ޗެމްޕިއަންސް ލީގް: ޗެލްސީއަށް މުހިންމު މޮޅެއް

Loading

Facebook
Twitter
WhatsApp

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ’ރައުންޑް އޮފް 16‘ ގެ ފުރަތަމަ ލެގްގައި ރޭ ޗެލްސީއާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗް 1-0 ގެ ނަތީޖާއިން ޗެލްސީ ކާމިޔާބު ކޮށްފިއެވެ.

މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައެވެ. ގިނަ އެޓޭކްތަކެއް ފެނިގެން ދިޔަ ނަމަވެސް މިހާފްގައި ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

މެޗުގައި ފެނިގެން ދިޔަ ހަމައެކެނި ގޯލް މެޗްގެ 68 ވަނަ މިނިޓުގައި ޗެލްސީއަށް ކާމިޔާބު ކޮށްދިނީ އޮލީވިޔާ ޖިރޫޑްގެ އޯވަރހެޑް އަކުންނެވެ. މިގޯލަކީ އޮފްސައިޑް ގޯލެއް ކަމަށް ފުރަތަމަ ނިންމި ނަމަވެސް، ގިނައިރުތަކެއް ވަންދެން ވީއޭއާރ ބެލުމަށްފަހު ގޯލެއް ކަމަށް ނިންމީ އިދިކޮޅު ކުޅުންތެރިޔާގެ ފައިން ފޮނުވާލި ބޯޅަ ޖިރޫޑަށް ލިބުނީމައެވެ. މިމެޗް ނިމުނީ 1-0ގެ ނަތީޖާއިން ދެވަނަ ލެގަށް އެތްލެޓިކޯއަށް އިތުރު އުނދަގޫތަކެއް ކުރިމަތިކުރުވަމުންނެވެ.

މީގެ އިތުރުން ރޭ ބަޔާން އާއި ލާޒިއޯ ބައްދަލު ކުރި މެޗް ވެސް ވަނީ ކުޅެފައެވެ. މިމެޗް 4-1 އަކުން ކާމިޔާބު ކުރީ ބަޔާންއެވެ. ފުރަތަމަ ލެގްގެ 6 މެޗް ނިމިފައި ވާއިރު ބާކީ އަދި ފޯރިގަދަ ދެ މެޗް އެބައޮތެވެ. ދެވަނަ ލެގްގެ މެޗްތައް އޮންނާނީ އަންނަ މާރިޗު މަހުގެ ތެރޭގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް