އަމިއްލަ ގޮތުން ވާދަކުރައްވައި މެންބަރުކަމަށް އިންތިޚާބުވި އިތުރު ބޭފުޅަކު ޕީއެންސީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި މެންބަރުކަމަށް އިންތިޚާބުވި އިތުރު ބޭފުޅަކު ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ. ޕީއެންސީއަށް ސޮއިކުރެއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރުކަމަށް އިންތިޚާބުވި މުޙައްމަދު ރަޝީދެވެ. އަމިއްލަ ގޮތުން ވާދަކުރައްވައި ހޮވުނު އިތުރު 6 މެންބަރަކު ވެސް ވަނީ ޕީއެންސީއަށް ސޮއިކުރައްވައިފައެވެ. އިއްޔެ ޕީއެންސީއަށް ސޮއިކުރެއްވީ ޑރ. އަނާރާ ނަޢީމް (ހުރާ ދާއިރާ) އާއި ޙަސަން ޒަރީރު (މަތިވެރި ދާއިރާ) އާއި އަޙްމަދު ޒަމީރު (މައްޗަންގޮޅި މެދު ދާއިރާ) އާއި އަޙްމަދު ރިޔާޒް (ތިމަރަފުށި ދާއިރާ) […]

ޝައިޚު މޫސާ ޖަމީލު އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

މިދިޔަ ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ މިހާރުގެ ރައީސް ޢަބުދު ﷲ ޝާހިދުގެ ބައްޕާފުޅު ޝައިޚު މޫސާ ޖަމީލު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. ޝައިޚު އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅުން 88 އަހަރެވެ. ސޯޝަލްމީޑިއާގެ ޕްލެޓްފޯމެއްކަމަށްވާ އެކްސް މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޝައިޚު މޫސާ ޖަމީލު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއެކުގައިކަމަށެވެ. ެރައީސްގެ މެސެޖުގައި ވަނީ މާތް ﷲ […]

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މެއި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލައިފިއެވެ. ރައީސް އޮފީހުން ބުނީ ގައުމީ އިނާމަށް އެދޭ ފޯމާއި، ފޯމާއެކުގައި ހުށަހަޅާންޖެހޭ ތަކެތި ހުށަހަޅާނީ، ޕޯޓަލް މެދުވެރިކޮށްގެންނާއި، ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅުއްވައިގެން ކަމަށެވެ. އަދި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ނަމަ ހުށަހަޅާނީ، http://apply.presidency.gov.mv އަށް ކަމަށާއި ފޯމު ފުރިހަމަކުރުމަށްފަހު ލިޔުމުން ހުށަހަޅާނަމަ ހުށަހަޅާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނަށް ކަމަށެވެ. […]

ސައުދީ އަރަބިއާގެ ނިއޮމް ޕްރޮޖެކްޓް ނިންމުމަށް ޗައިނާގެ އެހީތެރިކަމަށް ސައުދީއިން އެދެނީ

ސައުދީ އަރަބިއާއިން ފަށާފައިވާ މެގަޕްރޮޖެކްޓްގެ ސްކޯޕާއި، ބަޖެޓާއިމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅުގައި، ނިއޮމް ރޯޑް ޝޯވ ހިފައިގެން ސައުދީ އަރަބިއާއިން ޗައިނާ އަށް ހިނގައްޖެއެވެ.  ޗައިނާ އިންވެސްޓަރުން ހޯދުމަށް ނިއޮމްގެ ހިންގުންތެރިން ކުރި މިދަތުރުގައި، ޗައިނާގެ ބެއިޖިންގްއަށާއި، ޝަންގްހައިއަށާއި، ހޮންގްކޮންގް އަށް ގޮސްފައިވާއިރު، ސައުދީއިން ތައްޔާރުކުރާ މެގަސިޓީގެ އިތުރު މައުލޫމާތު އެފަރާތްތަކާއިއެކު ހިއްސާކޮށްފައިވެއެވެ.  އެގޮތުން، އަދި އެއްވެސް ފަރާތަކާއެކު އެއްބަސްވުމަކަށް އައިސްފައިނުވިނަމަވެސް، މި ބައްދަލުވުންތަކުގެ ބައިވެރިއަކާއި ހަވާލާދީ އޭއެފްޕީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެގްޒިބިޝަނުގެ ސަބަބުން […]

ޔާމީނަށް އިއްވި ހުކުމް ބާތިލުކުރި މައްސަލަ އިސްތިއުނާފުކުރުމާމެދު ދައުލަތުން ގޮތެއް ނިންމަނީ

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކުރި މައްސަލަ އިސްތިއުނާފުކުރުމާމެދު އަދި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ބުނެފިއެވެ. ވ.އާރަށް ކުއްޔަށް ދޫކުރުމުގެ ނަމުގައި ޚިޔާނަތް ހިންގި ކަމަށް ބުނާ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ 11 އަހަރުގެ ޖަލު ހުކުމެއް […]

މަޖިލީހަށް އަލަށް އިންތިޚާބުވި މެންބަރުން ހުވާކުރެއްވުމުގެ ޖަލްސާ މެއިމަހުގެ 28 ގައި

ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިޚާބުވި މެންބަރުން ހުވާކުރެއްވުމުގެ ޖަލްސާ އަންނަ މެއިމަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެންބަރުން ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން މެންބަރުކަމުގެ ހުވާކުރުން މެއި 28 ގައި އޮންނާނެ ކަމަށެވެ. އަދި އެކަމާ ގުޅޭ ތައްޔާރީތައް މަޖިލީހުގެ އިދާރާއިން ކުރަމުން މިހާރު ގެންދާ ކަމަށެވެ. މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު […]

ދިއްގަރުގައި 75 ހައުސިން ޔުނިޓު އިމާރާތް ކުރަނީ

މ.ދިއްގަރުގައި 75 ހައުސިން ޔުނިޓު އިމާރާތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ޢަބްދުﷲ ޒިޔާދެވެ. މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ ޙަމީދެވެ. މި މަޝްރޫއުގެ ދަށުން، 1000 އަކަފޫޓުގެ ސަރަހއްދެއްގައި 3 ފަންގިފިލާގެ 75 ފްލެޓް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ޔުނިޓެއްގައި […]

ކިނބިދޫ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ތ.ކިނބިދޫ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފެށުމުގެ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މަސައްކަތް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.ޢަބްދުﷲ މުއްޠަލިބެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 148,207,546.80 ރުފިޔާއަށެވެ. 21 އޮގަސްޓް 2023 ގައި އެމްޓީސީސީއާ މި މަަޝްރޫއު ހަވާލުކުރީ 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ކިނބިދޫގެ އިރުމަތީ ފަރާތަށް 25 ހެކްޓަރުގެ ބިން އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވިލުފުށްޓާއި ބިލެތްފަހީގެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

‏ތ.ވިލުފުށި އަދި ށ.ބިލެތްފަހި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ އިއްޔެ ހަވާލުކޮށްފިއެވެ. އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަޙްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި ވިލުފުށީ ކައުންސިލްގެ ރައީސް ޙުސައިން ޖަބީންއާއި […]

ކޮމަންޑުއާއި ގުރައިދޫ އެއާޕޯޓުގެ ޑިޒައިން އަދި އީއައިއޭ ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

‏ށ. ކޮމަންޑުއާއި ތ.ގުރައިދޫ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި ސާވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ  ހަވާލުކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކޮމަންޑޫ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި ސާވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ސޮއިކުރައްވާފައިވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޡީމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީއެވެ. މި […]