ހޮރްމުޒް ކަނޑުއޮޅީގެ މައްސަލާގައި ރައީސް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތަށް ޗައިނާއިން ދެކޮޅު ހަދައިފިއެވެ. އަދި މި ދެބަސްވުމުގެ ސަބަބުން އެމެރިކާއާއި ޗައިނާއިން ދުނިޔޭގެ މައްސަލަތަކުގައި ގެންގުޅޭ ވިސްނުން އިތުރަށް ފުޅާވެގެން ހިގައްޖެއެވެ.
މި ތަފާތު ވިސްނުން އެންމެ ބޮޑަށް ފުޅާވެގެން ގޮސްފައިވަނީ ދުނިޔެއަށް ބޭނުންވާ ހަކަތަލިބުމަށް ހޮރްމުޒް ކަނޑުއޮޅީގެ މައްސަލާގައި މެދުވެރިވެފައިވާ ހުރަސްތަކުގެ ސަބަބުންނެވެ. ޗައިނާއާއިއިރުމަތީގެ އެހެން ގައުމުތަކަށް ބޭނުންވާ ހަކަތަ އާއި އިގްތިސާދުގައި ހޮރްމުޒް ކަނޑުއޮޅި ހުޅުވާފައިއޮތުމަކީ ވަރަށް މުހިންކަމެކެވެ. ޗައިނާއިން ދެކޭގޮތުގައި އީރާނަށް ޖެއްސުންކުރުމުގެގޮތުން 2026 ވަނައަހަރު ޖުލައިމަހު އެމެރިކާއިން އަޅާފައިވާ ނޭވަލް ބްލޮކް އާއި އަދި އެ ކަނޑުއޮޅި ހުރަސްކޮށް ދުނިޔޭގެ ބާޒާރަށް ފޯރުކޮށްދެވޭ ހަކަތައަށް ސެކިއުރިޓީ ފޯރުކޮށްދިނުމުގެ ނަމުގައި އެ ޝިޕްމެންޓްތަކުގެ އަގުގެ %20 އެމެރިކާއަށް ދޭންޖެހޭގޮތަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާން ކުރެވުމުން ދުނިޔޭގެ ބާޒާރު އުފުލަން ޖެހުން ތަކްލީފްތަކަކީ އެމެރިކާއިން އުފަންކުރުވި ކަންތައްތަކެވެ. ރައީސް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ ހޮރްމުޒް ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށް ދުވާލަކު 20 މިލިއަން އެމެރިކާ ޑޮލަރ އެމެރިކާއިން ޚަރަދު ކުރަން ޖެހޭ ކަމަށެވެ. ރައީސް ޓްރަމްޕްގެ މި ވާހަކަފުޅަށް ރައްދު ދެއްވައި ޗައިނާ ޚާރިޖިއްޔާއިން ވަނީ އެމެރިކާއިން އީރާނާ ދެކޮޅަށް ޣައިރު ގާނޫނީ ހަނގުރާމައެއް ފެށުމާ ހަމަޔަށް އެ ކަނޑުއޮޅިއޮތީ އެއްވެސް އަގެއް ދިނުމަކާ ނުލައި އާންމު ދަތުރުތަކަށް ހުޅުވާލާފައިކަން ހަނދާންކޮށްދީފައިވެއެވެ. ގަލްފުގެ ގައުމުތަކުގެ ވިޔަފާރިއާއި އިންވެސްޓްމެންޓް ތަކަށް މަގުހުޅުވާލުމާއެކު ޖެހިގެން އައި ދުވަހު ރައީސް ޓްރަމްޕް ވަނީ އެމެރިކާއަށް ދޭންޖެހޭނެކަމަށް ކުރެއްވި އިއުލާން %20 އަނބުރާ ގެންދަވާފައެވެ. ހޮރްމުޒް ކަނޑުއޮޅިގެ މައްސަލާގައި ހަނގުރާމަކުރުމުގެ ބަދަލުގައި މަޝްވަރާގެ އުސޫލުން ހައްލު ގެނައުމަށް ޗައިނާއިން ގެންދަނީ ވަކާލާތު ކުރަމުންނެވެ.
![]()
