ރައީސް ޔާމީން މިނިވަންވެއްޖެ

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވިތާ އެތަކެއް ދުވަސް ފަހުން އެ މައްސަލަ އަލުން ދަށު ކޯޓުން ބަލަން ހައިކޯޓުން މިއަދު އެންގުމުން އެމަނިކުފާނު މިނިވަންވެއްޖެއެވެ. ވ.އާރަށް ކުއްޔަށް ދޫކުރުމުގެ ނަމުގައި ޚިޔާނަތް ހިންގި ކަމަށް ބުނާ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ 11 އަހަރުގެ ޖަލު ހުކުމެއް […]

އާރަށުގެ ޚިޔާނާތުގެ މައްސަލަ: ޔޫސުފް ނަޢީމްގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށް އަލުން ބެލުމަށް އަންގައިފި

ވ.އާރަށުގެ ޚިޔާނާތުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމްގެ މައްޗަށް ކުރި ދައުވާ އަލުން ދަށުން ކޯޓުން ބެލުމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ. އާރަށުގެ ޚިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ރިޝްވަތު ދިންކަމަށް ބުނެ ދައުލަތުން ޔޫސުފް ނަޢީމްގެ މައްޗަށް ކުރި ދައުވާތައް ދަށު ކޯޓުން އަލުން ބެލުމަށް ހުކުމްކުރީ އެ މައްސަލާގެ އިސްތިއުނާފު މަރުހަލާގެ އަޑުއެހުންތައް ނިމި ހުކުމްކުރުމަށް ހައިކޯޓުން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ. ހައިކޯޓުން […]

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އިބްރާހީމް ޙިލްމީ އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު, ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ މިއަދު އައްޔަން ކުރައްވައިފިއެވެ. ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީއަށް މޭޖަރ ޖެނެރަލްގެ ރޭންކު ހަވާލުކުރެއްވުމަށް ބަންޑާރަކޮށީގައި މިއަދު ހެނދުނު ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި ރޭންކު ހަވާލުކޮށްދެއްވީ ރައީސް ޑރ.މުޢިއްޒެވެ. އަދި ރޭންކު ހަވާލުކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު […]

ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފި

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ. 39 އަހަރުގެ ޚިދުމަތަށްފަހު އޭނާ ރިޓަޔަރ ކުރެއްވީ އުމުރުން 60 އަހަރު ފުރުމާއެކު ސިފައިންގެ ގާނޫނުގައިވާ ގޮތުގެ މަތިން ރޭ ސިފައިންގެ މައިމަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތަށް ޢަބްދުއްރަޙީމް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނަރ ގާޑެއް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. […]

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މާދަމާ

ުކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މާދަމާ ބާއްވަން ތާވަލުކޮށްފިއެވެ. މި މައްސަލައިގެ ހުކުމް އިއްވުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރަށެވެ. ރައީސް ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ވ.އާރަށުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލި ދެ ދައުވާއާ ގުޅޭ މައްސަލައެވެ. އެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އިއްވީ ރިޝްވަތު ގަބޫލުކުރުމާއި, މަނީ ލޯންޑަރ ކުރުމުގެ ދައުވާއެވެ. މި ދެ ދައުވާާ ސާބިތުވުމުން […]

ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރައްވާ ޕީއެންއެފްގެ ކެންޑިޑޭޓަށް ތާއީދުކުރަން އެމްޑީޕީއިން ނިންމައިފި

އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ކެންޑިޑޭޓަށް ތާއީދުކުރަން އެމްޑީޕީއިން ނިންމައިފިއެވެ. ފުވައްމުލަކު އުތުރު ދާއިރާއަކީ މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީން ވާދަނުކުރާ ދާއިރާއެކެވެ. އެމްޑީޕީން މިއަދު ބުނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީއިން ވާދަނުކުރާ ދާއިރާއެއްކަމަށްވާ ފުވައްމުލަކު އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ މުޙައްމަދު ޝަރަފުއްދީން ދަނޑިމަގު. އަނޯނާގެ / ޏ. ފުވައްމުލަކު (ކެންޑިޑޭޓް ނަންބަރު 2) އަށް އެ […]

ބޯކޮށް ވާރޭވެހޭނެކަމާއި އުދައަރާނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މިރޭ ބޯކޮށް ވާރޭވެހި ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ. މެޓް އޮފީހުން ވަނީ ހއ.އަތޮޅުން ފެށިގެން ގދ.އަތޮޅަށް ހުދު ސަމާލު ވެސް ނެރެފައެވެ. ސަމާލު ނެރެފައިވަނީ މެންދަމު 00:30 އަށެވެ. މެޓް އޮފީހުން ހާމަކުރި ގޮތުގައި ރާއްޖޭގެ އެކި ހިސާބަށް މިރޭ ވިއްސާރަކޮށް ގުގުރައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން ވެސް އެކަށީގެންވެއެވެ.

މަޖިލިސް އިންތިޚާބު: ޕީއެންއެފްއިން އަތޮޅުތެރެއަށް ދަތުރު ފަށައިފި

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކެމްޕޭނަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އަތޮޅުތެރެއަށް ދަތުރު ފަށައިފިއެވެ. ޕީއެންއެފް މަޖިލިސް ކެމްޕެއިން އަތޮޅުތެރޭ ދަތުރު މިއަދު ފަށާފައިވާއިރު ފުރަތަމަ ދަތުރުގައި ދިއުމަށް ހަމަޖެހިފައިވަނީ ކ.ހުރާ އަދި ހިންމަފުށްޓަށެވެ. ޕީއެންއެފްގެ ފަރާތުން ހުރާ ދާއިރާއަށް ވާދަކުރައްވަނީ އާމިނަތު ރުޢްލާ އަޙްމަދު (ރުލާ) އެވެ. ޖުމްލަ 93 ދާއިރާއަށް މިފަހަރު މެންބަރުން އިންތިޚާބުކުރާއިރު ހުރާ ދާއިރާއަކީ އަލަށް އިތުރުކުރެވުނު ދާއިރާއެކެވެ. މި ދާއިރާގައި ހިމެނެނީ ހުރާގެ އިތުރުން ހިންމަފުށްޓާއި ގުޅިއެވެ. ޕީއެންއެފްއިން […]

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ފާސްކުރި ބިލު ތަސްދީގު ކުރައްވައިފި

ޕާޓީ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ މެންބަރުން ޕާޓީ ބަދަލުކުރުމުން މެންބަރުކަމުން އިސްތިއުފާ ދޭންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ. އެންޓި ޑިފެކްޝަން ބިލަކީ އެޕްރީލް މަހުގެ 1 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ބިލު މިއަދު ވަނީ […]

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންނާއި ރައީސާއި ނައިބު ރައީސް އައްޔަންކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް މިއަދު ބޭފުޅުން އައްޔަންކުރައްވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުޢިއްޒުވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިފައިވާ ކަމަށެވެ. އެގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވީ ފުވައްމުލައް ސިޓީ ދަޑިމަގު. ގްލޯރީގެ އިސްޙާޤު ޙުސައިނެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ނައިބު ރައީސްކަމަށް އައްޔަންކުރެއްވީ ޅ.ހިންނަވަރު، […]