އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ވެސްޓް ބޭންކަށް ދިން ހަމަލާއެއްގައި 13 މީހުން ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

އިޒްރޭލުގެ ސިފައިން މިދިޔަ އަންގާރަ ދުވަހު ވެސްޓް ބޭންކަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ 13 މީހުން ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ހަމާސްގެ މަޝްހޫރު ލީޑަރެއްވެސް ހިމެނޭ ކަމަށް ފަލަސްތީނުގެ އެންޖީއޯ އަކުން ވަނީ މައުލޫމާތު ދީފައެވެ.

މިކަމާގުޅިގެން ފަލަސްތީނުގެ ޕްރިސަނާރ ސޮސައިޓީން ނެރުނު ބަޔާނުގައި ވާގޮތުން ހައްޔަރު ކޮށްފައިވާ މީހުންނަކީ ޓޫބާސް، ޖެނިން، ޖެރޫސަލަމް އަދި ހީބްރޮންގެ އަހުލުވެރިންތަކެކެވެ. އަދި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހަމާސް ގްރޫޕްގެ އިސް ވެރިއެއް ކަމުގައިވާ ފާއިޒް ސަފްވަތު ވެސް ހިމެނެއެވެ. އުމުރުން 47 އަހަރުގެ ފާއިޒް ސަފްވަތަކީ މީގެ ކުރިންވެސް އެކިފަހަރުމަތިން އިސްރޭލުގެ ސިފައިން ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި 12 އަހަރަށްވުރެ ގިނަދުވަސް އޭނާ އިޒުރޭލުގެ ޖަލުތަކުގައި ހޭދަކޮށްފައި ވާކަމަށް ފަލަސްތީނުގެ ސެންޓަރ ފޯ ޕްރިސަނާޒް އެންޑް ހިއުމަން ރައިޓްސްއިން ވަނީ ހާމަކޮށްފައެވެ.

މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ފަލަސްތީނުގެ އިންތިހާބާ ދިމާކޮށް އިޒްރޭލުން ދަނީ ހަމާސް ޖަމާއަތުގެ މީހުން ހައްޔަރުކުރަމުންނެވެ. އިންތިހާބާ ކައިރިކޮށް މިފަދަ ހަމަލާތައް އިޒްރޭލުން ދެމުންދަނީ އިންތިހާބަށް ހުރަސް އެޅުމުގެ ގޮތުން ކަމުގައި ޣައްޒާގެ އެންމެ ބާރުދަ ޖަމާއަތް ކަމުގައިވާ ހަމާސްއިން ދަނީ ތުހުމަތު ކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް