ކާނިވާ ސަރަހައްދުގެ ބިންތަކުގެ މުއްދަތު އިތުރު ނުކުރުމަށް ނިންމައިފި

Loading

Facebook
Twitter
WhatsApp

 

 

ކާނިވާ ސަރަހައްދުން ދޫކޮށްފައިވާ ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމެއްނެތި މުއްދަތުހަމަވާ އެއްބަސްވުންތައް ބާތިކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީކައުންސިލުން ބުނީ  މާލޭ ރީޑިވްލޮޕް ޕްލޭނިން ދަށުން އެ ޕްލޭނިން ތަންފީޒު ކުރުމަށް ކާނިވާ ސަރަހައްދުގައި ހުރި ބިންތައް ބެލެހެއްޓުމަށް ސިޓީކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ ބިންތައް ހަވާލުކުރެއްވުމުގައި އެ ތަނުގައި ހުރި ވިޔަފާރިތަކުގެ އެއްބަސްވުންތައް ބެލެހެއްޓުމަށް ހަވާލުކޮށްފައިވަނީ ވެސް އެ ކައުންސިލަށް ކަމަށެވެ.

އެގޮތުން  އެ ސަރަޙައްދުގައި މިހާރު ހިނގަމުންދާ ކެފޭ ތަކާއި އެނޫންވެސް ތަންތަނަށް ހަދާފައިވާ އެއްބަސްވުންތަކުގެ މުއްދަތު ހަމަވެފައިވާނަމަ އެތަންތަން ހުސްކުރުމާއި، އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް އެއްބަސްވުމެއްގެ މުއްދަތު އިތުރުނުކުރުމާއި، އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކަމުން ނުދާ ފަރާތްތަކުގެ އެއްބަސްވުން ބާތިލްކުރުން ހިމެނެއެވެ.

ކާނިވާ ސަރަހައްދުގައި ހުރި ބިންތައް ސިޓީ ކައުންސިލާއި ހަވާލުކުރުމާ ގުޅިގެން އެތަނުގެ އެއްބަސްވުންތައް ދިރާސާކޮށް އެއްބަސްވުންތަކާ ގުޅިގެން ހޯދަންޖެހޭ އިތުރު ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރުވަނީ ކޮށްފައެވެ.

މީގެއިތުރަށް ކާނިވާ ސަރަހައްދުގެ އިރު ދެކުނުފަރާތުގައި ހުރި ގުދަންތައް ހުސްކުރުމަށްވެސް އެކައުންސިލުން ވަނީ އަންގާފައެވެ. ސިޓީ ކައުންސިލުން ބުނީ ގުދަނުގެ ވެރިން ހޯދުމަށް މިމަހު އިއުލާން ކުރިކަމަށާ ނަމަވެސް އެއްވެސް ފަރާތަކުން މިކަމާ ގުޅޭ މައުލޫމާތެއް އެ ކައުންސިލަށް ހިއްސާކޮށްފައި ނުވާކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް