ސަރުދާރު ޕަޓޭލް ސްޓޭޑިއަމްގެ ނަން ބޮޑުވަޒީރު މޯދީގެ ނަމަށް ބަދަލުކުރުމުން ފާޑުކިއައި މަލާމާތްކުރަނީ

228

އިންޑިއާގެ އަޙުމަދު އާބާދުގައި ހުރި ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމް، ސަރުދާރު ޕަޓޭލް ކްރިކެޓް ސްޓޭޑިއަމްގެ ނަން، ނަރެންދުރަ މޯދީ ސްޓޭޑިއަމްގެ ނަމަށް ބަދަލު ކުރުމުން އިންޑިއާގައި ވަރަށް ބޮޑަށް ޚިޔާލުތަފާތުވެ ބަހުގެ ހަމަލާތަކެއް ބަދަލުކުރެވެން ފަށައިފިއެވެ. އަދި ޚިޔާލު ތަފާތުވުން އުފެދިފައިވާ އެމައްސަލަ ހައްލު ކުރަން ސަރުކާރަށް ވަނީޖެހިފައެވެ.

މިމައްސަލަ އުފެދުނީ އަޙުމަދު އާބާދުގައި މާކުރިއްސުރެ ބިނާކޮށްފައިހުރި، ސަރުދާރު ޕަޓޭލް ކްރިކެޓް ސްޓޭޑިއަމް ބޮޑުކޮށް މަރާމާތުކޮށް ހުޅުވުމަށްފަހު، އެތައް ދުވަހެއް ފަހުން އެތަނުގެ ނަން، ނަރެންދުރަ މޯދީ ކްރިކެޓް ސްޓޭޑިއަމަށް ބަދަލުކޮށް އަލުން ހުޅުވުމުންނެވެ. އެކަން ކުރުމުން ސޯޝަލް މީޑިއާގައި ހީވީ ޠޫފާނެއް އުފެދުނު ހެންނެވެ. އެކަމާ ދެކޮޅަށް އެތައް ބަޔަކު ދަނީ އަޑުއުފުލަމުންނެވެ. ފާޑުކިޔައި މަލާމާތްކޮށް ހައިރާންކަން ފާޅުކުރަމުން އެބަދެއެވެ.

ސަރުދާރު ޕަޓޭލް ކްރިކެޓް ސްޓޭޑިއަމަކީ ދުނިޔޭގައި ބިނާކޮށްފައިވާ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމެވެ. އެތަނުގައި 110000 މީހުންނަށް ކުޅިބަލަން އިށީދެ ތިބެވެއެވެ.

މޯދީގެ ސަރުކާރުން ސަރުދާރު ޕަޓޭލް ކްރިކެޓް ސްޓޭޑިއަމްގެ ނަން ބަދަލުކުރި ގޮތާމެދު ހިތްހަމަނުޖެހިގެން ކޮންގްރެސް ޕާޓީއާއި އިދިކޮޅު އެހެން ޕާޓީތަކުގެ ވެރިން ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ.

ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުންގެ ފާޑުކިއުންތައް އަމާޒުވުމުން ސަރުކާރުން މިހާރު ބުނެފައި ވަނީ ސްޓޭޑިއަމްގެ ނަން ބަދަލުކުރިއަސް، ސްޕޯޓްސް ކޮމްޕްލެކްސްގެ ނަމަކީ ހަމަ އަދިވެސް ސަރުދާރު ޕަޓޭލް ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމްގެ ނަން ބަދަލުކުރުމުން ބޮޑުވަޒީރުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވީ ކޮންގްރެސް ޕާޓީގެ ކުރީގެ ލީޑަރ އަދި ޕާލަމެންޓް މެންބަރ ރާހުލް ގާނދިއެވެ.

ގުޖުރާތުގެ އަޙުމަދު އާބާދުގައި ހަދާފައިހުރި ސަރުދާރު ޕަޓޭލް ކްރިކެޓް ސްޓޭޑިއަމް ބޮޑުކޮށް މަރާމާތު ކުރިފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ މިދިޔަ އަހަރު، އެތަން ރަސްމީކޮށް ހުޅުއްވައި ދެއްވާފައެވެ. އެކަމަކު ހަމަ އެސްޓޭޑިއަމްގެ ނަންބަދަލުކޮށް ބުދަދުވަހު އެ ސްޓޭޑިއަމް އިންޑިއާގެ ރައީސް ރާމްނާތު ކޯވިންދު ވަނީ ހުޅުއްވައިދެއްވާފައެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ