މެލޭޝިއާކިނީ ނޫހުގެ ސައިޓް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

58

މެލޭޝިއާކިނީ ނޫހުގެ ސައިޓްގައި ކިޔުންތެރިން ލިޔެފައިވާ ކޮމެންޓުތަކެއްގެ ސަބަބުން އެ ނޫސް 500000 ރިންގިޓު ނުވަތަ 124000 ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

މެލޭޝިއާގެ ހިއުމަން ރައިޓްސް އެޑްވެކެޓުން ބުނާގޮތުގައި މިއީ އިންސާފުވެރި ނިންމުމެއް ނޫނެވެ. އަދި މިއީ ސަރުކާރުގައި ހުރި ކޮރަޕްޝަނުގެ މައްސަލަތަކާމެދު އަޑު އުފުލުން ހުއްޓުވުމަށް ކުރި ކަމެއްކަމަށް އެމީހުން ދަނީ ތުހުމަތު ކުރަމުންނެވެ.

މެލޭޝިއާކިނީ ޖޫރިމަނާކޮށްފައި ވަނީ އެގައުމުގެ ސަރުކާރަށް ފުރައްސާރަކޮށް މާލާމާތް ކުރުމުގެ ކުށުގައެވެ. މި ކަމުގެ ދިފާއުގައި މި ނޫހުން ބުނެފައިވަނީ ކިޔުންތެރިން ކޮށްފައިވާ ކޮމެންޓުތަކެއްގެ ސަބަބުން އެމީހުންގެ ނޫސް ޖޫރިމަނާކުރުމަކީ އިންސާފުވެރި ނިންމުމެއް ނޫންކަމަށެވެ. ނަމަވެސް މިމައްސަލައިގައި ކޯޓުން މިގޮތަށް ހުކުމްކޮށްފައި ވަނީ ސައިޓުގައި ހުންނަ ކޮމެންޓުތައް މޮނިޓާރ ކުރުމުގެ ޒިންމާއަށް އިހުމާލުވެފައިވާތީ އެވެ.

މެލޭޝިއާކިނީ އަކީ މިނިވަން ނޫހެކެވެ. މިނޫސް ވަނީ ފާއިތުވި ދެ ގަރުނުގެ ތެރޭގައި އެގައުމުގެ ގިނަބަޔެއްގެ މެދުގައި މަގުބޫލުކަން ހޯދާފައެވެ.

މިއީ މެލޭޝިއާގައި މިގޮތަށް ނޫސް ސައިޓަކާ ދެކޮޅަށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރުކަން ނިއުޔޯކު ޓައިމްސްއިން ފާހަގަކުރެއެވެ.

ގިނަބަޔަކު ދަނީ މިއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމުގައި ބުނެ މިކަމާ ނުރުހުން ފާޅުކުރަމުންނެވެ. ނަމަވެސް މިކަމަށް ތާއީދުކުރާ މީހުން ބުނާ ގޮތުގައި މިއީ ނޫސްވެރިން އިތުރަށް ޒިންމާދާރު ކުރުވުމަށް މަގުފަހިކުރުމަށް އެޅިގެންދިޔަ މުހިންމު ބިންގަލެކެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ