ވޭމަންޑޫ އިންޖީނުގޭގައި އަލިފާން ރޯވެ އިންޖީނުތައް އަދައިފި

Loading

Facebook
Twitter
WhatsApp

 

ތ. ވޭމަންޑޫ އިންޖީނުގޭގައި އަލިފާން ރޯވެ އިންޖީނުތައް އަނދައިފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ ވޭމަންޑޫ އިންޖީނުގޭގައި ކުއްލިގޮތަކަށް އަލިފާނުގެ ހާދިސާއެއް ހިނގައި ބޭނުނުން ނުކުރެވޭވަރަށް އިންޖީނުތައް އެނދުމާ ގުޅިގެން ރަށުގެ ކަރަންޓްގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ.

ވޭމަންޑޫން ވާހަކަ ދެއްކި މީހަކު ބުނީ އަލިފާން ރޯވުމުގެ ސަބަބުން އިންޖީނާއި އިންޖީނު އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އޭނާ ބުނިގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގީ މިއަދުގެ މެންދުރު އެއްގަޑިބައި އެހާއްކަށްހާރު އެވެ.
އެމްއެންޑީއެފުން ބުނީ މި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެމއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކައްދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުންނާއި އާންމުދަނީ ކުރަމުންނެވެ. ނަމަވެސް އަދިވެސް މި އަލިފާން ކޮންޓްރޯލް ނުވެ ދަނީ އަދަނދަމުންކަމަށް އެރަށުން ވާހަކަދެއްކި މީހާބުންޏެވެ.

ވޭމަންޑޫއަކީ 1000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ރަށެކެވެ.

Loading

One Response

  1. ޖިއޮގުރަފިކަލީ ގޮތުން ރާއްޖޭގެ އެެންމެ ބޮޑު އަތޮޅު MNDF ފަޔަރ ހިދުމަތް ލިބެން ނުހުރޭ އަތޮޅުގެ އާބާދީ 18000 އިން މަތީގަ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް