މަސައްކަތް ކުރެއްވުމަކީ އެމްޑީޕީ ގަބޫލުކުރާ އިސްލާޙަށް އެޅޭ ވަރަށްބޮޑު ހުރަހަކަށް ވެގެންދާތީކަމަށެވެ.

އާދެ! ފުލުހުންގެ މުއައްސަސާ އިސްލާޙުކުރަން ޖެހޭކަމަށް ހުރިހާ އެންމެވެސް ގަބޫލުކުރެއެވެ. އަޅުގަނޑު މިހެން މިދަންނަވަނީ އެމްޑީޕީ އުފަށްދަން ވަރަށް ބުރަކޮށް އިޚުލާސްތެރިކަމާއިއެކު މަސައްކަތްކުރި މީހެއްގެ ޙައިސިއްޔަތުން، އިސްލާހަށް މަސައްކަތްކުރާ މީހެެއްގެ ޙައިސިއްޔަތުން އަދި ކަންކަމުގައި ބިނާކުރަނިވި ފާޑުކިޔާ މީހެއްގެ ޙައިސިއްޔަތުން ރައިސް ނަޝީދަށް ދަންނަވަންއޮތީ އެނޫން އެހެން މަގާމެއް ”ގޭތެރެއިން ނަމަވެސް“ ހޯއްދަވާފައި ޙަވާލުކުރަށްވާށޭ ފުލުހުންގެ ބޯޑަށް ޙާމިދު ޢަބުލް ޢަފޫރު އައްޔަން ކުރަށްވަން މަސައްކަތް ނުކުރައްވާށޭ ޝުއެއިބު ވިދާޅުވިއެވެ.

ޙާމިދު އެމަގާމަށް ލުމަށް އެމްޑީޕީގެ ބައެއް އެހެން މެމްބަރުން ދެކޭގޮތް ތަފާތެވެ. އެގޮތުން ލަންދޫ އިބްރާހިމް ވިދާޅުވަނީ މިދުނިޔޭގެ ބިމަކުން ޙާމިދު ޢަބުދުލް ޢަފޫރުވަރުގެ މާތް މޮޅުމީހެއް އެމަގާމަށް އައްޔަންކުރުމަކަށް ނުލިބޭނެކަމަށެވެ. އެއީ އަނިޔާލިބި އަނެއްކާ އިސްލާޙަށް މަސައްކަތްކުރި މީހެއެގެ ޙައިސިއްޔަތުން އޭނާ ދަންނަވާ ދެންނެވުމެއްކަމަށެވެ. އަދި ހާމިދު އެމަގާމަށް އައްޔަންކުރަން އެ ނިންމެވި ނިންމުމަކީ ރައީސް ނަޝިދަށް ސިޔާސީގޮތުން ނިންމޭނެ އެންމެ މޮޅު ނިންމުންކަމުގައި އޭނާ ވިދާޅުވިއެވެ.

ފަހަކަށް އައިސް ފުރަހަނި ޝުއޭބުގެ ސަޕޯޓަރުންނާއި އެމްޑީޕީގެ ރައީސް ނަޝީދުގެ ހާރޑްކޯ ސަޕޯޓަރުންނާއި ދެމެދު މިވަނީ ބަހުގެ ޙަމަލާތަށް އިތުރުވެފައެވެ. އަދި ޝުއެއިބު ވަނީ އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީއިން ވެސް ސަސްޕެންޑް ކޮށްފައެވެ.

”ނޯގޯތި ނޯވޯޓް“ ކެންޕޭން އިސްވެހުރެ އެމްޑީޕީގެ ސިޔާސަތާއި ވަޢުދާއި އެއްގޮތަށް ގޯތީނުދީ ފުލެޓްތަކަށް ރައްޔަތުން ލުމަށް މިހާރުކުރަމުން ގެންދާ މަސައްތަކަށް ޝުއެއިބް ދަނީ ފާޅުގައި ދެކޮޅުހަދާ އެސިޔާސަތު ބަދަލުކުރުވާނެކަމަށް ވިދާޅު މަސައްކަތް ކުރަމުންނެވެ.

 

Loading

5 Responses

  1. ހޮނޑާފުށީ ގޮނޑުދޮށުން ބަނގުރާބޮއިގެން ފުލުހުންގެ ތަހްގީގަށް ކުޑަކަމުދާތަކެތި ބޭނުންވެގެން އެއްބާރުލުން ނުދިންމީހަކު ކިތަންމެމޮޅުވެގެން ޕޮރޮފެސަރަކަށް ވިއަސް ފުލުހުންގެ ބޯޑަށް އެފަދަނުބައި ޖާހިލަކު ލީމާދެންވާނެގޮތް ދިވެހިންގެކޮންމެ މީހަކުވެސް ހިތަށްގެންނަވާ ވަރަށްސާފް ދެންވާނެގޮތެއް

  2. އަންނި އަކީ ވަރަށް ބޮޑު ޑިކުޓޭޓަރެއްގެ ގޮތުގައި ތާރީޚުގައި މިލިޔެވެނީ. އޭނާއަކި މައުމޫނުގެ ޑިކްޓޭޓަރޝިޕާ ދެކޮޅަށް ދިވެހިން ގެނައިބަދަލުގެ އުންމީދު. ނަމަވެސް ވެރިކަން ލިބި ރައީސްއަކަށްވެ އަދި އެބާރު ވައިރަސްއެއްގެ ގޮތުގައި އޭނާގެ ސިކުނޑިއަށް ވަނުމަށްފަހު އެބަދަލުވީ ކަލްޓަކަށެވެ. ކަލްޓުންނަކީ ވަރަށް ވަރުގަދަ ދޮގުވެރިބައެކެވެ. އެއީ ހައްދުފަހަނާއަޅާ ދިއުމެވެ. ހާމިދު ޕޮލިސް ބޯޑަށް ލުމަށް އޭނާ މަރުދޭނެތާއެވެ. އެއީ ތަނެއް ޚާރާބުކުރަންވީމާ އޭނާ އަމިއްލަ ބަހުންނަމަ ފަންޏެއް އަޅުވަންޖެހެއެވެ. އެގޮތުން އޭނާގެ ކާމިޔާނު ބަޔާން އަމިއްލަ ބަހުން ކުރަނީ “ އަހަންނަށް އެނގޭ ޔާމީނުގެ ވެރިކަން ޚަރާބު ކޮށްލެވޭނީ ފަންޏެއް އަޅުވައިގެންކަން. އެފަނި އަހަރެން އެޅުވީ، އެއީ ބުރޯ އަދީބު ނައިބުރައީސްއަކަށް މަބުނެގެން އެމްޑިޕީ އެމްޕީންގެ ވޯޓްހޯދައިދީގެން“
    އޭގެ ކުރިއަށްވެސް ބަލާލެވިދާނެއެވެ. ޖޭއެސްސީ އަށް ވެލިޒިނީ އިސްކުރީވެސް ހަމަ އެގޮތަށެވެ. އެމްޑީޕީގެ ކިޔަވައިގެން ތިބި ކިތަންމެ ބަޔެއްގެ ދެކޮޅަށެވެ. ހަމަ ބޭނުންވީ ފަނި އަޅުވައި އެތަނުގެ ކަރާމާތް ފުނޑާލާށެވެ. އެކެންވެސް އަންނި ހަމަ ކުރިނޫންތޯއެވެ. ވީމާ ހަމަ ލަންދޫ ބުނާހެން އެވަރެއް ނެތެވެ. ދެން އަތްޖަހާފަ ނަށާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް