ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވެ މަސްވެރިކަން ކުރަމުންދިޔަ މަސްބޯޓެއް އަތުލައިގެންފި

Loading

Facebook
Twitter
WhatsApp

 

 

ގަވާއިދާއި ހިލާފަށް ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ވަދެ ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ މަސް ބޯޓެއް އަތުލައިގެންފިއެވެ.

އެމްއެންޑީއެފުން ބުނީ އިއްޔެ އަތުލައިގަތް މި މަސް ބޯޓުގައި އަށް ފަޅުވެރީން ތިބި ކަމަށާއި އެމީހުންނާ އެކު ބޯޓު ކުޅުދުއްފުށީ ބަނދަރަށް ވައްދާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ލ. އަތޮޅު ބޮއެގެ އުތުރުން 30 މޭލު ބޭރުން ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މި މަސްބޯޓުގެ މައުލޫމާތު ލިބުނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ރާއްޖޭގެ މަސްވެރިންގެ ފަރާތުންކަމަށެވެ.

އަދި އެ މައްސަލަ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ރާއްޖެއަށް ބޭރުގެ މަސްބޯޓްތައް ވަދެ މަސްވެރިކަން ކުރަމުންދާ މައްސަލައަކީ ދޭތެރެ ދޭތެރެއިން ދިމާވާ މައްސަލައަކަށް ވީއިރު މިފަދަ ބޯޓްތައް އަތުލައިގަތުމަށް ރާއްޖޭގެ މަސްވެރިންގެ އެހީތެރިކަން ބޮޑުކަން ފާހަގަކުރެވެއެވެ.

Loading

One Response

  1. ދުވަހަކު ވެސް ކޯސްޓްގާޑަކަށް ބޯޓެއް ނުފެނޭ އިގްތިސާދީ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަންނަ ބޭރުގެ ބޯޓްފަހަރު މިފެންނަނީ ރާއްޖޭގެ މަސްވެރިންނަށް، އެކަމަކު ޕޯޑިއަމް ތަކަށް އަރާތިބެގެން ސަޅިބައިސާ.ކަނޑާނެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް