ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައި ވީނަމަވެސް އެ ފާފަތައް ފުއްސަވާނެ: ޚުތުބާ

31

 

ކިތަންމެ ގިނަ ފާފައެއް ކުރެވިފައި ވީނަމަވެސް އެ ފާފައެއް ފުއްސަވާނެ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

ﷲގެ ތަނަވަސް ރަހުމަތް ފުޅުގެ މަށްޗަށް ޚާއްސަ ކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ކިތަންމެ ގިނަ ފާފަތަކެއް ކޮށްފައިވީ ނަމަވެސް ފާފަތައް ފުއްސަވާނެ ކަމަށާ ނަމަވެސް އެ ފާފަތައް ފުއްސަވާނީ އިޚްލާސްތެރިކަމާ އެކު ތައުބާވެ ހެޔޮއަމަލު ކުރުމުން ކަމަށެވެ.

” ލޮބުވެތި އަޚުންނޭ! އަޅުގަނޑުމެންނަށް ކުރެވިފައިވާ ފާފަތަކު ގިނަކަމުން އެއްގޮތަކަށްވެސް މާޔޫސް ވާކަށް ނުޖެހޭ. ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް އިޚްލާސްތެރިކަމާ އެކު ތައުބާވެ ހެޔޮއަމަލުކުރުމުން އެއްމެހައި ފާފަތައް ﷲ ފުއްސަވައި ދެއްވާނެކަން ވަނީ އަންގަވާފަ. ހެޔޮއަމަލުތައް ގިނަ ކުރުމަކީ ފާފަތައް ފުހެވިގެން ދާނޭ ކަމެއް” ޚުތުބާގައި ބުންނެވެ.

ޚުތުބާގައި ބުނީ ނުބައިކަމެއް ކޮށްފި މީހަކަށް އެ ނުބައިކަމާ އެއްފަދަ ޖަޒާއެއް މެނުވީ ލިބިގެނެއް ނުވާކަމަށާ ނަމަވެސް މީހަކު ހެޔޮކަމުގެ އަމަލެއްކޮށްފި ނަމަ އެ އަމަލެއްގެ ސަވާބު 10 ގުނައިން 700 ގުނައަށް އިތުރުކޮށްދެއްވާ ކަމަށެވެ.

” މާތް ﷲގެ ވަހީކުރެއްވިއެވެ. ތިޔަބައި މީހުން ﷲގެ ނިއުމަތް ހިމަނައި އަދަދުން ކުރަން އުޅުނަށް ތިޔަބައި މީހުންނަކަށް އެ ނިއުމަތެއް ނުހިމެނޭނެއެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ރަހީމު ވަންތަ ރަސްކަލާނގެއެވެ. ” މާތްﷲގެ ވަހީ ބަސްފުޅެއް އިއްވަވަމުން ޚުތުބާގައި ބުންޏެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ވަނީ މައިމީހާ އޭނާގެ ތުއްތު ދަރިފުޅަށް ރަހުމްކުރައވާވަރަށް ވުރެ މާ ބޮޑަށް ﷲ ތައާލާ އެ ކަނލާގެ އަޅުތަކުންގެ މަށްޗަށް އޯގާވެވޮޑިގެން ވާކަން ހަނދާންކޮށްދީ އިޚްލާސްތެރިކަމާ އެކީ ހެޔޮއަމަލު ކުރުމަށް ނަސޭތރިވެފައެވެ.

4 ހިޔާލުތައް

  1. ތި ހިއެއްނުވާ މުޅިން އެގޮތަށް އޮތް ކަމެއްހެން. އެހެނީ އިސްލާމް ދީނަކީ މީހުންނަށް ޙިމާޔަތްލިބިދޭ މީހުންގެ މުދާލާއި ފުރާނަ ރައްކާތެރިކޮށްދޭ ދީނެއް. މިހާރު އެބައުޅޭ ތިގޮތް މާބޮޑަށް ގަބޫލުކުރާ މީހުން. އެއީ އަހަރަކު ދެކޮޅު އުމްރާ ޓުއަރިޒަމްގައި ބައިވެރިވެފާ މީހުންގެ އަތުން ވައްކަން ކޮށްފާ މީހުންގެ ޙައްގުތަކަށް އަރައިގަނެފާ ދެން ޙައްޖުވެސް ކޮށްލާފަ ސެލްފީހަދައިފަ އެ ފުއްސެވީއޯ. އެހެންވޭތޯއެވެ. ދަންނަ ބޭކަލުންނަށް ބޮޑަށް އެނގޭނީވެސް. މީހުންގެ ޙައްގުތަކަށް އަރައިގަނެފާ ފޭރިފާ މީހުން މުދާފޭރިފާ ހަމަ ހިއެއްނުވާ އެބުނެވިދިޔަ “ކިތަންމެ ބޮޑުފާފަ” ތަށް ގިނަވިޔަސް ފުއްސަވާނޭ ބުނެ ނިންމާލެވޭނެ ހެނެއް. ކޮބާ ޑރ. އިޔާޒް އާއި މައުމޫނު؟ އަދި ޝޭޚު އިލަޔާސާ އެ އުޅުއްވާ ޝޭޚު ހުސެއިން ރަޝީދު. އެބޭފުޅުން ދެކޭގޮތް ބެލޭތޯބަލާލަން ފެނެއެވެ.

  2. ޚުތުބާތަކަކީވެސް އެދުވަސްވަރެއްގައި ރަސްކަމުގަ ތިބޭ ބަޔަކު ކާންބޯދީގެން ގެންގުޅޭބަޔަކު ލިޔެ އާންމު ރައްޔަތުންނަށް އިއްވާ “ދީނީ ” ބަޔާނަކަށްވެއްޖެއެވެ. އަބަޔާނުގެ ބޭނުމަކީ ދުވަސްވަރެއްގައި އުޅުނު އިސްލާމުންގެ މޮޅުވާހަކަ ސްޓޯރީ ކިއުމާއި ހުރިހާ ނުބަޔަކީ ޔަހޫދީންނާއި ނަސޯރާއިންކަމުގައި ބުނެދިނުމެވެ. އެނިމުނީއެެވެ. މިވެރިން އެބުނާ އިރެއްގައި އުޅުއްވި ބޭފުޅުން އިސްލާމް ދީނަށް ދެއްވި ނަސްރު ދެމެހެއްޓުމަށް ކުރާ ޢަމަލީ ކަމެއް ނުފެނެއެވެ. ބަލަމާ ދިވެހި ރާއްޖެ. މިވަނީ އެމީހުން ބުނާ ލާދީނީ ބައިގަނޑު ގަނޑުކޮށް ޙިސޯރުކޮށްފައެވެ. މިވެރިން އެކަން ވިޔަ ނުދިނުމަށް ކުރީ ޢަމަލީގޮތުން ކޮން ކަމެއް ހެއްޔެވެ. ދެން ނަސީރާއިންނާއި ޔަހޫދީންގެ ނުބައިވާހަކަ. އެވެރީން އެޑްވައިޒުންނަށް ލައިގެން އެވެރިން ހަދާ ފަނާކުރަނިވި ހަތިޔާރު އުންމަތުގެ ޚަޒާނާއިން ގަނެ ޝަހާދު ކިޔައި ގުރުއާނާއި ސުންނަތް ގަބޫލުކުރަމޭ ބުނާ މީހުންނާއި ހަނގުރާމަކޮށް އިސްލާމުން އިސްލާމުން މަރަނީނޫންތޯއެވެ. އެބުނާ ނުލަފާ ޔަހޫދީންނާއި ނަސޯރާއިންނާއިއެކު ޖޫސް ބޮއޮ މަޖާކުރަނީ ނޫންތޯއެވެ. ދެން ވެރިމީހާ ބޭނުންގޮތަށް ފަތުވާނެރެފާ އެ ނިމުނީ ނޫންތޯއެވެ. މިއަދުގެ ޚުތުބާތަކުގައި ޖޯރުހުއްޓަސް އެއަކު ވަރެއްނެތެވެ. އެހެނީ ހިނހޫތަނުން ކައިގެން އުޅޭ ޝޭޚުންނާއި ނުބައި ނުލަފާ ވެރިންގެ ސަބަބުން އެބުނާ ލާދީނީ ގުރޫޕް ހުރިހާދިމާލަކުން ކާޔާބުހޯދަނީއެވެ. ނޫންތޯއެވެ؟؟

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ